އިންފްލޭޝަން ބޮޑުވުމާއެކު ޕާކިސްތާނު އިޤްތިޞާދީ ކާރިސާއެއްގެ ތުންފަތްމަތީގައި
ބޮޑުވަމުންދާ އިންފްލޭޝަންގެ ސަބަބުން ޕާކިސްތާނުގެ މިސްރާބުހުރީ ސްރީލަންކާގައި ދިމާވިފަދަ އިޤްތިޞާދީ ކާރިސާއަކާއި ދިމާއަށްކަން ހާމަވެއްޖެއެވެ. ޕާކިސްތާން ބޭންކްރަޕްސީއަކާއި ހަމައަށް ހިނގައްޖެނަމަ، ސްރީލަންކާއަށްވުރެ އެތައް ގުނައެއް ހާލަތު ގޯސްވާނެކަމަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ. ޕާކިސްތާނަކީ ސްރީލަންކާއަށްވުރެ އެތައް ގުނައެއް ބޮޑު އަދި އެތައް ދަރަޖައެއް ފަގީރު ގައުމެކެވެ. ޕާކިސްތާނުގެ ފައިސާގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓެމުން އަންނައިރު، ފާއިތުވެދިޔަ ހަފްތާގައި އެކަނިވެސް 14 އިންސައްތަ ވަނީ ވެއްޓިފައެވެ. އިންފްލޭޝަން މަތިވެ ބޯމަތީގައި އޮތްއިރު، އެގައުމުގެ ބޭރުފައިސާގެ ރިޒާވްގައި ހުރީ […]
ހުޅަނގުގެ ވިސްނުންތަކަށް ތާއީދުކުރާ ނައިޖަރގެ ރައީސް ބަޣާވާތަކުން ވައްޓާލައިފި
ހުޅަނގު އެފްރިކާގެ ނައިޖަރގައި ހިންގި ބަޣާވާތަކީ އިމްޕީރިއަލިޒަމަށް ދިން ބޮޑު ހަމަލާއެކެވެ. ބީބީސީގެ ސެކިއުރިޓީ ކަރެސްޕޮންޑަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ފްރޭންކް ގާޑްނާ ބުނީ އެފްރިކާގެ އެސަރަހައްދުގައި އޮތް ހުޅަނގުގެ ބާރު ”ހޫނު ދުވަހެއްގައި ފެންގަނޑު ހިކިގެންދާ އުސޫލުން ބާރަށް ހިކިގެންދަނީ“ ކަމަށެވެ. ބުދަ ދުވަހު ހިންގި ބަޣާވާތެއްގައި ރައީސް މުޙައްމަދު ބަޒޫމް ހިފަހައްޓާފައިވަނީ އޭނާގެ ރިޔާސީ ގާޑުންނެވެ. ދެން ސިފައިންގެ ބޮޑު ބަޔަކުން އެކަމަށް ތާއީދުކޮށް އެއްބާރުލުން ދީފައިވެއެވެ. ޖެހިގެން އައި ދުވަހު ނައިޖަރގެ ވެރިކަންކުރާ ނިއަމޭގައި […]
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ބޭފުޅުން
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ހުޅުވައިލި ފުރުސަތު ހަމަވިއިރު 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވައިލީ ޖުލައި 23 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިއަދު 14:00 އަށެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ފަސް ޕާޓީއެއްގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ތިން ބޭފުޅަކު ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ. ޕާޓީތަކުގެ ޓިކެޓުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް […]
ޑރ.މުނައްވަރު އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފި
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު އެ ނިންމުން އަނބުރާ ގެންދަވައިފިއެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޑރ.މުނައްވަރު ވަނީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ވެސް ހަމަކުރައްވައިފައެވެ. އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ނިންމުން ބަދަލުކުރެއްވިކަން ހާމަކުރައްވާފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަނުކުރަން ނިންމެވި ސަބަބެއް ހާމަކުރައްވައިފައެއް ނުވެއެވެ. އެ ޓުވީޓުގައި މުނައްވަރު ވަނީ އޭނާއަށް ތާއީދުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ޑރ.ޖަމީލުގެ ފުރިހަމަ ތާއީދު މުޢިއްޒަށް އޮތްކަން ހާމަކުރައްވައިފި
ރައީސް ޔާމީން ޢަބްދުލްްޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދުގެ ފުރިހަމަ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް އޮންނާނެ ކަމަށް ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. ޖަމީލު މިހެން ވިދާޅުވީ ޑރ.މުޢިއްޒު މިއަދު އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ’އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަ ކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެއެވެ.“ ޑރ.މުޢިއްޒަށާއި އޭނާގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފަށް މަރުހަބާ ވިދާޅުވެ […]
ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް
އިދިކޮޅު، ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. ޔާމީންގެ […]
ޑރ. މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި
އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ނަމަވެސް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ. ޑރ. މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމާ އެއް ކޯލިޝަނެއްގައި އޮތް ޕީއެންސީގެ ފަރާތުންނެވެ/ މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުގެ […]
އިންތިހާބު ބޮއިކޮޓްކުރަން ސެނެޓުގެ ނިންމުން ރިވިއުކޮށްދޭން ޔާމީން އެދިވަޑައިގެންފި
ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް، އެ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވިޔަސް، އިންތިހާބުގައި ބައިވެރިވާން ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން ގަބޫލުނުކުރައްވާކަން، ޔާމީން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް މިރޭ އަންގަވައިފި އެވެ. އިތުބާރު ހިފޭ މަސްދަރަކުން ”ސަންދާނަށް“ ކަށަވަރުވެފައިވާ ގޮތުގައި ޔާމީން އެ ގޮތަށް އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި މީގެ އިރުކޮޅެއްކުރިން ފޯނު ކޯލަކުންނެވެ. އެ ފޯނު ކޯލުގައި ޔާމީން އެދިވަޑައިގެންފައިވަނީ ސެނެޓުގެ ނިންމުން ރިވިއުކޮށްދިނުމަށެވެ. […]
މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަނީ
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ”ބެކަޕް ކެންޑިޑޭޓެއް” ގެ ގޮތުގައި ޕީއެންސީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ މުޢިއްޒެވެ. މުޢިއްޒު މިހާރު ވަނީ އޭނާގެ ރަނިންގމޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ […]
ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެ
ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެއެވެ. މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައިވެސް ވަނީ ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެއިން އިއްޔެ ހިމަބިއްސަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ކަމަށާއި އެ މީހާއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރިޕޯޓުކުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ، ޖުލައި މަހު ފެނުނު ކޭސްއާ ގުޅުމެއް އޮތް ކޭސްއެެއް ނޫން ކަމަށް އެޗްޕީއޭއިން […]