އަލުންބަލުން މާކެޓް: ބޭނުންކޮށްފައި ހުރި ތަކެތި ވިއްކައިގެން 20،000 ރުފިޔާގެ އާމްދަނީއެއް

އަލުންބަލުން ރީސޭލް މާކެޓަކީ ސޮނޭވާ ނަމޫނާާއާއި ބ.އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޯބަރު 2022 ވީ ދުވަހުގައި ބޭއްވުނު މާކެޓެކެވެ. މި ހަރަކާތް ފުޅާވަމުން އައިސް މިދިޔަ ހަފްތާގައި މި ހަރަކާތް ބާއްވާފައި ވަނީ ނ.އަތޮޅުގެ 6 ރަށެއްގައެވެ. ސޮނޭވާ ނަމޫނާއާއި ނ. އަތޮތޮޅުގެ 6 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީތަކާއި ގުޅިގެން އަލުންބަލުން ރީސޭލްކުރި މި ހަރަކާތް ބާއްވާފައިވާ ނ. އަތޮޅުގެ 6 ރަށަކީ މަގޫދޫ, ޅޮހި, ކުޑަފަރު, މާފަރު, ލަންދޫ އަދި ހޮޅުދޫއެވެ. […]

އޭޝިޔާގެ ނުވަ ގައުމަކުން ސްވިފްޓް ނޫން އެހެން ގޮތެއް ހޯދަނީ

އީރާނުގައި އެންމެފަހުން ބޭއްވުނު އޭޝިއަން ކްލިއަރިންގ ޔުނިއަން ( އޭ ސީ ޔޫ ) ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ ފައިސާގެ މުޢާމަލާތު ތަކުގައި މިހާރު ބޭނުންކުރަމުންގެންދާ ބައިނަލް އަގްވާމީ ނެޓްވާރކް އެމެރިކާގެ SWIFT ބަދަލުގައި އެހެން ނިޒާމެއް ތަޢާރުފްކުރަން އެއްބަސް ވެއްޖެއެވެ.  އޭ ސީ ޔޫ ގެ މެމްބަރުންގެ ތެރޭގައި ބަންގްލާދޭޝް އާއި ބޫޓާނާއި މިޔަންމާރާއި ދިވެހިރާއްޖެއާއި އިންޑިއާއާއި ޕާކިސްތާނާއި ނޭޕާލާއި ސްރީ ލަންކާ އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރާނުގެ މަރްކަޒީ ބޭންކު ހިމެނެއެވެ. އޭ ސީ ޔޫގެ ގައުމުތަކުން މިގޮތަށް […]

ޖެނެރަލުންގެ ބޭނުމަކީ އަހަރެންގެ ކާމިޔާބީ ހުއްޓުވުން – އިމްރާން ޚާން

ޕާކިސްތާނުގެ ލާހޯރުގައި ވަށައިގެން ސިފައިންގެ ފާރަވެރިންގާރޑްކޮށްފައިވާ އިމްރާން ގެކޮޅުގައި އިންނަވައިގެން ބުލޫމްބާރގަށް ދެއްވި ބަސްދީ ގަތުމެއްގައި މިދިޔަ ހުކުރުދުވަހު ވިދާޅުވީ ސިފައިން ބޭނުންވަނީ މިހާރުއޮތް ބަލިކަށި ސަރުކާރު ދެމެހެއްޓުމަށާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ޕާރޓީ ތަކުން އާންމު އިންތިޚާބު ކާމިޔާބު ކުރުމުގެ މަގުތައް ބަންދުކުރުމަށެވެ. މިލިޓްރީ ތަންތަނަށް ގެއްލުން ދިންމީހުން ޒިންމާދާރު ކުރުވާނެ ކަމަށް ސަރުކާރުންބުނެ މިއަންނަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބާއްވަންޖެހޭ އާންމު އިންތިޚާބުގެ ކުރިން އަހަރެމެންގެ ތަހްރީކޭ އިންސާފު ޕާރޓީގެ އިސްބޭފުޅުން ހައްޔަރުކުރަމުން ގެންދިއުމުގެ ބޭނުމަކީ […]

އޭޝިޔާގެ 16 ގައުމަކުން އެމެރިކާ ޑޮލަރާ ދުރަށް

ދޭދޭ ގައުމުތަކުން ކުރާ ވިޔަފާރީގައި އެމެރިކާ ޑޯލަރު އެއްފަރާތްކޮށް ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް ބްރިކްސް ގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ ވަކާލާތުކުރުން ވައިގާ ހިފައިފިއެވެ.  އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އޭޝިއާގެ 16 ގައުމަކުން އެގައުމުތަކުން ކުރަމުންގެންދާ ބައިނަލް އަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އެގައުމުތަކުގެ ފައިސާ ބޭނުންކުރަން އެއްބަސްވެވިއްޖެއެވެ.  އޭގެ ތެރޭގައި އާސިއާނަށް ނިސްބަތް ކުރެވޭ 10 ގައުމުވެސް ހިމެނެއެވެ. މިކަމަށްޓަކައި އާސިއާންގެ 10 ގައުމުން މިހާރު ވަނީ ޑިކްލަރޭޝަނެއް އާންމުކޮށްފައެވެ. އިރުމަތީގެ ގައުމުތަކުންވެސް ބޭނުންވަނީ ބައިނަލް […]

ފުލުހުން ޑރ. މަހާތީރުގެ މައްސަލަ ތަހުގީގު ކުރަނީ

”މެލޭ ޕްރޮކްލެމޭޝަން“ ކެމްޕޭނުގެ ދަށުން މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ތަފާތުތައް އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށް، ދެފަހަރު ބޮޑު ވަޒީރުކަންކޮށްފައިވާ ޓުން ޑރ މަހާތީރް މުޙައްމަދާ ފުލުހުން ސުވާލުކޮށްފިއެވެ. މިހާރުގެ ސަރުކާރާއި، އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ނަސްލީގޮތުން ނުރައްކާތެރި މާހައުލެއް އުފެއްދުމަށް މަހާތީރު މަސައްކަތްކުރައްވާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. ތުހުމަތުކުރާ ފަރާތްތަކުން ބުނާގޮތުގައި، މަހާތީރުގެ މި މަސައްކަތުގެ މަގުސަދަކަށްވަނީ މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރާއި އޭނާގެ ކޯލިޝަން ސަރުކާރުގެ ބާރު އެގައުމުން ކަނޑުވާލުންކަމަށެވެ. އަންވަރު އިބްރާހީމަކީ އިސްލާމީ […]

އީއީޒެޑް މައްސަލާގައި އިހުމާލުވީ ކުރީގެ ސަރުކާރުތާއި ކުރީގެ ބަންޑާރަނައިބުން: ރިފްޢަތު

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިހުމާލުވީ މި ސަރުކާރަކުން ނޫން ކަމަށާއި ކުރީ ސަރުކާރުތަކުންނާއި ކުރީގެ ބަންޑާރަނައިބުން ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު މިއަދު ވިދާޅުވެއްޖެއެވެ. އީއީޒެޑް މައްސަލާގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ރިފްޢަތު މިއަދު ވިދާޅުވީ ދެކުނުގެ އީއީޒެޑް މައްސަލައަކީ ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށެވެ. “1992 ވަނަ […]

ރ.އަތޮޅު ދެކުނު ބިތަށް އިތުރުކުރެވޭ އެއާޕޯޓް ހަދާނީ ބެރިޔަންފަރުގައި: ރައީސް

ރ.އަތޮޅު ދެކުނު ބިތަށް އިތުރުކުރެވޭ އެއާޕޯޓް ހަދާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނުކުރައްވައިފިއެވެ. ރައީސް ޞާލިޙް މިކަން އިއުލާނު ކުރެއްވީޥއައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫއުތައް ނުހިނގާ ފަރަކުނުޖެހޭނެ ކަމަށާއި އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތައިލެވިގެން ނޫނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ […]

އައްޑޫގައި ޓުއަރިޒަމް ތަރައްގީނުވަނީ ސަރުކާރުގެ އިޚުލާސްތެރިކަން ނެތީމަ: ނަޝީދު

އައްޑޫ ސިޓީގައި ޓުއަރިޒަމް ތަރައްގީނުވަނީ ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް އެކަމަށް ނުކުރެވިގެން ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިނގިލި, ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށާއި އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްގީނުވަނީ ރަށް ނެތިގެން ނޫން ކަމަށެވެ. “މި ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން. ގަން އެއާޕޯޓު ހިންގަން ފެށުމުގެ އައު ވިސްނުމެއް މިވަނީ މާ ލަސްވެފަ.“ ނަޝީދު ވިދާޅުވިއެވެ. ސަރުކާރަށް […]

ޕާރޝިއަންގަލްފް ސަރަޙައްދުގެ ކަނޑުފާރަވެރިން އުފެއްދުން

ރޮއިޓާރސް އިން ޚަބަރު ދީފައިއިވާ ގޮތުގައި ގަލްފް ސަރަޙައްދުގެ އެއްބައިވަންތަކަން ކަށަވަރުކުރުމުގެ ބޭނުމުގައި އީރާނާއި ސަޢޫދީ އެރޭބިޔާ އާއި އަދި ގަލްފުގެ އިތުރު އެހެން ތިން ގައުމެއް ގުޅިގެން ކަނޑުފާރަވެރިންގެ އިއްތިޙާދެއް އުފައްދަން ޕްލޭން ކުރެވިފައިވާކަމަށް އީރާނުގެ ކަނޑު ސިފައިންގެ ކޮމާންޑަރ ވިދާޅުވެއްޖެއެވެ. މި އިއްތިޙާދުގައި އެމިރޭޓްސް އާއި ގަތަރާއި ބަޙްރައިނާއި އިރާގާއި އިންޑިއާއި ޕާކިސްތާންވެސް ހިމެނޭނެކަމަށް އީރާނުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ. އީރާނުގެ ކަނޑު ސިފައިންގެ ކޮމާންޑަރ ޝަޙްރާމް އިރާނީ ވިދާޅުވީ އަހަރެމެންގެ ސަލާމަތާއިރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމަ އަހަރެމެން ގުޅިގެންކަން މިސަރަޙައްދުގެ ގައުމުތަކަށް މިއަދު ވިސްނިއްޖެއެވެ. އިތުރު ތަފްސީލު ނުދެއްވިނަމަވެސް […]

ޖަޕާން: މުސްލިމުންގެ ތެރެއިން އެކަކު ކުރި އަމަލެއްގެ ނޭދެވޭ އަސަރު އެންމެންނަށް!

ފާއިތުވެދިޔަ ވިހި އަހަރު ދުވަސްތެރޭގައި ޖަޕާނަށް ދިރިއުޅުން ބަދަލުކުރަން އެދޭ މުސްލިމުންނަށްޓަކައި އެގައުމުގެ ސިޔާސަތުތައް ބަދަލުކޮށް އެކަން ހުޅުވާލާފައިވާއިރު، ސައްތައިން ސައްތަ މުސްލިމު ނޫން ގައުމަކަށް މިކަން ކުރުމަކީ ކިހައި ބޮޑު ކަމެއްކަން ދިވެހީންނަށް އެނގޭނެއެވެ. އެއީ ދިވެހިރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމުކަމަށް ދައުވާ ކުރާ ގައުމަކުންވެސް، އަދިއަދަށް ދާންދެންވެސް އެހެން މުސްލިމުންނަށް މި ފުރުސަތު ހުޅުވާލާފައި ނުވާތީއެވެ. 2000 ވަނަ އަހަރު ޖަޕާނުގައި ދިރިއުޅުނު މުސްލިމުންގެ އަދަދު އަންދާޒާކުރެވިފައި ހުރީ 10،000 އާއި 20،000 އާއި […]