މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ބޭފުޅުން

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ހުޅުވައިލި ފުރުސަތު ހަމަވިއިރު 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވައިލީ ޖުލައި 23 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިއަދު 14:00 އަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ފަސް ޕާޓީއެއްގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ތިން ބޭފުޅަކު ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ.

ޕާޓީތަކުގެ ޓިކެޓުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމާއި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ.

މި ހުރިހާ ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް އީސީން ވަނީ ނިންމައިފައެވެ.

އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްއާރްއެމްގެ ރައީސް ފާރިޝް މައުމޫނާއި

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލެވެ.

މި ބޭފުޅުންގެ ކެންޑިޑެސީ އަދި ބަލައިގެންފައެއް ނުވެއެވެ.

Loading

One Response

  1. ގިނަ ކެންޑިޑޭޓުން ވާދަކުރެއްވުމަކީ ރަނގަޅު ކަމެއްކަމެއްކަމުގައި ދެކެމެވެ. ކޮންމެ މީހަކަސްވެސް ރައީސްކަން ލިބިއްޖެނަމަ އޭނަޔާއި އޭނާގެ ޢާއިލާއާއި ސަޕޯޓްކުރާ އެންމެނަށް ދައުލަތުން ބައި އެޅޭނެއެވެ. އަދި ވަޒީފާގެ ފުސަތާއި ކުރާ ވަކަން ފޮރުވައި ދިނުމާއި މިފަދަ އެމީހުނަށް ”ރަނގަޅު“ އެތައްކަމެއް ކުރާނެއެވެ. ރައްޔަތުން އިސްލާޙުވެލީމާ ކުރިމަތި ލީ މީހުންގެ ތެރެއިން އެންމެ ކަރަޕްޓް ނޫން މީހަކު ހޮވުމުގެ ޗަންސް ބޮޑެވެ. ނަމަވެސް ވޯޓް ވިއްކުމުގެ އާދަ އަށްގަންނުވާފައިތިބި ރައްޔަތުންތަކަކަށް ކަޅުދަބަސް ފެނުނީމާ މާބޮޑަށް ވިސްނާލަން އުނދަގުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް