ބްރިކްސް ގައުމުތަކުން ބައިނަލް އަގްވާމީ ވިޔަފާރިއަށް ޢާންމު ފައިސާއެއް

މިއަހަރުގެ ސަމަރ މޫސުމަށް ތާވަލު ކުރެވިފައިވާ ބްރިކްސް ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި އެ ގައުމުތަކުން ކުރަމުންގެންދާ ބައިނަލް އަގްވާމީ ވިޔަފާރީގެ މުޢާމަލާތުތަކުގައި ބޭނުންކުރާނެ އާންމު ފައިސާއެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރެވޭނެކަށް ބުނެފިއެވެ.  އެ ގައުމުތަކުން މިހާރުވެސް ގެންދަނީ ބައިނަލް އަގްވާމީ ވިޔަފާރީގެ މުޢާމަލާތު ތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގައުމުތަކުން ކުރެވޭ ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އަދާކުރުމުގައި މިހާރު ބުރަވެފައިވަނީ ޗައިނާގެ ޔުއާން އަށާއި ބައިނަލް އަގްވާމީގޮތުން ގަބޫލު […]

ތުރުކީގެ އިދިކޮޅު އެއް ކެންޑިޑޭޓަކު އިންތިޚާބުން ވަކިވެއްޖެ

މާދަމާ ( އާދީއްތަ ދުވަހު ) ތުރުކީގެ ރިޔާސީ އިންތިޚާބަށް ވާދަކުރަން ނިންމަވާފައިވާ އިދިކޮޅު އެއް ކެންޑީޑޭޓަކު އެބޭފުޅާގެ ނަން އަނބުރާ ގެންދަވައިފިއެވެ.  އޭ އެފް ޕީ އިން ބުނެފައިވާގޮތުގައި އިދިކޮޅު ކެންޑިޑޭޓް މުޙައްރަމް އިންޗޭ ރިޔާސީ އިންތިޙާބުގައި ވާދަ ނުކުރައްވަން ނިންމެވީ އެބޭފުޅާގެ އޮރިޔާން ވީޑިއޯއެއް އިސްރާއީލުން ހާމަކުރުމާއި ގުޅިގެންނެވެ.  މިކަމާގުޅިގެން މުޙައްރރަމް ވިދާޅުވީ އެބޭފުޅާގެ ކެންޑިޑެސީ އަނބުރާ ނެގީ އަބުރު ކަތިލަން ބަޔަކު މަސައްކަތްކުރާތީ ކަމަށެވެ. އިސްރާއީލުގެ އޮރިޔާން ވެބްސައިޓްގައި އެހުރީ އެހެންމީހެއްގެ ބޮލުގެ ބަދަލުގައި އަހަރެންގެ ބޯ ޖަހާފައި […]

     މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް އައްޑޫ އާއި ފުވައްމުލަކަށް ޔެލޯލާރޓު ނެރެފި

    ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރަޔާ ގުޅިގެން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވިއްސާރަ ވާނެކަމަށާއި ކަނޑުތައެް ވަރަށް ގަދަވާނެކަމަށް ބަލައި ޔެލޯއެލާރޓް ނެރެފިއެވެ. ދަތުރުފަތުރު ކުރާ އެންމެގެ ސަމާލުކަަމަށް ވާހާގިނަ ބަޔަކަށް މޫސުމް އެގެންޖެހޭނެއެވެ. ވަރަށް ނުރައްކާތެރި ޙާދިސާތައް މިހާރުވެސް ދަނީ ފެންނަމުންނެވެ.     އެލާރޓްނެރެފައި ވަނީ ރޭގަޑު 7.30ން 11.30 އަށެވެ. މިވަގުތަކުގައި އައްޑޫއާއި ފުވައްމުލަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކޮޅިގަޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކިށްފައެވެ. އާންމުގޮތެއްގައި ކަނޑުތައް ވަރަށް ގަދަވާނޭކަމަށް ބުނެފާވެއެވެ.     މިވަގުތު ރާއްޖެއަށް […]

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ މިއަދު ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ޙަސަން ޖަމީލު (30 އ) ގެ ޚަބަރެއްނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ އޭގެ ދެ ދުވަސް ކުރިން މެއި 7 ވަނަ ދުވަހުއެވެ. އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ފުލުހުން އޭނާގެ ފޮޓޯ […]

މެލޭގެ ބަޓިކް އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

މެލޭޝިޔާގެ ބަޓިކް އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ބަޓިކް އެއަރ ގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ ޖެއްސީ ރޭ 20:30 ގައެވެ. އެ ފްލައިޓް ރާއްޖެ އައުމުން މަރުހަބާ ކިޔާފައިވަނީ ޚާއްސަ ވޯޓަރ ސެލިއުޓަކުންނެވެ. ބަޓިކް އެއަރ ގެ ފުރަތަމަ ފްލައިޓުގައި 57 ފަސިންޖަރުން އައެވެ. އެމްއޭސީއެލްއިން ބުނީ ބަޓިކް އެއަރ އިން ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް ދަތުރުތައް ބާއްވާނެ ކަމަށެވެ. ދަތުރުތައް ކުރާނީ ރާއްޖެއިން ސްރީލަންކާއަށް, އެއަށްފަހު މެލޭޝިޔާއަށާއި އަދި […]

ޒަރީރަށް ހަމަލާދިން މައްސަލަ: 2 މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މެންބަރު ޒަރީރަށް ހަމަލާދިނީ މި މަހުގެ 01 ވަނަ ދުވަހު ފަތިހުއެވެ. ފުލުހުން ބުނި ގޮތުގައި ޒަރީރަށް ހަމަލާދިނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗަކުންނެވެ. ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ 5 މީހުންގެ ގުރޫޕަކުންނެވެ. ހަމަލާދިން ފަސް މީހުން ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް ވެސްޒަރީރު ވަނީ ވިދާޅުވެފައެވެ. ޒަރީރަށް […]

ދެވަނަފަހަރަށްވެސް ޖެހުނީ އިމްރާން ޚާން ދޫކޮށްލަން

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައިކޯޓް ފަހުގެ އަމުރާއި އެއްގޮތަށް ދޫކޮށްލައިފިއެވެ. އިމްރާން ދޫކޮށްލަން މަޖުބޫރުވީ ހައިކޯޓުން ދެން ދެހަފްތާގެ ކުރިން އެހެން އެއްވެސް މައްސަލައެއްގެ ނަމުގައި އިމްރާން ޚާން ހައްޔަރު ނުކުރެވޭގޮތަށް ކަފާލާތުގެ ދަށުން ދޫލޮށްލުމަށް ކުރެވުނު ޙުކުމްގެ ދަށުންނެވެ. މިލިޓިރީއާއި ޕަންޖާބުގެ ޕޮލިސް ވަނީ ހައިކޯޓްވަށާލައި ކޯޓުން އިމްރާން ދޫކޮށްލައިފިނަމަ ކޯޓުން ނިކުތުމުގެ ކުރިން ހައްޔަރު ކުރުމަށެެވެ. ގަބޫލުކުރެވެނީ އެއްވެފައިވާ ގިނަ ޢާމްރައްޔަތުން ޢަދަދު ބިޔަކަމުންނާއި އަދި ޝަރުޢީ […]

ޕާކިސްތާން ހައިކޯޓުތެރޭގައި އިމްރާން ޚާން އެނެއްކާވެސް ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޒީފާއިން ވަކިކުރިފަހުން އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ ދައުވާތަކަކާއި ގުޅިގެން ޕާކިސްތާނުގެ ހައިކޯޓުގައި ހުންނަވަނިކޮށް ފަނޑިޔާރުންނަށްވެސް އެނގުމަކާ ނުލައި ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.  އެމަނިކުފާނު މިހާރު ހުންނެވީ ހައިކޯޓުގެ އިމާރާތުގެ ތެރޭގައިކަން ނުވަތަ އެހެންތަނަކަށް ގެންގޮސްފިކަން އޮޅުންފިލާނެ ގޮތެއްވެސް ނުފެނުނެވެ.އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފު ޕާރޓީގެފަރާތުން ރައްޔިތުންނަށް ގޮވާލަމުން ގެންދަނީ އެމަނިކުފާނު ހައްޔަރު ކުރުމާ ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ. އެހެންނަމަވެސް ފުލުހުންދީފައިވާ އިންޒާރުގައި ބުނެފައިވަނީ ހަތަރުމީހުންނަށްވުރެން ގިނައިން އެއްވެއްޖެނަމަ އެބަޔަކާމެދު ހަރުކަށިގޮތެއްގައި ފިޔަވަޅު އަޅާނެކަމަށެވެ. ފުލުހުންގެ މުއައްސަސާއިން ބުނަނީ އިމްރާން ޚާން ހައްޔަރު […]

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކޮޗިން އެއާޕޯޓުން ދިވެއްސަކު އަތުލައިގެންފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ. އޭޝިއަން ނިއުސް އިންޓަރނޭޝަނަލް (އޭ.އެން.އައި) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން އަޅާފައި ހުރި 33 ކެޕްސޫލާއެކު ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޔޫސުފް ފުއާދު ކިޔާ އެ މީހާއަކީ އެ ތަކެއްޗާ އެއްކޮށް މާލެއަށް ފުރަން އުޅުނު މީހެއް ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ. އޭނާ އަތުލައިގަތީ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯސް (ސީ.އައި.އެސް.އެފް) އިންނެވެ. ފުއާދު އަތުން […]

އުމުރުން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ

އުމުރުން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވީ ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ޙަސަން ޖަމީލު (30އ) ޚަބަރެއްނުވެގެން މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހު ކަމާއި އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ […]