ގައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް 100ބިލިއަނަށްވުރެ މައްޗަށް

ދައުލަތުގެ ނޮމިނަލް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް މި އަހަރު މައްޗަށް އަރާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ އިގްތިޞާދީ ޙާލަތު ބަޔާންކޮށް އެ މިނިސްޓްރީން އާންމުކުރައްވާފައިވާ ”މެކްރޯ އިކޮނޮމިކް އަޕްޑޭޓްރިޕޯޓް“ ގައެވެ. ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 107.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރާއިރު, މިއީ އިގުތިޞާދީ ގޮތުން އަންނާނެ އެންމެ ބޮޑު ބަދަލުކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދުނިޔެއާއި ރާއްޖެއަށް އިގްތިޞާދީ […]
ޚިޔާނާތުގެ މުގުލުގައި ހުންނެވި އަދީބު ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވިއެވެ އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީލޯންޑަރ ކުރުމުގެ ދެ ދައުވާގެ […]
ފޭކް އޮރިޔާން ފިލްމެއްގެ ސަބަބުން ތުރުކީގެ ރިޔާސީ އިންތިޚާބުއެކޮޅުކޮޅުން ޖެހިދާނެ

ތުރުކީގެ ރައީސްކަމަށް ވާދަކުރައްވަމުން ގެންދަވާ ކަމާލް ކިލިޖްދަރޯލޫއަށް ރިޔާސީ އިންތިޚާބު ފަހިކޮށްދިނުމުގެ ގޮތުން ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެތައްފަހަރަކު ފޯނުކޮށް ވާހަކަދެއްކުމުންވެސް މުހައްރަމް އިންޗޭގެ ކެންޑިޑޭސީ ނަގާކަށް އެއްބަހެއް ނުވެވުނުކަމަށް ބުނެފިއެވެ. އެންމެފަހުން އިންތިޚާބުގެ ކަރުދާސް ޗާޕްވެގެން ނިކުތީ އެބޭފުޅާގެ ނަމާވެސް އެކުގައެވެ. ދެންކުއްލިއަކަށް ފެނިގެންދިޔައި އިސްރާއީލުގެ އޮރިޔާން ސައިޓެއްގައި މުހައްރަމްގެ އޮރިޔާން ފޮޓޯތަކެއް ހާމަވެގެންދިޔަތަނެވެ. ދެން އެބޭފުޅާއަށް ޖެހިވަޑައިގަތީ އިންތިޚާބުން ވަކިވެ ވަޑައިގަންނަވާށެވެ. އެހެނީ އޭގެ ތެދުދޮގު ގަބޫލުކުރުވަން މަސައްކަަތް ކުރެއްވުމަށްވުރެ އަބުރު ރައްކާތެރިކުރެއްވުމަށް ނިންމެވީކަމުގައި ބުނެފާވެއެވެ. މުޙައްރަމް ވިދާޅުވިގޮތުގައި އެއީ […]
މާލޭގައި މަރިޖުއާނާ ގަސްތަކެއް ހައްދައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިޖުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނުކަމަށް ބުނާ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ.ކެނދިކުޅުދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަޙްމަދު ޔާސިހެވެ. މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުކޮށްފައިވާ ޔާސިހުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ. ޔާސިހު ހައްޔަރުކޮށްފައިވަނީ ގ.ރިމިނީ ގޭގެ ދޮރު ކައިރިން ބިންމަތިން މަރިޖުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން އެ ސަރަހައްދުގައި ފުލުހުން މަޑުކޮށްގެން […]
އަލަށް ބިނާކުރެވުނު ފްލެގްޝިޕް ސިޓީގައި މާލީ އިދާރާތަކަށްެ ދައުވަތު

ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ ޒިންހުއާ އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ވެރިރަށް ބެއިޖިންގެ ހުޅަނގު ދެކުނުން ސަތޭކަވަރަކަށް ކިލޯމީޓަރު ދުރުގައި އަލަށް ބިނާކުރެވެމުންދާ ފްލެގްޝިޕް ސިޓީއަކީ މާލީ އިދާރާތަކާއި ރިސާޗް އިންސްޓިޓިޔުޓް ތަކާއި އަދި ޢާންމު ޚިދުމަތުގެ އިދާރާތަކަށް އަމާޒުކޮށްގެން ބިނާ ކުރެވެމުންދާ ސަރަހައްދެކެވެ. އަދި އެ މަޝްރޫޢު ހިނގަމުންދަނީ ރޭވިފައިވާ ވަސީލަތްތަކާއި އެކުގައިކަމަށްވެސް ބުނެފައިވެއެވެ. އެހެންވީމާ އެ މަޝްރޫޢު ނިމުމާއިއެކު ކުރިން އިޝާރަތްކުރެވުނުމައިސަރުކާރުގެ މުއައްސަސާތަކުގެ މައި އިދާރާތައް މިތަނަށް ބަދަލުވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލެއްވިއެވެ. ރައީސް ޝީ ޖިންޕިންގެ އަރިހުގައި ސުޕްރީމް ޕޮލިޓްބިއުރޯގެ ޕްރިމިއަރ ލީ ގިއަންގާއި […]
މާލޭގެ މަގުތައް ބަލަހައްޓަން 78 “މަގުފާރަވެރިން“ ނުކުމެއްޖެ

މާލެ ސިޓީގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް “މަގުފާރަވެރިން“ ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތައް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރޭ އެ މުވައްޒަފުންނާ ހަވާލުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ ބޭނުމަށް މާލެ 08 ޒޯނަކަށް ވަނީ ބަހާލައިފައެވެ. ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއާއެވެ. ސިޓީ ކައުންސިލުން ހާމަވެރި ގޮތުގައި 78 މަގުފާރަވެރިންގެ ތެރޭގައި […]
ހަރުކަށި-ވައަތުގެ ”ވޯކް“ ފިކުރުން ނުކުންނަ ނުރައްކާތައް

ސިޔާސީ މައިދާނުގައި ހަރުކަށި-ވައަތާއި ހަރުކަށި-ކަނާއަތުގެ ފިކުރަކީ ކޮބައިކަމާމެދު ގިނަ ފަރާތްތަކެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން، އޭޝިއާ މިޑްލް އީސްޓް ސެންޓަރ (އޭއެމްއީސީ) ގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިލްމުވެރިއެއް ކަމުގައިވާ މުޢާދު މުޙައްމަދު ޒަކީ ދެކެލައްވާ ގޮތުގައި ސިޔާސީ ފިކުރުގެ ދެފަރާތަކީ ވައަތާއި ކަނާއަތުގެ ފިކުރު ކަމުގައިވީއިރު، ސިޔާސީ ޕާޓީއަކުން ބުރަހެލިވަނީ އެއިން ކޮން ފިކުރަކަށްކަން އެނގޭނަމަ، މުހިންމު މަޝްވަރާތަކުގައި އެ ޕާޓީއަކުން ތާއީދުކުރާނީ ކޮން ސިޔާސަތުތަކަކަށްކަން ދެނެގަނެވޭނެއެވެ. ސިޔާސީ […]
ޕާކިސްތާނުގެ ސިފައިން ދެން ސިޔާސަތުގެ ތެރެއަށް ނުވަންނާނެ!

ސުރުޚީއަކީ މީގެ އަށެއްކަމަސްދުވަސް ކުރިން ޕާކިސްތާނުގެ އޭރުގެ ސިފައިންގެ ވެރިޔާ ދެއްވި ޔަގީންކަމެކެވެ. އެހެންނަމަވެސް މިހާރު ފެނިގެންމިދަނީ އެ ޔަގީންކަމަކީ ހަމައެކަނި ވިދާޅުވާން ޖެހިވަޑައިގެންނެވި ބަސްފުޅެއް ކަމަށެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކުއްލިއަކަށް ރޭންޖާރސް ނެރެގެން ބާރުގެބޭނުން ނުހަމަގޮތުގައި ކޮށްގެން ހައްޔަރުކުރުން ވެގެން ދިޔައީ ޕާކިސްތާނުގެ ގިނަ ސަރަޙައްދު ތަކެއްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން މެދުވެރިވި ސަބަބަކަށެވެ. ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ހަމަޔަކަށް ނޭޅުވި ދައުލަތުގެ އިމާރާތްތަކާއި މިލިޓްރީ މިލްކިއްޔާތު ތަކަށްވެސް ގެއްލުންތަކެއް ދެވިގެން […]
އުކުޅަހަށް ބަނގުރާ ބާލައި ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ ފަޅުން ނެރެން އަމުރުކޮށްފި

އއ.އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުކުރެވޭ ސަފާރީ 24 ގަޑިއިރު ތެރޭގައި އެ ރަށު ފަޅުތެރެއިން ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ވިދާޅުވީ އެފަދަ އަމުރެއް ނެރުނީ އެ ރަށު ކައުންސިލުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ސަފާރީ އެ ރަށު ފަޅުތެރެއިން ނެރެން އަމުރު ނެރުނީ ރޭގައެވެ. 24 ގަޑިއިރަށް ނެރުނު އެ އަމުރުގެ މުއްދަތު މިރޭ 22:00 ގައި ހަމަވާނއެވެ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް […]
އާދީއްތަ ދުވަހު އޮންނަ ތުރުކީގެ އާންމު އިންތިޚާބާއި، އޮތް ސަރަހައްދީ ސިޔާސީ ނުފޫޒު

ފާއިތުވި މަސްތަކުގައި ދުނިޔޭގެ ބާރުތަކުގެ މެދުގައި ހޫނު ސުރުޚީއެއްގެ ގޮތުގައި ފާހަގަކުރެވުނު ތުރުކީގެ އިންތިޚާބު އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ތުރުކީގެ ރައީސް އަދި މަޖިލިސް މެންބަރުން އިންތިޚާބުކުރުމަށް ތުރުކީގެ ރައްޔިތުން ވޯޓުލާނީ އެކުއެކީގައި ހަމަ އެ ދުވަހުއެވެ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ބޮޑުވަޒީރު ކަމުގައި ހުންނަވައިގެންނާއި ރައީސްކަމުގައި ހުންނަވައިގެން ވަނީ ތިންވަނަ ދަރަޖައިގެ ގައުމަކުން ޔޫރަޕުގެ ގަދަ ބާރަކަށް ތުރުކީ ހައްދަވައިފައެވެ. އިސްލާމްދީނާއި ދެކޮޅު ފިކުރުތައް […]