ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި
މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފިއެވެ. ފުލުހުން މިރޭ ބުނީ މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު ފަހެއް ޖަހާކަން ހާއިރު ކަމަށެވެ. މި މާރާމާރީ ހިންގާފައި ވަނީ ހެންވޭރު ޗީބޯ ކެފޭ ކައިރީގައެވެ. މި މާރާމާރީއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަ ކުރެއެވެ. ފުުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ، […]
ޔަމަނުގެ ހޫތީ ސިފައިން މިފަހަރު ހިފީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާގެ ބޯޓެއް!
ޔަމަނުގެ ހޫތީ މުޖާހިދުން މިއަދު ހިފި ބޯޓަކީ އިސްރާއީލުގެ މަހުޖަނެއްކަމަށްވާ، އިޔާލް އޯފަރ ގެ ބޯޓެއްކަން ހާމަވެއްޖެއެވެ. އޭނާއަކީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާއެވެ. އޯފަރގެ ކުންފުނި، ޒޯޑިއެކް މެރިޓައިމަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ބޯޓު އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަމަށްވާއިރު، އެކުންފުނިން 128 އުޅަނދުގެ ފްލީޓެއް އޮޕަރޭޓުކުރެއެވެ. ޔަމަނުގެ ހޫތީ ސަރުކާރުން ބުނެފައިވަނީ ”ހިފިފައި މިއޮތީ އިސްރާއީލުގެ މަހުޖަނުންގެ ބަލިފައިގައި“ ކަމަށެވެ. އަދި އިސްރާއީލުގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވަމުން އަންނަކަމަށް ހޫތީން ގަބޫލުކުރެއެވެ. […]
ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރު ދެ ދުވަހަށް މެދުކަނޑާލުމަށް ނިންމައިފި
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހަތަރު ދުވަހުގެ މުއްދަތައް މެދުކަނޑާލުމަށް ނިންމި ނިންމުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވުމާއެކު، އިތުރު ދެދުވަހަށް ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމަށް ހަމާސްއާއި އިސްރާއީލުން ނިންމައިފިއެވެ. އަދި ހަމަލާތައް ހުއްޓިފައި އޮތް ކޮންމެ ދުވަހެއްގައިވެސް އިސްރާއީލުގެ ހައްޔަރުގައި ތިބި ފަލަސްޠީނު ރައްޔިތުންނާއި، ހަމާސްއިން ބަންދުކުރި އަސީރުންގެ ތެރެއިން ބަޔަކު ވަނީ މިނިވަންކޮށްފައެވެ. އެގޮތުން، އިސްރާއީލުން ޝަރުތުކުރީ ހަމާސްއިން މިނިވަންކުރާ ކޮންމެ 10 އަސީރެއްގެ ބަދަލުގައި ހަމަލާދިނުން އިތުރު އެއްދުވަހަށް ލަސްކުރާނެކަމަށެވެ. އަދި ހަމާސްއިންވެސް […]
ފްލެޓްތަކުގެ ފިނިޝިންއަށް ފައިސާ ދޭން ނިންމި ގޮތް ބަލަން ވަޒީރާ ސުވާލު ކުރައްވަނީ
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ފައިސާ ދޭން ރާވާފައިވާ ގޮތާމެދު ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި އެޕާޓްމަންޓްތަކުގެ ވެރިންނަށް 200،000 ރުފިޔާ ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވާފައިވަނީ އެކަން ކުރަން ރާވާފައިވާ ގޮތަކީ […]
ރައީސް ޔާމީނުގެ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފި
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަދީފައި ވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީނަށެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާގޮތުން ޕާޓީއެއް ރަޖިސްޓްރީކުރާ […]
ވިލިމާލެ ފަރަށް ގެއްލުންވުން: ޖޫރިމަނާ ނުދައްކަން އެފްކޮންސްއިން ކޯޓަށް, ކާމިޔާބެއްނުވި
ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާގެ ދެއްކުން މަޑުޖައްސައިދިނުމަށް އަމުރެއް ނެރެދޭން އެދި އެފްކޮންސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފިއެވެ. ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހު […]
އިޒްރޭލުގެ ޖަރީމާތައް ތަހުގީގުކުރަން ރައީސް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިިފި
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިފިއެވެ. ރައީސް މުޢިއްޒު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ އިޒްރޭލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއް ކަމަށެވެ. އެހެންކަމުން ޣައްޒާގައި ކުރަމުންދާ […]
ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް ޝާފިއު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަގާމަށް، ގއ.ގެމަނަފުށި, ރިހްލާ، އަހުމަދު ޝާފިއު އައްޔަންކުރައްވައިފިއެވެ. ޝާފިއު އެ މަގާމަށް އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. ޝާފިއުއަކީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން މި ދާއިރާ ކުރިއެރެވުމަށް އަމިއްލަ އިސްނެންގެވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. ޝާފިއު އަކީ ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސްގެ މަގާމް އަދާކުރެއްވި ފަރާތެކެވެ. އަދި މަސްވެރިކަމުގެ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި މަސްވެރިން އެމްވީގެ ނަމުގައި އޮންލައިން ނޫހެއް ދަނީ ހިންގަމުންނެވެ. […]
ބައެއް ކުންފުނިތަކުގެ އެމްޑީގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިިފި
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާާވާ ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ 20 ކުންފުންޏަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފައެވެ. އައްޔަން ކުރެއްވި ބޭފުޅުންނަކީ: މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީއަކަށް ޢަބްދުލްމަތީން މުޙައްމަދު .މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް […]
އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފައްދާ ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި
ސޯލާ ހަކަތައިން ކަރަންޓް އުފައްދަން ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ”މަގޭ ސޯލާ“ ގެ ނަމުގައި ޕްރޮގްމެއް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިއަދު އިފްތިތާހުކޮށްފި އެވެ. ރޭޑިއޯ ބިލްޑިންގުގައި މިއަދު މެންދުރުފަހު ބޭއްވި ހަފުލާގައި މި ޕްރޮޖެކްޓް އިފްތިތާހު ކޮށްދެއްވީ އާ ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިގް އިބްރާހީމެވެ. މި ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް […]