އެއްފަރާތުގައި ކަޅު ފައިސާގެ ބާރު، އަނެއްފަރާތުގައި ރައްޔިތުންގެ ބާރު
އަންނަން އޮތް ޖީލުތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިއުޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ހުށައެޅި ސްކީމްއަށް އަމަލުނުކުރަން އެގައުމުގެ އިންތިޚާބީ ސަރުކާރުން ނިންމައިފިއެވެ. ފަހުން ހޮވުނު ކޯލިޝަން ސަރުކާރުން ނޫނެކޭ ބުނި ގާނޫނު ތަސްދީގުކޮށް އަމަލުކުރެވެން ފެށިއްޖެނަމަ 2008 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ހުރިހާ ކުދީން ސިގިރޭޓު ގަތުން މަނާވާނެއެވެ. އަދި 2027 ވަނަ އަހަރު އަންނަންވާއިރަށް ސިގިރޭޓު ގަނެވޭ ގާނޫނީ އުމުރު އުވާލެވޭނެއެވެ. ކުޑަކުދިންނަށް ދުޅަހެޔޮ ތިމާވެއްޓެއްގައި ބޮޑެތިވުމުގެ ހައްޤު ކަށަވަރުކޮށްދިނުމަކީ އާޑަންގެ […]
ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް އެދިއްޖެ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޙަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކު އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސް ވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި […]
އެމްއެމްސީއާއި ބްރޯޑްކޮމްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައީސް އޮފީހުން އެ ދެ އިދާރާއާ އިއްޔެ މަޝްވަރާކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރު އޮތް މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް އިންނެވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް އެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ބްރޯޑްކޮމް އާއި އެމްއެމްސީ އިން މީޑިއާގެ ކަންކަން ކުރިއަށް […]
މިނިސްޓްރީތަކުގެ ނައިބުންގެ މަގާމަށް 26 ބޭފުޅުން އައްޔަން ކުރައްވައިފި
ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ނައިބުންގެ ގޮތުގައި 26 ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު 13 މިނިސްޓްރީއެއްގެ ނައިބުގެ މަގާމަށް 26 ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑަށް އައްޔަންކުރެއްވީ ޞާލިޙް ޙުސައިން,ޢާއިޝަތު ޝަހުދާ, މުޙައްމަދު ޢައިޝް އަދި އަޙްމަދު ސާލިމް ސަޢީދެވެ. މިނިސްޓްރީ އޮފް ޓޫރިޒަަމަަށް އިބްރާހީމް ޔޫސުފްފުޅާއިމުޙައްމަދު ޔާމީން އަޙްމަދު އައްޔަންކުރެއްވިއިރު, މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން […]
ގައްޒާގެ މައްސަލާގައި ސްޕެއިނާއި ބެލްޖިއަމްގެ ސަފީރުން އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރުކުރުވައިފި
އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރި އުދުވާނާ ދެކޮޅަށް ވާހަކަފުޅު ދެއްކެވުމުން އިސްރާއީލުގައި ތިއްބަވާ ސްޕެއިނާއި ބެލްޖިއަމްގެ ސަފީރުންނަށް ހޫނުފެން ބޯންދިނުމަށްޓަކައި އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށްފިއެވެ. އެހެންނަމަވެސް ނަތިޖާ ނިކުތީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މި ޚަބަރު އާންމުވުމާއިއެކު ސްޕޭނުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ސްޕޭނުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އިސްރާއީލު ސަރުކާރުން ސްޕެއިންގެ ބޮޑުވަޒީރޭ ކިޔައިގެން ހެއްދެވިހާ ދޮގުޚަބަރުތައް ފަތުރަމުން ގެންދާ ސަބަބު ސާފުކޮށްދޭން އަންގައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރ ޑި ކްރޫ އާއި ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާއި ދެބޭފުޅުން […]
ފަލަސްތީނުގެ ބިންތައް ފޭރިގަނެ ކޮންމުދުވަހަކު ހިންގަމުންދާ ގަތުލުއާންމު- 2
https://sandhaanu.today/34912/ އާއި ގުޅޭ….. އެ ދިގު މާޒީގައި ފަލަސްތީނުގެ ބިމުގައި އިންސާނުންގެ ލޭ އޮހޮރުވާފައެއްނެތެވެ. ފަހުގެ ތާރީޚުގައި އެންމެ ފުރަތަމަ އެބިމުގައި ލޭ އޮހޮރުވާފައިވަނީ ސޮލީބީން އެ ބިމަށް ވެރިވެ ގަތުމުގައެވެ. ނަސާރާ ސޮލީބީންގެ ވެރިކަމުގައި ފަލަސްތީނުގެ މުސްލިމުންނާއި އަދި ފަލަސްތީނުގެ އަހުލުވެރި ނަސާރާއިންނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ފަލަސްތީނުގެ ބިމާއި މަސްޖިދުލް އަގްސާއަކީ ނަސާރާއިންގެ ތަންތައް ކަމުގައި ހެދުމަށް ގިނަ ހަނގުރާމަތަކެއް ހިންގިއެވެ. އޭގެފަހުން 88 އަހަރު ވަންދެން ސޮލީބީ ނަސާރާއިންގެ ރަސްކަން އެބިމުގައި ދެމިއޮތެވެ. އެއަށްފަހު ސަލާޙުއްދީން […]
ފުލެޓުތަކާމެދު ޢަމަލު ކުރާނެ ގޮތެއް އޭސީސީއިން 20 ދުވަސްތެރޭ އަންގަނީ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފުލެޓްތަކާމެދު އަމަލުކުރާނެ ގޮތެއް 20 ދުވަހުގެ ތެރޭގައި އަންގާނެކަމަށް އެންޓި ކޮރަޕްޝަން (އޭސީސީ) އާއި ހަވާލާދީ ހައުސިން މިނިސްޓަރު ޢަލީ ޙައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުން އިޢުލާން ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓްތަކަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ނަމަވެސް އޭގެތެރެއިން ފުލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭފުލެޓްތައް ވެސް ވަނީ ކަނޑައަޅާފައެވެ. މިކަން ކުރިގޮތާމެދު ހިތްހަމަނުޖެހިގެން 7،000 އަށްވުރެ […]
ބާސެލޯނާގެ ކައުންސިލަށް ހަމާސްއިން ޝުކުރު އަދާކޮށްފި
ޣައްޒާގެ މުޖާހިދީންކަމުގައިވާ ހަމާސްއިން ބާސެލޯނާގެ ސިޓީ ކައުންސިލަށް ޝުކުރު އަދާކޮށްފިއެވެ. ހަމާސްއިން ޝުކުރު އަދާކުރީ އެ ޖަމާއަތުން ނެރުނު ބަޔާނެއްގައެވެ. ”އަހަރެމެން، އިސްލާމިކް ރެޒިސްޓެންސް މޫވްމަންޓް (ހަމާސް) އިން، ބާސެލޯނާ ސިޓީ ކައުންސިލްގެ ހިތްވަރުގަދަ ނިންމުން ބަލައިގަނެފިން. އެ ކައުންސިލުންވަނީ ފަލަސްޠީނު ހިޞާރުކޮށްގެން އުޅޭ އިސްރާއީލުން ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމާއި، ގަތުލުއާންމު ކުށްވެރިކޮށް އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލާފައި.“ ހަމާސްއިން ބުނެފައިވެއެވެ. ”ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ސިޓީތަކާއި، މުނިސިޕަލް ކައުންސިލްތަކުން ބާސެލޯނާ […]
އިންޑިއާ ކަނޑުން ދުއްވާފައިދިޔަ އިސްރާއީލު ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި
އެމެރިކާގެ ޑިފެންސް އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޯށްފައިވާ ގޮތުގައި ޑްރޯން ހަމަލާދީފައިވަނީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ އާގުބޯޓަކަށެވެ. އާގުބޯޓަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ އިރާނުގެ ޝާހިދް-136 މަރުކައިގެ ޑްރޯނެއްކަމަށް ބެލެވޭއިރު، ހަމަލާދީފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ތެރޭގައެވެ. މިގޮތުން، ފްރާންސުން އޮޕަރޭޓްކުރާ ސީއެމްއޭ ސީޖީއެމް ސައިމީ އުޅަނދަށް ކޮންމެވެސް ވަރުގެ ގެއްލުން ވެފައިވީނަމަވެސް، މި ހަމަލާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައިނުވާކަމަށް ޚަބަރުތަކުން ބުނެއެވެ. ކަނޑުމަތީގެ ސަލާމަތީކަންކަން ބަލަހަށްޓާ ކުންފުނި، އެމްބްރީ އިން ބުނެފައިވަނީ، ހަމަލާދިނުމުގެ ދުވަސްތަކެއްކުރިން، އެކުވެރި އަރަބި އިމާރާތުގެ […]
ލުޠުފީ މިއަދު މިނިވަންވަނީ
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށްހުރި ހ.ހާޖަރާގޭ ލުޠުފީ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ތެރެއިން ފިލައިގެން ދިޔަ މައްސަލާގައި ކުރި ހުކުމް ތަންފީޒުކޮށް ނިމި މިއަދު މިނިވަންވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުޠުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމް ކަމަށްވީ ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ލުޠުފީގެ އެ އަދަބު ލުއިކޮށްދެއްވައިި 25 އަހަރުގެ ޖަލު […]