ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޙަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކު އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސް ވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރުކުރާކަމަށް އެކިފަރާތްތަކުން ތުހުމަތުކުރެއެވެ. މި ތުހުމަތުތަކާ ގުޅިގެން ރައްޔިތުން އެކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަންކަމުގެ ތެދު ޙަގީގަތް ހާމަކުރުމަށް ރައްޔިތުން ގޮވާލަމުން ދާކަމަށާއި، މިކަން ކަން ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަޙަތު ހިމާޔަތް ކުރުމަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

ތަޙުގީގުކޮށް ދިނުމަށް އެދުނު މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި ހަތިޔާރާއެކު ތިބިކަމަށް ބުނާ އެތައްހާސް ސިފައިންނާއި, ޗާގޯސް މައްސަލައިގާ ރާއްޖެއަށް ގެއްލުންވާ ގޮތަށް ނިންމި ކަމަށާއި ކަނޑުން ބައެއް ވިއްކާލިކަމަށް ބުނާ ވާހަކަތައް ހިމެނެއެވެ. ޕަބުލިކް އިންކުއަރީއެއް ހަދަން މަޖިލީހަށް ގަރާރެއް ހުށަޅަން އެމްޑީޕީއިން ފާސްކޮށްފައި ވަނީ މިދިޔަގަފުތާގައި އއ.އުކުޅަހުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

Loading

One Response

  1. އަނެއްކާވެސް ފަހަތުން ދުވަން ފެއްޓީ ދޯ. މިފަސްއަހަރުވެސް ފަހަތުން ދުވުމުގައި ނިމިގެންދާނީބާ..!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް