މިރޭގެ އެއްވުމުގައި ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފި

ރާއްޖެއާއި ޗާގޯސްއާ ދެމެދު އިން ވަކިކުރުކުގެ މައްސަލަ ނިމުނު ގޮތުން, ރާއްޖޭގެ އިގުތިސާދީ ސަރައްހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާގައި ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މުއައްސަސާއިން މިއަދު ބުނެފިއެވެ. އިމުގެ މައްސަލާގައި މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ޖަލްސާއެއް ކުރިއަށްގެންދަން ނިންމާފައިވާއިރު, ފުލުހުން ވަނީ އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ […]
ޗިލީގައި ބޭއްވި ޑާރތް ވޭޑާ ”ޝަރީޢަތް“

ޗިލީގެ ވަލްޕަރައިސޯ ކޯޓް އޮފް އެޕީލްގައި ބޭއްވި ޝަރީޢަތެއްގައި، މަޝްހޫރު ފެންޓަސީ ފްރެންޗައިޒެއްކަމަށްވާ ”ސްޓާ ވާރޒް“ ސާގާގެ ވިލަނުގެ ރޯލުން ފެނިގެންދިޔާ ޑާރތް ވޭޑާގެ އަދަބު ކުޑަކުރުމަށް ހުކުމްކޮށްފިއެވެ. އަބަދަށް ގަނޑުކުރެވުމުގެ ބަދަލުގައި ޑާރތް ވޭޑާއަށް އިއްވާފައިވަނީ ކާބޮނައިޓްގައި 30 އަހަރު ބަންދުކުރުމުގެ ހުކުމެކެވެ. އަދި އޭނާގެ ލައިޓް ސޭބަރ ބޭނުންކުރުމާއި، ”ފޯސް“ ގެ ”ޑާކް ސައިޑް“ ބޭނުންކުރުންވެސް ޑާރތް ވޭޑާއަށް ވަނީ މަނާކޮށްފައެވެ. ޗިލީގައި ބޭއްވުނު މި ”މޮކް ޓްރަޔަލް“ އަކީ އެގައުމުގެ ޘަޤާފީ […]
ޝައިޚް މުޙައްމަދު އިބްރާހީމް 50/50 ގެ އޮޕަރޭޝަނަކަށް: ބޭނުންވަނީ ހެޔޮ ދުޢާ

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ގެ ހާލުކޮޅު ގޯސްވެ, ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެއެވެ. ޝައިޚުގެ ހާލުކޮޅު ގޯސްވެގެން އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޅ.އަތޮޅު ހޮސްޕިޓަލުންނެވެ. އެއަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެއީ ޝައިޚުގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގި, އެ ޓިއުމަރު ނެގުމަށް އޮޕަރޭޝަނެއް ކުރަންޖެހޭތީއެވެ. މި އޮޕަރޭޝަނަކީ 50/50 ގެ އޮޕަރޭޝަނެކެވެ. […]
ޔޫކްރެއިންގާ އޮތް އެންމެ ފަހު މަނަވަރުވެސް ހަލާކުކޮށްލައިފިން – ރަޝިޔާ

ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ޙަވާލަދީ ރޮއިޓަސްއިން މަޢުލޫމާތު ދީފައިވާގޮތުގައި ޔޫކްރެއިންގައި އެންމެފަހުން އޮތް މަނަވަރު (ޔޫރީ އޮލެފިރެންކޯ) ވެސް ރަޝިޔާގެ މިސައިލް ޙަމަލާގައި ހަލާކުކޮށްލައިފިއެވެ. އެމަނަވަރު ހަލާކު ކޮށްލާފައިވަނީ މީގެ ދެދުވަސް ކުރިން އޮޑެއްސާ ބަނދަރުގައި އޮއްވައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާގެ ސްޕޯކްސްޕަރސަން ކޮނާޝެންކޯވް ކޮންމެދުވަހަކު ދެއްވަމުންގެންދަވާ ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގެ މަނަވަރު ޔޫރީ އޯލެފިރެންކޯ ހަލާކުކޮށްލީ އޮޑެއްސާގެ ބަނދަރުގައި އޮއްވާ މޭމަހުގެ 29 ވަނަ ދުވަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މަނަވަރު ހަލާކުކޮށްލުމަށްޓަކައި ބޭނުން ކުރެވިފައިވަނީ ހައިޕްރެސިޝަން ހަތިޔާރު ކަމަށެވެ. އާންމުގޮތެއްގައި އެމަނިކުފާނުގެ ބަސްދީ ގަތުންތަކުގައި މި […]
އެންމެ ގޯސް ހާލަތްތަކަށް ތައްޔާރުވުމަށް ޗައިނާގެ ގައުމީ ސަލާމަތާބެހޭ ފަރާތްތަކަށް ޝީ ޖިންޕިންގް އަންގަވައިފި

ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ގަބޫލުކުރެވޭތީ، ތާށި ދުވަސްތަކަކަށް އަދި އޭގެ ސަބަބުން ނުކުމެދާނެ އެންމެ ގޯސް ހާލަތްތަކަށްވެސް ތައްޔާރުވެތިބުމަށް ޗައިނާގެ ގައުމީ ސަލާމަތާއި ބެހޭ އޮފިޝަލުންނަށް ރައީސް ޝީ ޖިންޕިންގް އަމުރުކުރައްވައިފިއެވެ. ”ކުރިމަތިލާން ޖެހިފައި މިވާ ގައުމީ ސަލާމަތަށް އޮތް ނުރައްކާ މިހާރު ބޮޑުވެ، މައްސަލަތައް ވަނީ އިތުރުވެފަ.“ އަންގާރަ ދުވަހު އޮތް ކޮމިއުނިސްޓް ޕާޓީގެ ގައުމީ ސަލާމަތާބެހޭ ކޮމިޝަނުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝީ ޖިންގްޕިންގް ވިދާޅުވެފައިވާކަމަށް ގައުމީ ނޫސް […]
މެއަށް ކަތުރެއް ހަރާލައި ބޭބެ މަރައިލި މައްސަލައިގައި ކޮއްކޮ ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި އެއްބަނޑު އެއްބަފާ ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި ކޮއްކޮ ވަނީ އޭނާގެ ބޭބެގެ މެއަށް ކަތުރެއް ހަރާލައިފައެވެ. މަރަދޫފޭދޫ/ބްލޫސްޓާރ ޙުސައިން މަވާޒް (25 އ) އޭނާގެ ބޭބެ އަޙްމަދު ޝުޢައިބު (27 އ) ގެ މެއަށް ކަތުރެއް ހަރައިލީ މަވާޒްގެ ފޯނު ޝުއައިބު ވިއްކައިލުމާ ގުޅިގެންނެވެ. ޝުޢައިބުއަކީ ކުރިއްސުރެ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ […]
ނަޝީދުގެ ”ދަ ޑިމޮކްރެޓްސް“ ރަޖިސްޓްރީކުރަން 3560 ސޮޔާއެކު އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ. އެމްޑީޕީގައި އޮތް ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21 ގައެވެ. ޕާޓީ އުފެއްދުމަށް އީސީން ހުއްދަ ދިނީ މިދިޔަ މަހުގެ 24 ގައެވެ. ސިޔާސީ ޕާޓީއެއް […]
އައްޑޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފި

އައްޑޫ ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ. ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:38 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ހަމަލާދިނުމުގެ ސަބަބުން އަނިޔާވީ 27 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ތުރުކީގެ އިންތިޚާބަށްފަހު އިދިކޮޅު ލީޑަރުގެ ސަޕޯޓަރުން ލީޑަރުދެކެ ނުރުހިއްޖެ!

މިމަހު 28 ވަނަދުވަހު ތުރުކީގައި ބޭއްވުނު އާންމު އިންތިޚާބުގެ ދެވަނަބުރުގެ ނަތީޖާއަކީ އާންމުގޮތެއްގައި މުސްލިމް ގައުމުތަކަށް ލިބުނު ކާމިޔާބީއެއް ކަމުގައިބުނެ ތުރުކީގައާއި އިސްލާމީ ގިނަ ގައުމުތަކުން ގެންދަނީ އުފާ ފާޅު ކުރަމުންނެވެ. ހަމައެއާއެކު ކުރީގެ އަތާތުރުކުގެ ފަލްސަފާއަށް ތާއީދުކުރާ ސެކިއުލަރ ވިސްނުމުގެ އިދިކޮޅު ލީޑަރާއި އެބޭފުޅާގެ ފަހަތްޕުޅުގައި ތިބި ސިޔާސީ 6 ޕާރޓީގެ ވެރިންނާއި އަދި ތުރުކީގައި ސެކިއުލަރ ވިސްނުން ފުޅާދާއިރާއެއްގައި އާންމުކުރަން ފުރުސަތަކަށް އެދިއެދި ތިބި ހުޅަނގުގެ ވެރިންނަށް ދިވެހިންގެ މިޒަމާނުގެސިޔާސީ އާންމު ބަހުރުވައިން ބުނާނަމަ އެ ނަތީޖާއިން އޮތީ ބޮޑުތަނުން ސެކިއުލަރ ސިސްޓަމަށް ވެލިކާންދީފައެވެ. […]
އިމްރާންޚާންގެ ކަފާލަތުގެ މުއްދަތު އިތުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނަޚާންގެ މައްޗަށް ސަރުކާރުން އުފުލާފައިވާ އަލް ގަދްރު ޓްރަސްޓްގެ ކޮރަޕްޝަން މައްސަލާގައި މިހާރު ލިބިވަޑައިގެންފައިވާ ކަފާލަތުގެ މުއްދަތު މިއަންނަ ޖޫން މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށް ދީފިއެވެ. މީގެކުރިން މޭމަހުގެ 12 ގައި ލިބިވަޑައިގެންނެވި ކަފާލަތުގެ މުއްދަތު ކުރިން އޮތީ އިތުރު ދެހަފްތާއަށް ދަންމާލާފައެވެ. އަދި މިހާރު އެ މުއްދަތު ޖޫންމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް މިވަނީ އިތުރުކޮށް ދެއްވާފައެވެ. ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައިވެސް ޕާކިސްތާނަށް މެދުވެރިވެފައި ނުވާފަދަ އިގްތިސާދީ ދަތިކަމަކާއި ކުރިމަތިލާން […]