އަހަރެމެން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގަކަށް ނުހުއްޓުވޭނެ – އީރާން

ސްކައި ނިއުސް އިން ޚަބަރުދޭ ގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގުގެ ގައުމުތަކަކަށް ނުހުއްޓުވޭނެ ކަމަށާއި އެކަމަކު ދެފަރާތުގެ ޙައްގުތައް ރައްކާތެރި ކުރެވޭނެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުގެ ދީނީ އިމާމް އާޔަތުއްލާ ޢަލީ ޚާމަނާއި ވިދާޅުވެއްޖެއެވެ. އިމާމް ޚާމަނާއި މިހެން ވިދާޅުވެފައި މިވަނީ އީރާނުގެ ނިއުކްލިއަރ މަސްއަލާގައި ހުޅަނގާއިއެކު ޒުވާބު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ބުނެ މީޑިއާއިން ފަތުރަމުން ގެންދަނީ މުޅިން ދޮގުވާހަކަތަކެއް ކަމަށާއި އެކަން ހުޅަނގުގެ ގައުމުތަކަށްވެސް ރަނގަޅަށް އެނގޭނެކަމަށް އިމާމް ޚާމަނާއި ވިދާޅުވިއެވެ. އަހަރެމެންގެ އީމާންކަމާއި […]

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް: އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮން ޝޯޓް ސްޓޭ ވިސާ ވެއިވަރ އެގްރީމެންޓް […]

ފޯޅަވައްސަކީ ބެހިގެންދިޔަ ކަމަށްބުނާ މަސްވެރިންގެ ނަރަކައަށް ވެއްޖެ

2023 ޖޫން 11 ވަނަ ދުވަހު ބީ ބީ ސީ އިން ޚަބަރު ދީފައިވާގޮތުގައި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލުގައި ޖެހުނު މަސްބޯޓެއްގެ މަސްވެރިން ސަލާމަތްކޮށްގެން ފޯޅަވައްސަށް ގެންދެވުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.  އެހެންނަމަވެސް މިއަދު އެމީހުން ތަޖްރިބާ ކުރަމުން ގެންދަނީ މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ޣަރަގުވެ މަރުވެގެން ދިއުމަށްވުރެންވެސް މާބޮޑު ބިރުވެރިކަމެކެވެ.  ސަލާމަތުން އެނބުރި ގައުމަށް ދެވިދާނެ ކަމުގެ އެއްވެސް އުންމީދެއްނެތި ކޮންމެ ދުވަހަކު އަނިޔާވެރިކަމުގައި އެތައްފަހަރަކު މަރުވަމުންދާ ކަމުގެ ހިތްދަތި އިޙްސާސްތަކެކެވެ.  […]

ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުޑަކުރަން ދަރުސްތަކުގައި ވާހަކަ ދެއްކުން މަނާކޮށްފި

ދީނީ ދަރުސްތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ބަޔާންކޮށް ރިޔާސީ އިންތިޚާބުގެ ގަވާއިދު އެކުލަވާލައިފިއެވެ. އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ގަވާއިދު ގެޒެޓްކޮށްފައެވެ. އެ ގަވާއިދުގައިވާ ގޮތުން ދީނީ އެކިއެކި މުނާސަބަތުގައްޔާއި ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުަގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. މީގެއިތުރުން ވަކި ޖިންސެއްގެ މީހަކަށް ވާތީ ނުަވތަ އިސްލާމްދީނުަގައި ވަކި […]

ބައި ގަރުނަަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި ޢަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކުރީގެ މިނިސްޓަރު ޢަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ. އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅަކަށްފަހު ޖަމީލް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގައެވެ. ޢަބްދުﷲ ޖަމީލަކީ ޝައިޚް މުޙައްމަދު ޖަމީލްދީދީގެ ދޮށީ ދަރިކަލުންނެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލް ވަނީ 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން 6 ވުޒާރާއެއްގެ ވަޒީރުކަން ވެސް ކުރެއްވިއެވެ. 11 ނޮވެންބަރު 1983 ގައި އޭރުގެ ރައީސް މައުމޫން […]

އަޅުގަނޑުގެ ޒައާމަތުގެ ފުރަތަމަ ފަސް އަހަރު 100 މިލިއަނަރުން އުފައްދާނަން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ ފަސް އަހަރު ދުވަހުގެތެރޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. ޖޭޕީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އޭނާއަށް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.  އެ ޖަލްސާގައި ޤާސިމް ވަނީ ގައުމާމެދު އޭނާ ގެންގުޅުއްވާ ތަސައްވުރާއި ވެރިކަން ލިބިވަޑައިގެންފިނަމަ ކުރައްްވާނެ ކަންކަމުގެ މެނިފެސްޓޯއެއް އާންމު ކުރައްވައިފައެވެ. ޤާސިމް ވިދާޅުވީ އޭނާގެ ޒައާމަތުގައި ކުދި […]

ކުޑަކުދިން ޤުރުއާނަށް އަހުލުވެރިކުރުވުމަށް ތުރުކީ ރައީސް ކުރައްވާ މަސައްކަތްޕުޅު

ތުރުކީގެ ކުދިން ކީރިތި ޤުރުއާނަށް އަހުލުވެރި ކުރުވުމަށްޓަކައި ޕްރޮގްރާމެއް ފެށުމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މީގެ ދިހަ އަހަރުކުރިން އެގައުމުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާއާއި އޭރު ހަވާލުވެ ހުންނެވި ވަޒީރަށް އަންގަވާފައެވެ. އޮޓޮމަން އެމްޕަޔަރ ވެއްޓުމަށްފަހު ވެރިކަމާއި ހަވާލުވި ސެކިއުލާ ވެރިޔާ ކަމާލް އަތާރތުކް ވަނީ ތުރުކީގައި ޤުރުއާނާއި ދީން ކިޔަވާދިނުން މަނާކޮށްފައެވެ. އެހެންކަމުން، 2003 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމާއެކު އުރުދުޣާންވަނީ އެ ގައުމުގެ މީހުންނަށް މަޑުމަޑުން […]

ޗައިނާ-ރަޝިއާ ވައިގެ ޕެޓްރޯލްތަކާމެދު ޖަޕާނުން ކަންބޮޑުވުން ފާޅުކޮށްފި

ޗައިނާއާއި ރަޝިއާއިން ގުޅިގެން އަސްކަރީ ގުޅުން ބަދަހިކުރުމަށް އަހަރީ ގޮތުން ހިންގާ ވައިގެ ޕެޓްރޯލްތަކެއްގެ ތެރެއިން ސައުތު ކޮރެއާއާއި ޖަޕާނުގެ ވައިގެ ސަރަހައްދަށް އެތެރެވެފައިވާ ފައިޓަރ ޖެޓްތަކެއްގެ މައްސަލައިގައި ދެގައުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޗައިނާއާއި ރަޝިއާ ގުޅިގެން ހިންގާ ވައިގެ ޕެޓްރޯލްތަކުގެ ދެވަނަ ފިޔަވަހި ބުދަ ދުވަހު ފުރިހަމަކޮށްފައިވާއިރު މި ދަތުރުތައް ކޮށްފައިވަނީ ހުޅަނގު ޕެސިފިކް ކަނޑުގެ މަތިންނެވެ. އަދި އޭގެ ކުރީ ދުވަހުގެ ހަރަކާތްތަކުގައި ޖަޕާނުގެ ކަނޑުގެ ސަރަހައްދާއި އިރުމަތީ ޗައިނާގެ ކަނޑުގެ ސަރަހައްދު މަތިން […]

ގިނަ އަދަދެއްގެ ނަރުހުން އައިޖީއެމްއެޗް އަށް ހޯދަނީ

މާލޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން ޢިއުލާންކޮށްފި އެވެ. ޢިއުލާން ބުނާގޮތުން އެ ހޮސްޕިޓަލަށް ބޭނުންވަނީ 29 ރެޖިސްޓަރޑް ނަރުހުންނެވެ.  އެ މަގާމުތަކަށް ޝައުގުވެރިވާ ނަރުހުން ވަޒީފާއަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އިން ބުނެފާވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއު ކުރުން މި މަހުގެ 18 އިން އަންނަ މަހުގެ 15 އާ ދޭތެރޭ އޮންނާނޭ ކަމަށެވެ. ރަޖިސްޓާޑް ނަރުހުންގެ އަސާސީ މުސާރައަކީ މަހަކު 11428ރުފިޔާއެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333 ރުފިޔާ […]

ޔޫކްރެއިންގެ ޑޭމް ގޮއްވާލުމުން ތިމާވެށީގެ ބޯޑެތި މައްސަލަތަކެއް ކުރިމަތިވާނެ

އެސޯޝިއޭޓެޑް ޕްރެސް ކީވް އިން ޚަބަރު ދީފައިވާ ގޮތުގައި މޮސްކޯގެ ބާރުގެ ދަށުގައި އޮތް ދެކުނު ޔޫކްރެއިންގެ ސަރަޙައްދެއްގައި ހަދާފައިވާ ޑޭމެއް ގޮއްވާލުމުގެ ސަބަބުން ބާރު ސްޕީޑުގައި ކޯރުގެ ފެންގަނޑު ދެމިގަނެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް މެދުވެރި ވެދާނެކަމުގެ ބިރު ކުރިމަތި ވެއްޖެއެވެ.  އަދި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދުރުތަންތަނަށް ދިއުމަށްވެސް އަންގައިފިއެވެ. ޑޭމް އާއި އެތަނުގެ ހައިޑްރޯ އިލެކްޓްރިކް ޕަވަރ ސްޓޭޝަން ގޮއްވާލިކަމުގެ އިލްޒާމް ޔޫކްރެއިނުން އަޅުވަނީ މޮސްކޯގެ ބޮލުގައެވެ.  އެކަމަކު ރަޝިޔާއިން ބުނަނީ ޔޫކްރެއިނުން ދިން ޙަމަލާތަކެއްގައި އެތަން ހަލާކުވެގެން […]