ޔޫކްރެއިންގެ ޑޭމް ގޮއްވާލުމުން ތިމާވެށީގެ ބޯޑެތި މައްސަލަތަކެއް ކުރިމަތިވާނެ

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސް ކީވް އިން ޚަބަރު ދީފައިވާ ގޮތުގައި މޮސްކޯގެ ބާރުގެ ދަށުގައި އޮތް ދެކުނު ޔޫކްރެއިންގެ ސަރަޙައްދެއްގައި ހަދާފައިވާ ޑޭމެއް ގޮއްވާލުމުގެ ސަބަބުން ބާރު ސްޕީޑުގައި ކޯރުގެ ފެންގަނޑު ދެމިގަނެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް މެދުވެރި ވެދާނެކަމުގެ ބިރު ކުރިމަތި ވެއްޖެއެވެ. 

އަދި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދުރުތަންތަނަށް ދިއުމަށްވެސް އަންގައިފިއެވެ. ޑޭމް އާއި އެތަނުގެ ހައިޑްރޯ އިލެކްޓްރިކް ޕަވަރ ސްޓޭޝަން ގޮއްވާލިކަމުގެ އިލްޒާމް ޔޫކްރެއިނުން އަޅުވަނީ މޮސްކޯގެ ބޮލުގައެވެ. 

އެކަމަކު ރަޝިޔާއިން ބުނަނީ ޔޫކްރެއިނުން ދިން ޙަމަލާތަކެއްގައި އެތަން ހަލާކުވެގެން ދިޔައީ ކަމަށެވެ. ޔޫކްރެއިންގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޑޭމް ހަލާކުކޮށްލުމުގެ ސަބަބުން ޚާރސަން ސަހަރުގެ ވަށައިގެން މީހުން ދިރިއުޅޭސަތޭކަ ވަރަކަށް އަވަށަށް 18 މިލިއަން ކޮޑިމީޓަރުފެން ދެމިގަތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އަދި ފެން ހިނދުމަށްވެސް ހަފުތާއަކަށްވުރެން ގިނަ ދުވަސް ނަގާނެއެވެ.                                                                  

ޑޭމް ގޮއްވާލުމުގެ ސަބަބުން ގެތަކާއި މަގުތަކުގައި ފެންބޮޑުވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމަށް ބެލެވޭއިރު ޔޫރަޕްގެ އެންމެ ބިޔަ ނިއުކްލިއަރ ޕްލާންޓް ފިނިކުރަން ފެންލިބެންޖެހޭ މިންވަރަށް ފެންނުލިބުމާއި  ދެކުނު ކްރިމިއާ ގައި ބޯފެނަށް ޖެހުމުގެ ބިރުވެސް އޮތީ ކުރިމަތިވެފައެވެ.

އެހެންނަމަވެސް އ. ދ. ގެ އެޓޮމިކް އޭޖެންސީން ބުނެފައިވަނީ އެ ނިއުކްލިއަރ ޕްލާންޓަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އެތަނުގައި ތިބި އެޓޮމިކް އޭޖެންސީގެ މުއައްޒިފުން މަޢުލޫމާތު ދީފައިވާގޮތުގައި ފެން ހިނދެމުންދަނީ ގަނޑިއަކު 2 އިންޗިއެވެ. އޭގެ މާނައަކީ ނިއުކްލިއަރ ޕްލާންޓް ފިނިކުރަން ބޭނުންވާ މިންވަރަށް އަދި ކުޑަދުވަސްކޮޅަކަށް ފެން ލިބެންހުންނާނެއެވެ.

އޭގެ އިތުރުން އެ ނިއުކްލިއަރ ޕްލާންޓުގެ ތެރޭގައިހުރި ކުޑަ ފެންކޯރުންވެސް ތިން ހަތަރު މަސްދުވަހަށް ފުދޭވަރަށް ފެންލިބިލިބި ހުންނާނެއެވެ.                                          

ޑޭމް ގޮއްވާލުމުގައި އެއްވެސް ބަޔަކަށް ފައިދާއެއް އޮތްކަމަކަށް ނުބެލެވެއެވެ. އެއްކޮޅުން ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ސަރަހައްދުގައި ފެންބޮޑުވުމާއި ކްރިމިއާއަށް ބޯފެން ލިބުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ބިރު އޮތް އިރު އަނެއްކޮޅުން ޔޫކްރެއިންގެ ސިފައިން ބާރުގަދަ ކުރަމުންގެންދާ ކައުންޓަރ އޮފެންސިވްގެ ދުވެލި މަޑު ޖައްސަން ޖެހުމުގެ ބިރު ޔޫކްރެއިނަށްވެސްއެބައޮތެވެ.                                              

ޑޭމް ގޮއްވާލުމުގެ މައްސަލާގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވިދާޅުވީ މިއަދު ( އަންގާރަ ) 2.50 ގައި ރަޝިޔާއިން އެތަން ގޮއްވާލުމުގެ ސަބަބުން 80 އަވަށުގެ މީހުން ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.                                      

Loading

2 Responses

  1. އިންސާނާ އަރުންހަދާ ހަތިޔާރާއި ގޯހުން ދުނިޔެގޮވާނީ. އެކަކަށްވުރެ އަނެކުން ބާރުގަދަވެ ދުނިޔެ ބަނޑުދަށު ލާންވެގެން ކުރާ ކަންތައްތަކެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. އެހެނަސް މިދުވަނީ ޕްލާސްޓިކް ކޮތަޅެއްގެ ފަހަރުނެވެ. ނިއުކުލިއަރ ހަތިޔާރު އުފެއްދުމެއް ނުހުށްޓުވުނެވެ. މިމީހުންގެ ނުލަފާކަން ދެކެބަލާށެވެ.

  2. ކުދިވެރިންކާނެ މެޓާދީފައި ނޫނީ އެކުދިން ތޮޅެން ބޭތިއްބީމާ ބޮޑެތިމީހުން ކުރާ ކަންތަކާ ބެހޭކަށް ނޫޅޭނެއެވެ. އަހަރެމެން ރާއްޖޭގައި ޕްލާސްޓިކް ކޮތަޅަށްވެސް މިވީ މިކަހަލަ ގޮތެކެވެ. މިހާރު ރައްޔިތުން ވާހަކަ ދައްކަނީ ޕްލާސްޓިކް ކޮތަޅުންވެސް ދައުލަތަށް ފައިސާނަގާ ވާހައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް