ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައިވެސް ވަނީ ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެއިން އިއްޔެ ހިމަބިއްސަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ކަމަށާއި އެ މީހާއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރިޕޯޓުކުރި މީހެއް ކަމަށެވެ.

ނަމަވެސް އެއީ، ޖުލައި މަހު ފެނުނު ކޭސްއާ ގުޅުމެއް އޮތް ކޭސްއެެއް ނޫން ކަމަށް އެޗްޕީއޭއިން ބުންޏެެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސް މޮނިޓާކޮށް ހިމަބިހި ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް އަދި ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް