ޗައިނާގެ ހައިސްޕީޑްރޭލުގެ ދުވެލި މަތިންދާބޯޓުގެ ދުވެއްޔަށްވުރެން ބާރު

ތިމާ ދާންބޭނުންވާ މަންޒިލަށް މަތިންދާބޯޓަށްވުރެން އަވަހަށް ރޭލެއްގައި ދެވިދާނެކަމަށް ހީކުރި ދުވަސް ޗައިނާއިން މާޒީގެ ތެރެއަށް ފޮނުވާލައިފިއެވެ. ޗައިނާއިން އަލަށް އުފެއްދި ހައި ސްޕީޑް ރޭލުގެ ޓެސްޓް ދަތުރުގައި ދަތުރުކޮށްފައިވަނީ ގަޑިއަކު 281 މޭލުގެ ބާރު މިނުގައެވެ. އެއީ މިހާތަނަށް ދުނިޔޭގެ ރެކޯރޑެވެ.  އިންޖިނޭރުން އަންދާޒާ ކުރާގޮތުގައި ރޭލުގެ ހުރިހާ މަސައްކަތެއްނިމި މެގަލެވް ރޭލުގައި އާންމު ދަތުރުތައް ކުރަންފެށޭއިރު އޭގެ ދުވެލި ހުންނާނީ ގަޑިއަކު 621 މޭލުގައެވެ. އެއީ ކޮމާރޝަލް ފްލައިޓްތަކުގެ ޢާންމު ދުވެލި ކަމުގައި ބެލެވޭ 545 މޭލަށްވުރެން ގާތްގަނޑަކަށް 75 މޭލުގެ ތަފާތު ބާރު […]

ޔާމީންގެ ކެންޑިޑެސީ މައްސަލަ: ލިޔުމުން ޖަވާބުދާރީވުމަށް ސްޕްރީމް ކޯޓުން އީސީއަށް އަންގައިފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލާގައި ޖަވާބުދާރީވުމަށް ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް މިއަދު އަންގައިފިއެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް އިއްޔެ ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތުމަށެވެ. އެ ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށެވެ. އެ އަކުރުގައި ބުނެފައިވަނީ […]

ހަފީޒު އެކްސިޑެންޓްވުން: ބާރު ސްޕީޑުގައި ސައިކަލު ދުއްވި ޒުވާނާ ބަންދުން ދޫކޮށްލައިފި

މިދިޔަ ޖޫން މަހުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒުގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވި މައްސަލާގައި ހައްޔަރުކުރި ޒުވާނާ މިއަދު ބަންދުން ދޫކޮށްލައިފިއެވެ. ޖޫންމަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށް ބަންދަށް ފުރަތަމަ […]

މަންމައެއްގެ އިންޒާރު

ރަމަޟާން މަހުގައި އަހަރެންގެ އާއިލާއަށް ދިމާވި ކަމެއްގެ ވާހަކަ އެހެން މީހުންނަށް އިންޒާރެއްގެ ގޮތުގައި ހިއްސާކޮށްލަން ބޭނުމެވެ. އަހަރެމެން ދިރިއުޅުނީ ނެދަރލެންޑްސްގައެވެ. އެއީ އާންމުގޮތެއްގައިވެސް ފިރިހެނުން ދެކެ ފިރިހެނުން ލޯބިވުމާއި، އަންހެނުންދެކެ އަންހެނުން ލޯބިވުމަކީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ސްކޫލްތަކުގައިވެސް ކުޑަކުދިންނަށް ދަސްކޮށްދޭ ތަނެކެވެ. އަދި މިހާރު މިކަންކަން ގަދަވެ، އެލްޖީބީޓީކިއު ދިދައެއް ނުފެންނަ ސަރަހައްދެއް މަދުވާނެއެވެ. އަހަރެމެން ދިރިއުޅެމުން އައީ ކުޑަ އަވަށެއްގައެވެ. އަދި ކުދިން ސްކޫލަށް ވެއްދުމަށްފަހުވެސް، ނެދަރލެންޑްސްއަކީ މުސްލިމުން ގަބޫލުކުރާ ގަބޫލުކުރުންތަކަށް ރިއާޔަތްކުރާ […]

ތޭރަވަނަ ގަރުނުގެ މުސްޙަފެއް ސްޕެއިންއިން ފެނިއްޖެ

Spain scroll

މުޙައްމަދު އަލް-ޔައްޔަރްއަކީ ފަލަކީ ޢިލްމާއި، ހިސާބު އަދި ޅެންވެރިކަމުގެ ދަންނަބޭކަލެކެވެ. އަދި އޭނާއަކީ މުޖްތަހިދެއްގެ އިތުރުން އޭނާގެ ޒަމާނުގެ ވާހަކަތަކާއި، މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ޚަބަރު ހޯދައި އެކަންކަމަށް ޝައުގުވެރިކަމެއް ގެންގުޅުނު ޢިލްމުވެރިއެކެވެ. ”މުޅި ދުނިޔޭގައިވެސް ދުވަހަކު ނުހިނގާކަމެއް/ އަންދަލުސްގައި ހިނގައިފިއެވެ.“ އޭނާގެ ޅެމެއްގައި ލިޔެފައިވެއެވެ. އަލް-ޔައްޔަރް ސެވިލްގައި ބަންދުވެ ހުންނެވިއިރު އެ ސަހަރުގެ ގަވަރުނަރަށް ފޮތްތައް ނަކަލު ކޮށްދެއްވިއެވެ. އަދި ބަންދުން ސަލާމަތްވުމުން ”އަލްފާޤީ“ ނުވަތަ ޤާނޫނީ މާހިރެއްގެ މަގާމު އޭނާއަށް ލިބިވަޑައިގަތުމުގެ އިތުރުން، އަކޫޓާ […]

ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވޭ: ޔާމީންގެ އިންތިޚާބީ އެޖެންޓް

ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް މުޙައްމަދު ތޮލާލް މިއަދު އެދިވަޑައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލަ ސްޕްރީމް ކޯޓުގައި ރަޖިސްޓްރީވެ ފައިސާ ދައްކައި ވެސް ނިމުނުކަން ފާހަގަކުރައްވައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ތޮލާލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އަދި ސެނެޓް އޮތީ ވަރަށް ސާބިތުކަމާއެކު ކުރިއަށް […]

ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު އިއްޔެ އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން އިއްޔެ ހަވީރު ވަނީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ކެންޑިޑެންސީ ބަލައިނުގަންނަން ނިންމައިފައެވެ. މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ރޭ ފަތިހުގައެވެ. “ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑެންސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ  ސަރުކާރުގެ ނުފޫޒުން […]

ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ޕީޕީއެމްއިން ރައީސް ޔާމީީންގެ ކެންޑިޑެންސީ ފޯމު އީސީއަށް ހުށަހެޅީި މިއަދު ހެނދުނުއެވެ. ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު […]

ރައީސް އިންތިޚާބު ކާމިޔާބު ކުރައްވާ ދުވަހަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ދުވަސް ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަހަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ނަޝީދުގެ އެދިވަޑައިގަތީ ޑިމޮކްރެޓްސްގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ. ބައިބައިވެއްޖެނަމަ ވަރަށް ފަސޭހައިން […]

ރަޝިޔާއިން ޔޫކްރެއިނަށް އެންމެފަހުންދިން ޙަމަލާތައް ވަރަށް ގެއްލުންބޮޑު-ޔޫ.އެން

ދާދިފަހުން ރަޝިޔާއިން ޔޫކްރެއިންގެ އޮޑެއްސާގެ ބަނދަރަށް ދިން ޙަމަލާތަކަކީ ދޭން ހެޔޮނުވާވަރުގެ ގެއްލުންބޮޑު ޙަމަލާތަކެއް ކަމުގައި ޔޫ. އެން.ގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ޔޫ. އެން. ގެ ސެކިއުރިޓީ ކައުންސިލްގައި ޔޫކްރެއިންގެ ހަނގުރާމައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޚާލިދު ޚިޔާރީ ވިދާޅުވީ އެމިންވަރަށް ދެވޭ ފަނާކުރަނިވި ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި އެހެންނޫނީ މި ހަނގުރާމައަކީ އަލުން އިއާދަނުކުރެވޭ މިންވަރަށް ގެއްލުންބޮޑު ހަނގުރާމަ އަކަށް ބަދަލުވެގެން ހިނގައިދާނެ ބިރުބޮޑު ވެއްޖެކަމަށެވެ. ޔޫކްރެއިންގެ ގޮވާން އެކްސްޕޯރޓް ކުރުމުގެ ވަސީލަތް ތަކަށާއި އާންމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް […]