ޔޫކްރެއިންގެ ކައެންޓަރ-އޮފެންސިވްތަކަށް މިވަނީ ކީތް!

ކޮންމެ ދެކޮޅުވެރިކަމަކާއި ހަނގުރާމައަކީ ފަނާކުރުމެކެވެ. ދެކޮޅުވެރިކަމުގައި ނުވަތަ ހަނގުރާމައިގާ ބައިވެރިވާ ކޮންމެފަރާތަކަށްވެސް ތާއީދު ކުރާ ބަޔަކާއި ނަފްރަތު ކުރާ ބަޔަކު ތިބެއެވެ. ހަމަ އެފަދައިން ކާމިޔާބުކުރުން އެދޭ ބަޔަކާއި ނާކާމިޔާބަށް އެދޭބަޔަކުވެސް ތިބޭނެއެވެ. އޭގެތެރޭގައި މީޑިއާއިން ކުޅޭ ދައުރު ފާހަގަކުރެވޭނެއެވެ. މީޑިއާއިން ވަރަށް ގިނަފަހަރަށް ކުޅެމުން ގެންދާނީ ހަކުރު ދެންޏާ ބޮޑުބޭބެގެ ރޯލެވެ. ޔޫކްރެއިންގެ ހަނގުރާމައިގާވެސް އާންމު ގޮތެއްގައި ގިނަ މީޑިއާތަކުގެ ހާމަކުރުންތައް ހުންނަނީ  ޔޫކްރެއިނަށް މޮޅުވާގޮތަށް ބުރަވެފައެވެ. މިބަލަނީ ވަކިފަރާތަކަށް ބުރަނުވެތިބެ ސަންދާނުގެ ކިއުންތެރިންނަށް ޔޫކްރެއިން-ރަޝިޔާ […]

މާލެ ސަރަހައްދުން މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް (މީސްލްސް)  ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25 ގައި މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަށް ބަލިޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެޗްޕީއޭއިން ބުނީ ބަލިޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހެއް […]

ވޯޝިންގްޓަންގައި އަދަމުންދާ އަލިފާން ހުއްޓުވޭނެގޮތެއް އަދި ނުފެނޭ

އެމެރިކާގެ ވޯޝިންޓަނުގެ ކްލިކިޓަޓް ކައުންޓީގައި ރޯވެފައިވާ އަލިފާނުން ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިރީސްހާސް އޭކަރުގެ ބިން އަނދާހުލިވެގެން  ހިގައްޖެއެވެ.  އެކަމުން ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރު ވެއްޖެކަމަށް ބުނެފިއެވެ. އަލިފާންނިންވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދާ މީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ އަނދަމުންދާ އަލިފާންގަނޑު ހުއްޓުވޭނެ ގޮތެއް އަދި ނުފެންނަ ކަމަށާއި މިއީ މިހާތަނަށް ދިމާވެފައިވާ އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ. ވައިގަދަވަމުންދާއިރު ޖައްވުތެރޭގެ ފިނިހޫނުމިންވެސް ދަނީ ވެއްޓެމުންނެވެ. އަލިފާން […]

ޕާކިސްތާނުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް މާލީ ވަޒީރު

ޕާކިސްތާނުގެ އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށާއި އައި އެމް އެފް އާއި ގުޅިގެން އިގްތިސާދީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އެންމެހާ މަސްއޫލިއްޔަތާއެކު ވަގުތީ ބޮޑުވަޒީރަކަށް މިހާރުގެ ގުޅިފައިވާ ސަރުކާރުގައި ހިމެނޭ ބާރުގަދަ ޕާރޓީއަކަށް ނިސްބަތްކުރެވޭ އިސްޙާގް ދަރް ގެ ނަންފުޅު ހުށައަޅައިފިއެވެ.  ޕާކިސްތާނުގެ މުސްލިމް ލީގް- ނަވާޒް ގެ ފަރާތުން ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އިސްޙާގް ދަރް އަކީ މިހާރުގެ […]

އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކުރެވޭތީ ކޯލިޝަން ހަަދަން އެމްއާރްއެމްއިން ބޭނުމެއްނުވި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަސައްކަތް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ. އެމްއާރްއެމްއިން މިހެން ބުނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމްއާރްއެމްއަށް ދެއްވި ދައުވަތާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ. ެއެމްއާރްއެމްއިން ބުނީ ރައީސް ޞާލިޙް ދެއްވި ދައުވަތާ ގުޅިގެން  ެމަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް […]

ޒުވާނުން އަވަދިވުން!

11 ނޮވެމްބަރ 1978 ގައި ދިވެހިރާއްޖޭގައި އުފެދުނު ސަރުކާރު 30 އަހަރަށް ދިގުދެމިގެން ދިޔުމުގެ ސަބަބުން ދިވެހީންގެ އެތަކެއް ކަމެއް އަނބުރާ އިއާދަ ނުވާނޭ މިންވަރަށް ގެއްލިގެން ދިޔައެވެ. ބައެއް އިސްރަށްވެހިން ވިދާޅުވަނީ އެއީ ދިވެހީންގެ ތެރޭގައި އުޅުނު ބައެއް މީހުންގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ. ނަމަވެސް މިއީ މުޅިން ޙަޤީޤަތެއް ނޫނެވެ.  19 ވަނަ ޤަރުނު އަދި 20 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކޮށްގެން ތިބި ވޯރާ ވިޔަފާރިވެރީން އޭރުގެ ޒުވާނުންނަށް އަދި ގުޑުގުޑާ ހިއްޕަވާ ބޭފުޅުންނަށް މޮޅު […]

ލޭ މައްޗަށް ދާނަމަ ކެވިދާނެ ބައެއް ތަކެތި

ލޭ މައްޗަށް ދިއުން ނުވަތަ ބްލަޑް ޕްރެޝަރު މައްޗަށް ދިއުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. އެކި އުމުރުތަކުގެ މީހުންނަށް މި އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ. ލޭ މައްޗަށް ދިޔުމުގެ ސަބަބަކަށް ވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި އިންސިއުލިން ނުއުފެއްދޭތީ ނުވަތަ ހަށިގަނޑުގައި އިންސިއުލިން މާއްދާތައް ރަނގަޅަށް ބޭނުން ނުކުރެވޭތީއެވެ. ލޭގައި ގުލްކޯޒް ގިނަ ވުމަކީ ނުވަތަ ލޭމައްޗަށް ދިޔުމަކީ ގިނަ އަދަދެއްގެ މައްސަލަތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ލޭ މައްޗަށް ދިއުމުގެ މައްސަލައަކީ ކެއުންބުއިމުގެ […]

ކަނޑުދަތުރުކުރާ އެއްވެސް އުޅަނދެއް ޔޫކްރެއިނަށް ދެން ދަތުރުކޮށްގެންނުވާނެ – ރަޝިޔާ

މޮސްކޯ އާއި ލަންޑަނުން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން ޔޫކްރެއިންގެ ބްލެކްސީގެ ބަނދަރުތަކަށް ދަތުރުކުރާ ކޮންމެ އުޅަނދަކާ ދޭތެރޭވެސް ރަޝިޔާއިން ބަލަމުންގެންދާނީ ޔޫކްރެއިނަށް މިލިޓްރީ ހަތިޔާރު އުފުލާދޭ އުޅަނދެއްގެ ގޮތުގައެވެ. ރަޝިޔާގެ މި އިންޒާރު އައިސްފައިމިވަނީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ބްލެކްސީ ހުރަސްކޮށް އެކްސްޕޯރޓް ކުރުން ހުއްދަ ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރިވިތާ ދުވަސްކޮޅެއް ފަހުންނެވެ. ޔޫކްރެއިނުން އ. ދ. ގެ ބޯޓުފަހަރުގެ ދަތުރުފަތުރާބެހޭ އިދާރާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި އެދެމުން ގެންދަނީ ކޮންމެވެސް […]

ޗައިނާގެ ޚާރިޖީ ވަޒީރުކަމުން ޗިން ވަކިކޮށްފި

ޗައިނާގެ ޚާރިޖީ ވަޒީރުގެ މަގާމުން މިނިސްޓަރު ޗިން ގަންގް އަންގާރަ ދުވަހު ވަކިކުރުމަށްފަހު އެމަގާމު ކުރިން އަދާކުރެއްވި ވޭންގް ޔީ އައްޔަނުކޮށްފިއެވެ. ޗައިނާގެ ގައުމީ ޓީވީއިން ބުނެފައިވާ ގޮތުގައި ޗިން މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްމަސްދުވަހު މެދުނުކެނޑި އުޒުރުވެރިވުމުންނެވެ. އުމުރުން 57 އަހަރުގެ ޗިން، ޚާރިޖީ ވުޒާރާއާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ މަގާމުގައެވެ. އެހެންނަމަވެސް، ނިމިދިޔަ ޖޫން މަހުގެ […]

ރަނިންމޭޓަށް ނަން ފޮނުވަން އެދިވަޑައިިގަތަސް ލީޑާޝިޕުން ނިންމީ ޔާމީނަށް އިޚުތިޔާރު ދޭން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަށް ބޭފުޅަކު ކަނޑައެޅުމުގެ އިޚުތިޔާރު އެމަނިކުފާނަށް ދޫކޮށްލަން އެ ޕާޓީން ރޭ ނިންމައިފިއެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ކަނޑައަޅާނީ އެ ކެންޑިޑޭޓަކަށް ލިބިދޭ އިޚުތިޔާރެކެވެ. ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ޚިޔާލާއެކު ރަނިންމޭޓް ކަނޑައެޅުމަށެވެ. އެ ގޮތުން ޔާމީން އެދިވަޑައިގެންނެވީ ރަނިންމޭޓްކަމަށް ފެންނަ ރަނގަޅު ބޭފުޅުންތަކެއްގެ ނަން އެމަނިކުފާނާ ހަމައަށް ފޮނުވައިދިނުމަށެވެ. […]