ހުޅުުމާލޭ ކެފޭތަކުގެ ދުވާރު މަތިން ގޮނޑިއާއި މޭޒުތައް ނަގަން އާބަންކޯއިން އަންގައިފި

ހުޅުުމާލޭ ބައެއް މަގުތަކުގެ ދުވާރު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން އާންމުވެފައިވާތީ އެކަން ހުއްޓައިލުމަށް އާބަންކޯއިން އަންގައިފިއެވެ. އާބަންކޯއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި ޓޭކްއަވޭ ޝޮޕްތަކަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް […]
ބަންދުކޮށްފައި ހުއްޓާ ފިލި ޒުވާނާ ފަޅުތެރޭގައި އޮއްވާ އަތުލައިގެންފި

ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި ޒުވާނާ މޫދުގައި އޮއްވާ އަތުލައިގެންފިއެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އއ.ހިމަންދޫ /ދަބުގެ, ޙުސައިން ޝަޙްބާން (25އ) ފިލީ އިއްޔެގެ ވަގުތެއްގައެވެ. ޝަޙްބާން ފިލީ ގޮޅިން ނެރެފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވީ މިއަދު 18:35 ހާއިރު އއ.ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ […]
ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި

އއ.ރަސްދޫ ޕޮލިސް ސްޓޭޝަންގެ ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުއްޓާ އިއްޔެ ފިލައިގެން ދިޔައީ އއ.ހިމަންދޫ/ދަބުގެ, ޙުސައިން ޝަޙްބާން (25އ) ކަމަށެވެ. “އއ.ހިމަންދޫ/ދަބުގެ, ޙުސައިން ޝަޙްބާން (25އ)، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.“ ޝަޙްބާނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ބަންދުކޮށްފައި ހުރީ […]
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް: ސަލަފް

ޗާގޯސް މައްސަލައިގައި ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ގައުމީ މަސްލަހަތެއް ކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ. ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި އިޓްލޮސްއިން މިދިޔަ ހުކުރު ދުވަހު ނިންމީ ދެ ގައުމުން 200 ނޯޓިކަލް މޭލު ނެގުމުން ފުށުއަރާ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް […]
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ފިލައިފި

އއ.ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލާފައިވާ ކަމަށެވެ. އަދި އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. އެ ގޮތުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅުވައި […]
ވަގު ނޫޓު ގެންގުޅުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

ކައުންޓަރފީޓް ނޫޓު ނުވަތަ ސައްހަ ނޫން ނޫޓު ގެންގުޅުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މިހާރު ވިލިމާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ. އޭނާއަކީ މީގެކުރިން ވެސް ބައެއް މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 96 ވަނަ މާއްދާގައިވާ […]
ބަނގުރާ ބޮއެ, އެތަކެތި ގެންގުޅުނީ ކުށެއްކަން ނޭނގޭތީ ކަމަށް ބުނި އިންޑިއާ ދެ މީހަކު ޑީޕޯޓްކޮށްލަނީ

ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ކުށުގައި މިދިޔަ މަހު ހައްޔަރުކުރި އިންޑިއާގެ ދެ މީހަކު ޑީޕޯޓްކޮށްލަން މަޝްވަރާކުރަން ފަށައިފިއެވެ. ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ކުށުގައި މިދިޔަ އޭޕްރީލް 25 ވަނަ ދުވަހު ހައްޔަރުކުރީ ސިލްވަރާޖް ނަތަޔަސަން (53އ) ނަމަކަށް ކިޔާ މީހަކާއި ޗިންނާސަމީ ގޮވިންދަސަމީ (36އ) ކިޔާ މީހެކެވެ. ތިލަފުށީ އައިމާ ސައިޓުގައި އުޅޭ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, ކޯޓުން އެ ދެ މީހުންގެ ބަންދަށްޖެހީ […]
މިއަދުގެ ސިއްހީ ސިޔާސަތުތައް ހުރީ އަލުން ގައުމު އަޅުވެތިކުރުމުގެ މިސްރާބަކަށް: ނާޒިމް

މިއަދުގެ ސިއްހީ ސިޔާސަތުތައް ހުރީ އަލުން ގައުމު އަޅުވެތިކުރުމުގެ މިސްރާބަކަށް ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. ’ބަލިކަށިވަމުންދާ ސިއްހީ ޚިދުމަތް“ މި މަ މައުޟޫއުގައި ޗެނަލް 13 ރޭ ގެނެސްދިން ޕެނަލް ޑިސްކަޝަންގައި, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުރުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ ކުރިއެރުމާއި ތަރައްގީއަކީ ކޯއްޗެއްތޯ އެބަ ވިސްނަންޖެހޭ ކަމަށެވެ. އާދައިގެ މީހަކަށް މަތިމަތިން ބަލާއިރު […]
އިދިކޮޅުގެ ފަހުބަސް އިއްވައިފި: މަސްކަނޑު އަނބުރާ ހޯދަން ކުރެވެން ހުރި ކަމެއް ކުރާނަން

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި މި ސަރުކާރުން އަމަލުކުރި ގޮތާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ރަސްމީ ބަސް އިއްވައިފިއެވެ. ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މީގެކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެއެވެ. މޮރިޝަސްއިން ހުށަހެޅި […]
އެމެރިކާ ޑޮލަރު ގަންނަން ބޭނުންތޯ؟

އަހަރެމެން އެމެރިކާޑޮލަރު ފަހާ ދުވަމުންދާއިރު ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރިން ޑޮލަރު ގަންނަން ބޭނުންވޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި މިވަގުތު ދުނިޔޭގައިތިބި އެންމެ ބޮޑެތި މަހުޖަނުން ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ. ޑޮލަރުގެ ވަރުގަދަ ރަސްކަމުގެ ތަޚުތުގެ ފައިތައް ފަނިކައި ފީކުރަމުން އެބަގެންދާ ކަމަށް ޖުމުލަ ގޮތެއްގައި ދުނިޔޭގެ އެންމެބިޔަ މަހުޖަނުން ވިދާޅުވަމުން އެބަ ގެންދެއެވެ. ފައިތައް ބިނދިގެން ވެއްޓޭނެ ދުވަހެއް ބުނަން ނޭންގުނަސް އެކަންތައް ހިނގަމުންއެބަ ދެއެވެ. އަދި އެ ފަނިތައް މަރާލެވޭނެ ގޮތެއްވެސް މިހާތަނަށް ހޯދިފައެއް ނެތެވެ. […]