މާލީ ބައްދަލުވުމަކަށް ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ. މި މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަލްނަރަބަލް 20 ގްރޫޕްގެ ރިޔާސަތު […]

އަދީބަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް: މުޢިއްޒު

ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ މައި މުގޫކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު ކުރެއްވި ޓުވީޓެއްގައި މުޢިއްޒު ވިދާޅުވީ އަދީބަކީ ބޮޑު މުޖުރިމެއް ކަމަށާއި ދައުލަތަށް އެތައް ފައިސާއެއް ދައްކަން ޖެހިފައިވާ މީހެއް ކަމަށެވެ.  “ބޮޑު މުޖުރިމެއް. އުމުރަށް ޖަލުގަ ހުންނަންޖެހޭ މީހެއް. ޚިޔާނާތްތެރިވި ފައިސާ ދައުލަތަށް ދައްކަންޖެހޭ މީހެއް.“ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި […]

ދައުލަތް “އޮރިޔާންކޮށްލާނެ“ ކަމަށް އިންޒާރު ދެއްވި މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލައިފި

ފޮޓޯ: އަވަސް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ. މަހްލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުއްވީ 09 ޖޫން 2021 ގައެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު […]

ހެމްބާރގް ސިޓީ ސެންޓަރަށް ރަތް އިންޒާރު

ެމިކަލް އެކުލެވޭ ވިލާތަކެއް ޖަރުމަނުގެ ހެމްބާރގުގެ ސިޓީ ސެންޓަރާ ދިމާލަށް އަންނަމުންދާތީ  އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރާއި ކުޑަދޮރުތައްވެސް ބަންދުކޮށްގެން ތިބުމަށާއި އެސަރަހައްދުން ދުރަށް ދިއުމަށް ފަޔަރބްރިގޭޑުން އިންޒާރު ދެމުން އެބަ ގެންދެއެވެ. ލަފާކުރެވޭގޮތުގައި އެ ވިލާތައް އުފެދެން މެދުވެރިވެފައިވަނީ ރޯތެންބާރގްސޯރޓް އަވަށުގެ ގުދަނެއްގައި ރޯވުމުގެ ސަބަބުންނެވެ. މިހާތަނަށް އެ އަވަށުންވެސް 140 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިއްޖެއެވެ. އެ އަވަށުގެ ބްރޯޑްކާސްޓަރުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ ޓްރަކްތައް ހުއްޓާފައިބާއްވާ ސަރަހައްދެއްގައި އިއްޔެ […]

ނުއިވޭ އަޑުތައް! އެކަމަކު މިއަޑުތައް ރަނގަޅަށް އިއްވަމާ!

މިއީ ދިވެހިރާއްޖޭގެ ރިޔާސީ މޫސުމެވެ. އިތުރު ފަސްއަހަރަކަށް ގައުމުގެ ރައީސަކު އިންތިޚާބުކުރަން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ތައްޔާރުވަމުންދާ މޫސުމެވެ. މި މޫސުމުގައި ކުރިން ނީވޭ އަޑުތައް އެބަ އިވެއެވެ. އަދި އިތުރަށްވެސް އިވޭނެކަން ޔަގީނެވެ. ކުރެވެނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ފަރުވާކުޑަ ނުކުރާނެކަމުގެ ހުވާތައް ކުރަމުން ދެއެވެ. އެކަމަކު ރިޔާސީ އިންތިޚާބު ނިމޭ ހިސާބުން އަނެއްކާވެސް އެއީ ނީވޭ އަޑުތަކަކަށްވެގެން ދާނެކަމާއިމެދު ޝައްކުނުރާ މީހަކާއި ދިމަލެއް ނުވެއެވެ. މިއީ އަންޒަމާނުއްސުރެން ދަހިވެތި […]

ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެ ފިޔަވަޅުތައް އަޅަން އަންގައިފި

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އޭގެތެރޭގައި: ރޯގާޖެހި ދިގުލާަނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކަށް ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުން.  އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވައިވާނެހެން ރަނގަޅަށް މާސްކް އެޅުން. އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން […]

ފުއްގިރި މައްސަލައިގައި ޔާމީންގެ ހުށަހެޅުންތަކާމެދު ނިންމި ނިންމުންތައް ހައިކޯޓުން ބާތިލެއް ނުކުރި

ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުންތައް ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. ފުއްގިރި ކުއްޔަށް ދޫކޮށް, ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ބައެއް ނިންމުންތަކެވެ. އެއީ ކުރީގެ ނައިބު […]

52 މިލިއަން ދައްކަން ރައީސް ޔާމީނަށް އެންގި އަމުރު ބާތިލުކޮށްފި

ވ.އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ހައިކޯޓުން މިއަދު ބާތިލު ކުރައްވައިފިއެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑަައަޅުއްވައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. ނަމަވެސް އެ މައްސަލައިގައި ލޯންޑާކުރެއްވި ކަމަށް ބުނާ 52 މިލިއަން ރުފިޔާ (3.4 މިލިއަން ޑޮލަރު) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް […]

އަރައިނުގަނެވޭ ވަރަށް ފެނަކަ ދަރާފައިވާތީ އޮޑިޓެއް ހަދަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި އިިދިކޮޅު ކޯލިޝަނުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ. އޭނާ ހުށަހެޅުއްވި […]

އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކުރުމަށް އެދި ސިވިލް ކޯޓަށް ތިން ފަރާތަކުން މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ބަލައިގަތީ ޢަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ ޕާޓީގެ 39,000 މެންބަރުން ވަކިކޮށް އެ މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށްކަން ފާހަގަކޮށްފައެވެ. […]