ކުރީގެ ރައީސް ޔާމީންގެ ދަރިކަލުން ޒެއިންއަށް ބޮޑެތި އަނިޔާތަކެއްވެ ސާޖަރީއެއް ހަދައިފި

ކުރީގެ ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ޒެއިން ޢަބްދު ޔާމީނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ޒެއިން އަށް ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ މީގެ ދެތިން ދުވަސްކުރިން ގޭތެރެއަށް ވެއްޓިގެންނެވެ. އެގޮތުން ޒެއިން ގޭތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔައިރު، މޭގެ ބައެއް ކަށިތަކުގައި ރެނދުލައި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް އަދި ވީ ގޮތެއް ޒެއިންގެ ހަނދާނުގައި ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ […]

އިސްރާއީލަށް ނިސްބަތްކުރެވޭ އާގު ބޯޓެއް ޔަމަނުގެ ހޫތީންގެ އަތުލައިގަތުން

އިސްރާއީލަށް ނިސްބަތް ކުރެވޭ އާގު ބޯޓު “ ގެލެކްސީ ލީޑަރ“ ދެކުނު ރެޑްސީގެ ތެރެއިން ހޫތީންގެ ބާރުގެ ދަށަށް ގެނެސްފިކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ.  މިކަން ޔަމަނުގެ ހޫތީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އިސްރާއީލުން މިކަންވެސް އަޅުވަމުން ގެންދަނީ އީރާނުގެ ބޮލުގައެވެ. ގެލެކްސީ ލީޑަރ އަކީ ބުނެވޭގޮތުގައި އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ޙިއްސާއެއްވެސް ހިމެނޭ ބޯޓެކެވެ.  ބޯޓު ބަރުކޮށްފައިވަނީ ތުރުކީން އިންޑިއާއަށެވެ. ހޫތީންގެ ފަރާތުން ބުނެފައިވާ ގޮތުގައި މިއީ އިސްރާއީލުގެ ބޯޓުފަހަރު ހިފޭއްޓުމަށް ފަށައިގަތުމެކެވެ. އެއްވެސް ބޯޓެއް އިސްރާއީލަށް މުދާ ބަރުކޮށްގެން ނުވަތަ އިސްރާއީލުން މުދާ ބަރުކޮށްގެން […]

ޢަރަބި ގައުމުގެ ސިފައިން ގައްޒާއަކަށް ނުދާނެ

އިސްރާޢީލު ސިފައިން ގައްޒާއަށްވަދެ ހިންގަމުންގެންދާ ގަތުލުއާންމަށް ވަރަށް ހޫނު ފާޑުކިއުމެއް ހާމަކުރައްވަމުން އަރަބިންގެ ސިފައިން ގައްޒާއަށް ނުދާނެކަމަށް ޖޯރޑްން ގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.  އިންސާނިއްޔަތަށްޓަކައި ބޭނުންވާ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ ބޯޅަ އޮތީ ފަލަސްތީނު ޙަމާސް ޖަމާޢަތުގެ ކޯޓުގައި ކަމަށާއި ރަހީނުން މިނިވަން ކުރުމަކީ ޝަރުތެއްކަމަށް ވިދާޅުވެ ރައީސް ޖޯ ބައިޑަންގެ މެދުއިރުމަތީ ޚާއްސަ މުޝީރު ބްރެޓް މެކް ގާރޓް ދެއްކެވި ވާހަކަފުޅަށް ތޫނު ރައްދުގައި އައިމަން ސަފާދީ ދިވާޅުވީ އިންސާނިއްޔަތުގެ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް […]

ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލަނީ

އިސްރާއީލާއާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަގުރާމަ ހުއްޓާލެވޭނެ މަގެއް ހޯދުމަށް ގަތަރުން މެދުވެރިއެއްގެ ބައި އަދާކުރި މަޝްވަރާތަކުގައި ވަގުތީގޮތުން 4 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް އިސްރާއީލު ސަރުކާރުންނާއި ފަލަސްތީނުންް ކަށަވަރުކޮށް ދީފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.  މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފާތިބިފަލަސްތީނުގެ 150 މީހުން (އަންހެނުންނާއި ކުޑަކުދިން) މިނިވަން ކުރެވޭނެ ކަމަށާއި ފަލަސްތީނުގެ ޙަމާސްއިން ހިފާއްޓާފައިތިބި މީހުންގެ ތެރެއިން 50 މީހުން (އަންހެނުންނާއި ކުޑަކުދިން) ދޫކޮށްލެވޭނެކަމަށް ވެއެވެ. މީގެ އިތުރުން ޙަމާސްއިން މިނިވަންކޮށްދޭ އިސްރާއީލުގެ ކޮންމެ 10 މީހަކަށް އެއްދުވަސް ހަނގުރާމަ ހުއްޓާލުންވެސް މި މަޝްވަރާތަކުގައި […]

އިސްރާއީލާ ތޮޅެން ނިކުމެއްޖެނަމަ ދެން ކަންތައް ކުރާނެގޮތް އެނގޭނީ އަހަރެންނަށް – ބައިޑަން

ބެއިރޫތުން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓްކޮށްފައިވާ އީރާނުގެ ޚާރިޖީ ވަޒީރު  ހުސައިން އަމީރު ޢަބްދުއްލާ އަން ލެބަނަންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލ ުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ޙަމަލާތައް ވަގުތުން ހުއްޓާ ނުލައިފިނަމަހަނގުރާމަ މެދުއިރުމަތީގެ އެހެން ދިމަދިމާލަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިވަގުތު އުޅުއްވަނީ ބަޣްދާދަށާއި ބެއިރޫތު އަދި ދިމިޝްގަޢް ކުރައްވާދަތުރުފުޅެއް ގައެވެ. ބެއިރޫތުގައި ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ އާއި ޕާރލަމެންޓުގެ ރައީސް އަދި ހިޒްބު ﷲ ގެ ލީޑަރ ޙަސަން ނަސްރު ﷲ އާއި ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.     […]

ޕާޓީ ބަދުނާމުކޮށް ބައިބައި ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ޕީޕީއެމްއިން މަލީހް ސަސްޕެންޑްކޮށްފި

ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާފައިވާކަމަށް ބުނެ,ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ސަސްޕެންޑްކޮށްފިއެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަލީހް އިސްވެ ހުންނަވައި ޕާޓީ ބަދުނާމު ކުރައްވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރާކަން ލީޑާޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާއި […]

މި މަހުގެ ފަހުކޮޅު ރައީސް ޑރ.މުޢިއްޒު ދުބާއީއަށް!

މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގަންނަވާނެކަން ރައީސް އިއުލާނުކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭ މި ހަފުލާ ބޭއްވީ ހޮޓެލް ޖެންގައެވެ. ރައީސް ވިދާޅުވީ މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްސަކޮށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ […]

ޕީސީބީއަށް 3 މެންބަރުން އައްޔަން ކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ތިން މެންބަރުން މިއަދު އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކޮށްފައެވެ. އެއީ: އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤް. ބޭންކިންގ ގެ ދާއިރާއިން: ވ. ބްލޫއޯޝަން ލީނާ ޢަބްދުލްޖަލީލް. […]

ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލް ސަފީރު އަނބުރާ ގައުމަށް ގެންގޮސްފި

ފަލަސްޠީނު-އިސްރާއީލު މައްސަލާގައި ސައުތު އެފްރިކާއިން ފަލަސްޠީނާއި އެއްކޮޅަށް ބަސްބުނުމުން އިސްރާއީލުން ދެކުނު އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އީލިއާވް ބެލޮޓްސަކޮވްސްކީ އަނބުރާ އިސްރާއީލަށް ގެންގޮސްފައިވާކަން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ހޯމަދުވަހު ހާމަކޮށްފިއެވެ.  ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން އިސްރާއީލުން ކުރަމުންދާ ހަނގުރާމަމަތީ ކުށްތައް ތަހުގީގުކުރުމަށް ދެކުނު އެފްރިކާގެ ރައީސް، ސައިރިލް ރަމަފޯސާ ގޮވާލެއްވާފައިވާއިރު، އެގައުމުގެ ވެރިކަންކުރާ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އިންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އޭއެންސީ އިން ބުނެފައިވަނީ، އެގައުމުގައި ހުންނަ އިސްރާއީލުގެ އެމްބަސީ […]

އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ޝައިޚް ލަޠީފް އައްޔަން ކުރައްވައިފި

އިސްލާމީ މަރުކަޒުގެ އިސް އިމާމު ކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އައްޔަނު ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ދ.މީދޫ ފެހިގެ ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ. ޝައިޚް މުޙައްމަދު ލަޠީފް މި މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ. ޝައިޚް މުޙައްމަދު ލަޠީފު ކުރިން ވަނީ އިސްލާމީ މަރުކަޒުގެ އިމާމުގެ މަޤާމު ފުރުއްވާފައެވެ.