ޕާރޝިއަންގަލްފް ސަރަޙައްދުގެ ކަނޑުފާރަވެރިން އުފެއްދުން

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް އިން ޚަބަރު ދީފައިއިވާ ގޮތުގައި ގަލްފް ސަރަޙައްދުގެ އެއްބައިވަންތަކަން ކަށަވަރުކުރުމުގެ ބޭނުމުގައި އީރާނާއި ސަޢޫދީ އެރޭބިޔާ އާއި އަދި ގަލްފުގެ އިތުރު އެހެން ތިން ގައުމެއް ގުޅިގެން ކަނޑުފާރަވެރިންގެ އިއްތިޙާދެއް އުފައްދަން ޕްލޭން ކުރެވިފައިވާކަމަށް އީރާނުގެ ކަނޑު ސިފައިންގެ ކޮމާންޑަރ ވިދާޅުވެއްޖެއެވެ.

މި އިއްތިޙާދުގައި އެމިރޭޓްސް އާއި ގަތަރާއި ބަޙްރައިނާއި އިރާގާއި އިންޑިއާއި ޕާކިސްތާންވެސް ހިމެނޭނެކަމަށް އީރާނުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ. އީރާނުގެ ކަނޑު ސިފައިންގެ ކޮމާންޑަރ ޝަޙްރާމް އިރާނީ ވިދާޅުވީ އަހަރެމެންގެ ސަލާމަތާއިރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމަ އަހަރެމެން ގުޅިގެންކަން މިސަރަޙައްދުގެ ގައުމުތަކަށް މިއަދު ވިސްނިއްޖެއެވެ.

އިތުރު ތަފްސީލު ނުދެއްވިނަމަވެސް މި އިއްތިޙާދު ވަރަށް ކައިރި މުސްތަގްބަލެއްގައި ވުޖޫދު ކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަކަށްއައިސް ގަލްފުގެ ގައުމުތަކާއެކު ހީނަރުވެފައިވާ އީރާނުގެ ގުޅުން ރަނގަޅުކުރުމަށްޓަކައި އީރާނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ހަތް އަހަރުވީ ދެކޮޅުވެރިކަން ނިމުމަކަށް އައީ މިދިޔަ މާރޗް މަހުގައެވެ. މިކަމުގައި ޗައިނާގެ އެހީތެރިކަން ދެގައުމަށްވެސް ވަނީ ލިބިފައެވެ.              

ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ގުޅުން ރަނގަޅުވަމުންދާތީ އިސްރާއީލުން މިހާރު ތިބީ އީރާން އެކަހެރިކުރަން ކުރަމުން ގެންދާ މަސައްކަތް ނާކާމިޔާބު ނުވުމުންވަރަށް ކަންބޮޑުވެ ބިމަށް ތުންހެރިފައެވެ. 

ފަހަކަށް އައިސް އިސްރާއީލާއެކު ސިޔާސީ ގުޅުން އުފައްދާފައިވަނީ އެމިރޭޓްސް އިންނެވެ. އޭގެފަހުން ބަޙްރައިނާއި މޮރޮކޯއިންވެސްވަނީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައެވެ. 

ސަޢޫދީ އެރޭބިޔާގެ އެންމެފަހުގެ ނިންމުމަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރެވުމުން ނޫނީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމު ނުކުރުމަށެވެ. އެގޮތުން ސަޢޫދީ، އީރާން، ގަތަރު އަދި ތުރުކީންވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް