މިއަހަރުގެ ސަމަރ މޫސުމަށް ތާވަލު ކުރެވިފައިވާ ބްރިކްސް ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި އެ ގައުމުތަކުން ކުރަމުންގެންދާ ބައިނަލް އަގްވާމީ ވިޔަފާރީގެ މުޢާމަލާތުތަކުގައި ބޭނުންކުރާނެ އާންމު ފައިސާއެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރެވޭނެކަށް ބުނެފިއެވެ.
އެ ގައުމުތަކުން މިހާރުވެސް ގެންދަނީ ބައިނަލް އަގްވާމީ ވިޔަފާރީގެ މުޢާމަލާތު ތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގައުމުތަކުން ކުރެވޭ ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އަދާކުރުމުގައި މިހާރު ބުރަވެފައިވަނީ ޗައިނާގެ ޔުއާން އަށާއި ބައިނަލް އަގްވާމީގޮތުން ގަބޫލު ކުރެވޭ އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއަށެވެ.
އެހެންވުމުން ކުރިއަށް އޮތް ބްރިކްސްގެ އިސްވެރިންގެ ބައްދަލުވުމުގައި އާންމު ފައިސާއެއްގެ މައްސަލައާދޭތެރޭ މަޝްވަރާ ކުރެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މިއީ އެ ގްރޫޕްގެ ވެރިންގެ ވަރަށްބޮޑު އުންމީދެކެވެ.
ބްރިކްސް ގްރޫޕް އުފެދިގެން މިހާތަނަށް އައިއިރު އެމީހުންގެ ގިނަ އަމާޒުތަކެއް ވަނީ ކަނޑައެޅި އަދި އެ އަމާޒަށް ވާސިލުވެވޭނެ މަގުތަކެއްވެސް އެކަށަ އަޅާފައެވެ.
މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ރިޔާސަތުން އަޒުލުކުރުމުގެ ރޭވުން ކާމިޔާބުކުރެވޭތަން ފެންނަކަމުގައިވެސް ބެލެވެން ފަށައިފިއެވެ.
ބްލޫމްބާރގުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އާންމު ފައިސާއެއްގެ މަޝްވަރާތަކަކީ މިއަންނަ ސަމިޓުގެ އެންމެ މުހިންމު އެޖެނޑާ ކަމުގައިވުން ވެސް ވަރަށް ގާތެވެ. އެހެންނަމަވެސް ސައުތުއެފްރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ އާންމު ފައިސާއެއް ކަނޑައެޅުމުގެ މައްސަލަ އަވަސް އަރުވާލުން ބުއްދިވެރި ނޫން ކަމަށެވެ.
ސައުތު އެފްރިކާގެ ބައިނަލް އަގްވާމީ ގުޅުންތަކާ ބެހޭ ވަޒީރު ވިދާޅުވަނީ ދުނިޔޭގެ އިގްތިސާދަކީ އެއް ހަމައެއްގައި ހިފޭއްޓިވާ އެއްޗަކަށް ނުވުމާއި އަހަރެމެންގެ ބައިވެރިން ބޭނުންވާ ގޮތްތަކެއްވެސް ހުންނާނެތީއާއި އެކަންތަކާދޭތެރޭ ބްރިކްސްގެ ޙައިސިއްޔަތުންނާއި ފަރުދީ ގައުމުތަކުގެ ޙައިސިއްޔަތުންވެސްޙިއްސާކުރަން ޖެހޭ ވިސްނުންތަކެއް ހުންނާނެތީ އެފުރުސަތުތަކަށް މަގުފަހި ކުރެވެން ޖެހޭނޭކަމަށެވެ.
އެގޮތަށް މަޝްވަރާ ކުރެވިގެންނޫނީ އާންމު ފައިސާއެއް ކުއްލިއަކަށް ތަޢާރުފް ކުރުމުން ފަހުން ރަނގަޅު ކުރަންޖެހިދާނެ ގިނަ ކަންތައްތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށެވެ. އަހަރެންގެ މި ވިސްނުމަކީ ގައުމުތަކުގެ ވެރިންގެ ވިސްނުންފުޅުހުރި ގޮތަކާއިމެދު ކުރި މަރާލުމެއް ނޫނެވެ.
ބްރިކްސްގެ ވެރިންގެ ބައްދަލުވުން މިހާރު ތާވަލް ކުރެވިފައިވަނީ އޯގަސްޓު މަހުގެ 22 ވަނަ ދުވަހަށެވެ. ބްރިކްސް ގްރޫޕްގައި ދުނިޔޭގައ އާބާދީގެ %40 މިހާރު ޙިއްސާކުރެއެވެ. ވީމާ އެބޭފުޅުންގެ ނިންމެވުންތަކަކީ ވަރަށް އާރުލާ ނިންމެވުން ތަކަކަށް ވާނެޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިކްސް ގްރޫޕުން އާންމު ފައިސާއެއް ތަޢާރުފް ކޮށްފިނަމަ އެމެރިކާ ޑޮލަރަށް ކުރާނެ އަސަރަކީ ކޮބައިތޯ ވަރަށްގިނަ އިގްތިސާދީ މާހިރުންނާ ސުވާލުކުރެވެމުންދެއެވެ.
އޭގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ނަޒަރުގައި ބްރިކްސްގެ އާންމު ފައިސާއެއް ކާމިޔާބު ކަމާއިއެކު ތަޢާރުފް ކުރެވުމަކީ އެމެރިކާ ޑޮލަރަށް ވަރަށް ބޮޑު ބިރަކަށް ވާނެއެވެ. އެ ގްރޫޕްގެ މަގްސަދަކީވެސް އެމެރި ޑޮލަރުގެ ރިޔާސަތުން އަޒުލުކުރުމެވެ.
ސަމިޓުގެ ދެން އެންމެ މުހިންމު އެޖެންޑާއަކަށް އޮތީ އިތުރު 20 ގައުމަކަށް މެމްބަރުކަން ދިނުމުގެ މަޝަވަރާ ކަމުގައިވެސް ވަނީ ހާމަ ވެފައެވެ.