ސައުދީގައި ތިބި އަރަބި ބަސް ނުދަންނަ ފަރާތްތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފުކޮށްފި

ސައުދީ އަރަބިއާގައި ކޯޓު މަރުޙަލާތަކާއި ކުރިމަތިލާ އަރަބި ބަސް ނުދަންނަ ފަރާތްތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފުކޮށް އެގައުމުގެ މިނިސްޓަރީ އޮފް ޖަސްޓިސްއިން އެކަން އިއުލާނުކޮށްފިއެވެ. މިގޮތުން، ޖަސްޓިސް މިނިސްޓްރީއިން ތައާރަފުކޮށްފައިވަނީ ޔުނިފައިޑް ޓްރާންސްލޭޝަން ސެންޓަރުގެ އޮންލައިން ވިއުގަ، ”ނަޖިޒް.އެސްއޭ“ މެދުވެރިކޮށް ތަރުޖަމާނަކަށް އެދުމުގެ ޚިދުމަތެވެ. މި ޚިދުމަތް ތައާރަފު ކުރުމުގެ އަމާޒަކީ މާދަރީ ބަހުގެ ގޮތުގައި އަރަބި ބަސް ނުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާއިރު، ޚިދުމަތަށް އެދުމަށް ކުރަންޖެހޭ ކަންކަން ވެސް […]

ޑރ.މުޢިއްޒު ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިިފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭނަށް ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިިފިއެވެ. އައްޑޫ ސިޓީގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ޑރ.މުޢިއްޒު ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ މިއަދު ހެނދުނުގައެވެ. މި ދަތުރުފުޅުގައި ކަނޑިތީމާއި ފޭދުއާއި މިލަންދުއާއި ކޮމަންޑުއާއި ފޯކައިދުއާއި ފުނަދުއަށް މިއަދު ޒިޔާރަތް ކުރައްވާނެއެވެ. އަދި މިރޭ ފުނަދޫގައި ޖަލްސާއެއް ބާއްވަވާނެއެވެ. މާދަމާ ވަޑައިގަންނަވާނީ ކެނދިކުޅުދުއާއި މިލަދުއާއި މަނަދުއާއި ހޮޅުދުއާއި ވެލިދުއަށެވެ. އަދި މާދަމާރޭ ވެލިދޫގައި ވެސް ޖަލްސާއެއް ބާއްވަވާނެއެވެ. އެއަށްފަހު […]

ގައްދޫގައި މުއްދަތު ހަމަވެފައިހުރި އައިވީ ދީފައިވަނީ ތިން ކުއްޖަކަށް، ހަތަރު މުވައްޒަފުން ސަސްޕެންޑްކޮށްފި

ގދ. ގައްދޫ ސިއްހީ މަރުކަޒުން، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއްގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ”މިކަމަކުގައި ޝާމިލުވާ ހަތަރު މުވައްޒަފުން ވަނީ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގައިފަ،“ ހެލްތު މިނިސްޓްރީން ބުންޏެވެ. ހެލްތު މިނިސްޓްރީން އިތުރަށް ބުނީ އެފަދަ މައްސަލަތައް ތަކުރާރުނުވާނެހެން ފިޔަވަޅުތައް […]

ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ. ސަންދާނު އަހަންމައިދީގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 72 އަހަރެވެ. އެނގިފައިވާ ގޮތުގައި ސަންދާނު އަހަންމައިދީ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ސަންދާނު އަހަންމައިދީގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަރަހާ މިސްކިތުގައި އޮންނާނެއެވެ. އަދި މޫނު ދެއްކުން އަސުރު ނަމާދާ ހަމައަށް އެ […]

ސަރުކާރުތަކުން ބުނިގޮތަށް ކޯވިޑް ވެކްސިނުން ކޯވިޑް ޖައްސާ ވައިރަސް ފެތުރުން ހުއްޓުވާފައެއް ނުވޭ!

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ޖެހި ވެކްސިނުން ހަގީގަތުގައިވެސް އެބަލި ފެތުރުން ހުއްޓުވޭތޯ ބެލުމަށް އެއްވެސް ތަހުލީލެއް އަދި ދިރާސާއެއް ކުރެވިފައިނުވާކަމަށް ވެކްސިން އުފެއްދި ފަރާތްތަކުން ބުނެފިއެވެ. ވެކްސިން އުފެއްދި ކުންފުނިތަކުން މިހެން ބުނެފައިވާއިރު، މިއީ ދުނިޔޭގެ ގިނަ ސަރުކާރުތަކާއި، ސިއްހީ މާހިރުން އާންމުންނަށް ދިން މައުލޫމާތާ ސީދާ އިދިކޮޅު ވާހަކަތަކެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ކޯވިޑް އާލަމީ ވަބާގެ ބޭނުން ހިފައި، ލޮކްޑައުންތައް އިއުލާނުކޮށް، މަގުމައްޗަށް ނުކުމެ، ދަރީންނާއި އެކު ބޭރުގައި، ޕާކުތަކާއި، އަތިރިމަތީގައި، ވަގުތު […]

އެސްޓީއޯގެ ތެޔޮ އަސާސީ ރޭޓުގައި ކޮންމެ އަތޮޅަކުން ލިބޭ ގޮތް ހަދާނަން: ޑރ.މުޢިއްޒު

އޭނާގެ ވެރިކަމެއްގައި އެސްޓީއޯއިން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އަސާސީ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.  އައްޑޫ ސިޓީއަށް އިއްޔެ ފެށްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މަރަދުއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި މުޢިއްޒު ވިދާޅުވީ ބައެއް ރަށްރަށުގައި ތެޔޮ ވިއްކުމުގައި ޕްރައިވެޓް ސެކްޓާގެ ފަރާތްތަކުން އޮންނަނީ މޮނޮޕޮލައިޒްކޮށްފައި ކަމަށެވެ. “އެކަމުގައި ކޮނެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯއިން އެންމެ އަސާސީ […]

މައްކާގެ ހަރަމްފުޅުގައި މަސައްކަތްކުރާ އިންޑިއާގެ ’ރަފީގެއް‘ ވާހަކަ ކޮޅެއް

އެއްދުވަހަކު މައްކާގެ އަހުލުވެރިއަކު އާދެ، ސަޢޫދީއަކު މައްކާގެ ހަރަންފުޅަށް ނަމާދުކޮށްލަން ދިޔައެވެ. އަދި ނަމާދުކޮށް ޒިކުރު ވެސްކޮށްލައި އަވަދިވެގެން ސަދަގާތެއް ކުރުމުގެ ނިޔަތުގައި ޙަރަމްފުޅު ސާފުކުރަން އުޅުނު މީހަކަށް ގޮވާލިއެވެ. އެ މީހަކީ އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ އިންޑިއާ މީހެއެވެ.  ސައޫދީ މީހާ ރިޔާލުކޮޅެއް ނަގާފައި ”މި ގަބޫލުކޮށްލާށޭ، ’ރަޙްމަތްތެރިޔާއޭ‘ ބުނެފައި އިންޑިއާ މީހާއަށް ދިނެވެ. އާންމު ގޮތެއްގައި ސަޢޫދީގައި ދެކުނު އިރުމަތީ ގައުމުތަކުގެ މީހުންނާ މުޚާތަބުކޮށް ’ރަފީގޭ‘ ކިއެއެވެ. ރަފީގެ އާންމު މާނައަކީ އެކުވެރިއާއެވެ. ނޫނީ […]

ހަމަ ކޮންމެ މީހަކަށް އިސްލާމީ މި ދިވެހިރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ

އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތީން ހަމަ ކޮންމެ މީހަކަށް ދިވެހިރާއްޖޭގެ ވެރިކަން ނުކުރެވޭނެކަން މާޒީގައި ވަރަށް ރަނގަޅަށް މިވަނީ އެނގިފައެވެ. ހަމަ ކޮންމެ ކޮންމެ މީހަކީ ވެރިކަމުގެ ޝައުގުވެރިކަން ހުރިނަމަވެސް އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރުކަން ކުރެވޭނެފަދަ މީހަކަށް ނުވާނެއެވެ. ނަމަވެސް މިއަދު މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެރިކަންކުރަން ޝައުގުވެރިވާ ގިނަފަރާތް ތަކެއް ފެންނަމުންދާ ކަމީ އުފާކުރަން ޖެހޭ ކަމެކެވެ.  ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ވަކިމީހަކު ނެތިއްނަމަ ރާއްޖޭގެ ވެރިކަން  ނުކުރެވޭނެ ކަމަށް ގަބޫލްކުރި ދުވަސްވަރެއް ވެސް މާޒީވެހިގައްޖެއެވ. ނަމަވެސް މިއަދު އެވިސްނުމާއި ފިކުރު މިވަނީ ބަދަލުވެފައެވެ. އެތަކެއް ބަޔަކު މިދަނީ ވެރިކަން ކުރުމަށް ފޫގަޅައި ވެރިކަން […]

ޑރ.މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން: ޖަމީލު

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުގައި ހިއްޕަވައިގެންކަމަށް އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި ޖަމީލު ވިދާޅުވީ އައްޑޫން ޑރ.މުޢިއްޒަށް ދެންނެވި ހޫނު މަރުހަބާއިން ހާމަވަނީ މި “ފިޔާތޮށި ލަޝްކަރު“ ބައްްޔެއް ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން ޖަމީލު ވިދާޅުވީ ހޯދަންވީ ވައުދަށް ކަމޭ […]

އީރާނުގެ އެންމެއިސް ޑިޕްލޯމެޓް ސަޢޫދީ އެރޭބިޔާގެ ވަލީއަޙްދާއި ބައްދަލު ކުރައްވައިފި

ސަޢޫދީއެރޭބިޔާގެ ޚާރިޖީވަޒީރުގެ ދައުވަތަކަށް އެއްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބުރާސްފަތިދުވަހު ރިޔާޒަށް ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން ޢަބްދުއްލާ އަން ގެ ދަތުރުފުޅުގެ މުއްދަތު އިތުރު ކުރައްވައި ޖިއްދާގައި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލު ކުރައްވައިފިއެވެ. ދެބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ދިރާސާ ކުރައްވައި ކުރިއަށް އޮތްތަނުކައި ދެގައުމަށް ފައިދާކުރަނިވި ގޮތުގައި ކުރެވިދާނެ ކަންތައްތަކާއި އޭގެ އިތުރުން ސަރަޙައްދީ އަދި ބައިނަލް އަގްވާމީ މައްސަލަތަކުގައި މަޝްވަރާކުރެއްވިކަމަށް ސަޢޫދީ އެރޭބިޔާގެ ޚާރިޖިއްޔާއާއި ޙަވާލާދީ އެކްސް ( ކުރީގެ ޓްވިޓަރ ) އިން ހާމަކޮށްފައިވެއެވެ. […]