ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވޭ: ޔާމީންގެ އިންތިޚާބީ އެޖެންޓް

Loading

Facebook
Twitter
WhatsApp

ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް މުޙައްމަދު ތޮލާލް މިއަދު އެދިވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލަ ސްޕްރީމް ކޯޓުގައި ރަޖިސްޓްރީވެ ފައިސާ ދައްކައި ވެސް ނިމުނުކަން ފާހަގަކުރައްވައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ތޮލާލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އަދި ސެނެޓް އޮތީ ވަރަށް ސާބިތުކަމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

ޕާޓީ ބައިބައި ކުރުމަށް ބަޔަކު ދައްކާ ވާހަކައަކުން މކޯލިޝަންގެ އަޒުމަކަށް ވެސް އަދި ހިތްވަރަކަށް ވެސް ގުޑުމެއް ނާންނާނެ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.

“ފިތުނަވެރި ހުރިހާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުވެ ރައީސް ޔާމީންގެ ކެމްޕެއިން ކުރިއަށް ގެންދިއުން ވެސް އެދެން.“ އޭނާ އެދިވަޑައިގަތެވެ.

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު އީސީއަށް ހުށަހެޅީ އިއްޔެ ހެނދުނުއެވެ.

އެމަނިކުފާނުގެ ކެންޑިޑެންސީ ބަލައިނުގަތުމަށް އީސީން ނިންމީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އެމަނިފާނުގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ބުނެއެވެ. އީސީން ބުނީ ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ކަމާއި އަދިި މި ހުކުމް ތަންފީޒުކޮށް ނިމިފައިނުވާަކަން ފޯމާއެކު ހުށަހެޅި ރެކޯޑްތަކުން އެނގޭ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް