ރައީސާއެކު ސާބިތުކަމާއެކު ތިއްބެވި ކަމަށް ނައިބު ރައީސާއި މިނިސްޓަރުން ހާމަކުރައްވައިފި

މި ސަރުކާރު ދަމަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ސާބިތުކަމާއެކު ތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ މިނިސްޓަރުން ހާމަކުރައްވައިފިއެވެ. ެއެ ބޭފުޅުން މިކަން ހާމަކުރެއްވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. ނައިބު ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާހެން އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށާއި މިއީ ރައްޔިތުން ކުރި […]

ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ”ދިރާގު“

މޯލްޑިވްސް މީޑިއާ ކައުންސިލްގެ “އިނާމުގެ“ މެއިން ޕާޓް ނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ. މިއަހަރުގެ ނޫސްވެރިކަމުގެ ”އިނާމު ދިނުން“ ބާއްވަނީ މިރޭގައެވެ. މި ހަފުލާގައި 12 ކެޓަގަރީ އަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެއެވެ. އަދި ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑް “ ޖާނަލިސްޓް އޮފް ދަ އިޔާ“ މި އެވޯޑް ދޭނެއެވެ. މި އެވޯޑަކީ ވޯޓާސް އެސްއެމްއެސް އަށް ބަލާ ދޭ އެވޯޑެކެވެ. މި އެ ވޯޑަށް ނޮމިނޭޓް ވެފައިވާ ނޫސް ވެރިންނަކީ: ޢަލީ ޔާމީން – […]

ވަކި މީހަކަށްވުރެ ގައުުމު މާ ބޮޑު, ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށް: ޢަބްދުއްރަޙީމް

މި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއެކު ސާބިތުވެ ކަމަށާއި ފަސް އެނބުރި ބެލުމެއްނެތި ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވަނިކޮށް އަދުރޭ ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް […]

ގެއްލިގެން ހޯދަމުންދިޔަ ވިސާމާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ވިސާމާ ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ. އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާތީ ސ. ހިތަދޫ، ކަދުރުމާގޭ، އުމުރުން 39 އަހަރުގެ އާއިޝަތު ވިސާމާ ހޯދައިދިނުމަށް އެދި އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެހެންވެ އޭނާ ހޯދަމުންދާކަން އިއުލާނުކަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އޭނާ ފެނިފައިވަނީ ރޭ 22:30 ހާއިރު މާލެއިން ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ވާގްނަރ އިން ޙިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދެނީ

ރަޝިޔާގެ އެދުމުގެ މަތިން ރަޝިޔާގެ ހަނގުރާމަވެރި ޖަމާޢަތް ވާގްނަރ އިން އީރާން މެދުވެރިކޮށް ހިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެ ނިޒާމް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ފަރުދުންނާއި ޖަމާއަތްތަކާމެދު ވޯޝިންގްޓަނުން ކައުންޓަރ ޓެރަރިޒަމް ދަށުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވަނީ އިންޒާރު ދީފައެވެ. އޭނާގެ އިންޒާރުގައި އިތުރަށް ބުނެފައިވަނީ އީރާނާއި ރަޝިޔާގެ ގުޅުމަކީ ބައިނަލް އަގްވާމީގޮތުން މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ރަޝިޔާއާއި އީރާނުގެ ގުޅުން ފުޅާވަމުންގޮސް އީރާނުގެ […]

ސ.ހިތަދޫ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

ސ. ހިތަދޫ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ނޮވެމްބަރު 19 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ ހޯދުމުގެ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންނެވެ. ފުލުހުން ބުނީ ނޮވެމްބަރު 16 ވަނަ ދުވަހު އައިޝަތު ވިސާމާ މާލެ ގޮސްފައިވާ ކަމަށާއި އެންމެ ފަހުން އޭނާގެ ޚަބަރެއްވެފައި ވަނީ ނޮވެމްބަރު މަހުގެ […]

ޤަތުލުއާންމު ހުއްދަކުރާ ފަރާތްތައްވެސް ބޮއިކޮޓް ކުރަންޖެހޭ!

”އެޗްޕީ“، ”ޕޫމާ“ އަދި ”މާވެލް“ ފަދަ ބްރޭންޑްތަކަކީ އިސްރާއީލުން ހިންގާ އަސްކަރީ އޮކިއުޕޭޝަނާއި، ނަސްލީ ތަފާތުކުރުމާއި ނަސްލު ނައްތާލުމުގެ ސިޔާސަތުތަކަށް ތާއީދުކޮށް، މާލީ މަންފާ ފޯރުކޮށްދޭ ބްރޭންޑްތަކެކެވެ. ވީމާ، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން މިހާރު ކުރިއަށް އެގެންދާ ޤަތުލުއާންމުގެ ޒިންމާ އެފަރާތްތަކުންވެސް ނަގަން ޖެހޭނެއެވެ. އިސްރާއީލް ބޮއިކޮޓްކުރުމަށް ބައިނަލްއަޤްވާމީގޮތުން ހިންގާ ބޮއިކޮޓް ހަރަކާތް، ބީޑީއެސް މޫވްމަންޓް އިން ބުނާގޮތުގައި، މިފަދަ ކުންފުނިތަކަކީ އިސްރާއީލުން ހިންގާ އަސްކަރީ އޮކިއުޕޭޝަނާއި، ނަސްލީ ތަފާތުކުރުމާއި ނަސްލު ނައްތާލުމުގެ ސިޔާސަތުތަކަށް […]

10 އަހަރު ފަހުން ”ޣައްޒާ ފްރީޑަމް ފްލަޓިލާ“ގެ ރިޕީޓެއް، ތުރުކީއިން ޣައްޒާއަށް 1000 ބޯޓު ދަތުރުކުރާނެ!

2010 ވަނަ އަހަރު ހިންގި މަޝްހޫރު ”މާވީ މަރްމަރާ“ އިހްތިޖާޖު ފަދަ އިހުތިޖާޖެއްގައި ކަނޑުމަތީ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޣައްޒާގެ ކަނޑުގެ ސަރަހައްދާއި ދިމާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.  ބުދަ ދުވަހު ތުރުކީއިން 1000 އަށްވުރެ ގިނަ ބޯޓު ޣައްޒާއާއި ދިމާލަށް މިސްރާބު ޖަހާނެކަމަށް ޚަބަރުތަކުން ބުނެފައިވާއިރު، މި ފްލަޓިލާގެ މަގްޞަދަކަށް ވާނީ އިސްރާއީލުގެ ބްލޮކޭޑް ހުއްޓުވައި، އެގައުމަށް އަންނަ ޓްރޭޑް މެދުކަނޑުވާލުމެވެ. މި އިހުތިޖާޖު ރާވާ ހިންގުމުގައި އިސްވެ އުޅޭ ފަރާތެއްކަމުގައިވާ ވޮލްކަން އޮކްޗުއާއި ހަވާލާދީ […]

މިދިޔަ ސަރުކާރާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ އިންކުއަރީއެއް ހަދަން އެދެނީ

މިދިޔަ ފަސް އަހަރު ވެރިކަން ކުރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި އެދެން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައިވަނީ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކާގުޅޭ އިންކުއަރީ މަޖިލީހަށް ހުށަހަޅައިގެން ބެލުމަށެވެ. އޭގެތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭކަމާއި އެ މީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގައިލަން ރާވަމުންދިޔަ […]

ޕީސީބީއަށް އިތުރު މެންބަރަކު އައްޔަން ކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އިތުރު މެންބަރަކު އިއްޔެ އައްޔަން ކުރައްވައިފިއެވެ. ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީއަށް އިއްޔެ އައްޔަން ކުރެއްވީ މީގެކުރިން މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރެވެ. ޒަރީރަކީ އިނގިރޭސިވިލާތުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މީގެކުރިން ވަނީ ޕީސީބީއަށް ޙަމްދީ ޢަޤީލް (ރައީސް) އާއި […]