ސަަޢޫދީ އީރާނުގެ ގުޅުމާއިހެދި ސީ އައި އޭ ރަތަށް

ވޯލްސްޓްރީޓް ޖާނަލުންރިޕޯޓް ކޮށްފައިވާ ގޮތުގައި ޗައިނާގެ އިސްނެގުމާއިއެކު ސަޢޫދީ އެރޭބިޔާއާއި އީރާންގެ ސުލްޙައިގެ އެއްބަސްވުމަށް މަސްދުވަސްވެސް ނުވަނީސް އީރާނުގެ ފުރިހަމަ ތާއީދާއެކު ފާއިތުވެގެން މިދާ ދިހައަހަރުދުވަހު ދާޚިލީ ހަނގުރާމައެއް ކުރަމުންގެންދާ ސީރިޔާއާއިއެކު ސަޢޫދީން އެއްބައިވަންތަ ކަމުގެ ގުޅުން ގާއިމްކުރަންވެސް ނިންމައިފިއެވެ.  އަދި ސަޢޫދީ އެރޭބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބްލީގުގެ ވެރިންގެ ބައްދަލުވުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ދައުވަތު ދިނުމާދޭތެރޭއެކެމާއިބެހޭ އިތުރު މަޢުލޫމާތު އެގުމަށްޓަކައި، ކުރިން ހަމަޖެހިފައިނުވާ ދަތުރުފުޅެއްގައި މިހަފްތާގެތެރޭގައި ސަޢޫދީ އެރޭބިޔާއަށް ވަޑައިގެންނެވި  ސީ އައީ އޭ ގެ ޑިރެކްޓަރ ވިލިއަމް ބާރންސް ރުޅިއައިސް ރަތްވެއްޖެއެކަމަށް ޚަބަރުދީފައިވެއެވެ. […]

ދެގައުމުގުޅޭ ސަރަޙައްދު ތަރައްގީ ކުރުމުން ދެކޮޅުވެރިކަން ކުރިމަތިވާނެ

ޗައިނާއާއި އިންޑިއާއިން މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ދެގައުމު ގުޅޭ ސަރަޙައްދުން ޓިބެޓްގެ ދެ އަވަށެއް ސިޓީ ފެންވަރަށް ތަރައްގީކުރަން ޗައިނާއިން ކުރާ މަސައްކަތަކީ އެ ސަރަޙައްދަށް އަތްގަދަކުރަން ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި އޭގެ ސަބަބުން ދެގައުމުގެ މަސްލަޙަތު އިތުރަށް ގޯސްވެދާނެކަމަށް ބެލެވެން ފަށައިފިއެވެ. ބައެއް މުޙައްލިލުން ދެކިވަޑައިގަންނަވާ ގޮތުގައި މި ހަފްތާގައި ހިނގާދިޔަ ޗައިނާއާއި އިންޑިއާގެ ދެބަސްވުމާއި ގުޅިގެން ޗައިނާ ސަރުކާރުން ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގެ ދެކުނުގައި އިންޑިއާގެ ބާރުގެ ދަށުގައިވާ ބައެއް ސަރަޙައްދުތައްވެސް ހިމެނޭގޮތުގައި ޗައިނާގެ ނަންތައްދީ އަލުން އަމިއްލައަށް ޗާޓް […]

ރާއްޖެއިން މި އަހަރު ރުބެއްލާ ނައްތައިލުމަށް އަމާޒު ހިފައިފި

ރާއްޖެއިން މި އަހަރު ރުބެއްލާ ނައްތައިލުމަށް އަމާޒު ހިފާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ނަސީމް ވިދާޅުވީ އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ  ”ހެލްތް ފޮރ އޯލް“ ނުވަތަ “އެންމެންނަށް ސިއްހަތު“ މި ޝިއާރާ ގުޅޭ  ސިޔާސަތުތައް މިވަގުތު އެންމެ ބާރަށް ތަންފީޒުކުރާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.  އެ ގޮތުން ސަރަހައްދުތަކަށް  މުޅި ގައުމު ބަހާލެވިގެން ޓަރޝަރީ އަމާޒުގައި ”ހެލްތް […]

އާންމު ސިއްހަތު ރައްކާތެރިކުރަން ކެމިކަލުން ދުރުވާން ރައީސް ގޮވާލައްވައިފި

ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.  އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ. ރައީސްގެ ޚިތާބުގައި ވިދާޅުވީ ދިވެހިންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެއް ކަމަކީ ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި […]

ދައުރު ނިމުމުގެ ކުރިން އަދީބާއި ޒިޔަތު ދޫކޮށްލަން މަޝްވަރާ ކުރައްވަނީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި, އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު މިނިވަން ކުރަން ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވެވީ 20 އަހަރުގެ ޖަލު ހުކުމެވެ. ޒިޔަތުގެ މައްޗަށް އިއްވެވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ދެ ބޭފުޅުން ތިއްބަވަނީ ގޭގައެވެ. “ސަންދާނަށް“ މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ […]

ވަގު ހިފަން ވެރިކަމަށް އައިސް ހިންގި ސިޔާސަތަކީ ވައްކަން: ޒާހިރު

ވައްކަންތައް ބައްލަވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންފައި ވެރިކަން ހިންގަވަން ބޭނުންކުރެއްވި ސިޔާސަތަކީ ވައްކަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޒާހިރު ފާޑުވިދާޅުވީ ސަރުކާރުން ދަނޑުވެރިނަށްވީ ވައުދުތައް ފުއްދުމަށް ގޮވާލައްްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ އެތަކެއް ވައުދުތަކެއް […]

އެމެރިކާގެ ބޭންކުތަކުން ފައިސާކޮޅު ނަގަން ކަސްޓަމަރުން އަވަސް އަރުވާލައިފި

އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޑޭޓާ ތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގެ ބޭންކުތަކުގައި ފައިސާ ޖަމާކޮށްފައި ހުރި ފަރާތްތަކުން 126 ބިލިއަން އެމެރިކާ ޑޮލަރު ނަގައިފިއެވެ.  މިފަހަރު ފައިސާނަގާފައިމިވަނީ އެމެރިކާގެ އެންމެ ބިޔަ ބޭންކުތަކުންނެވެ. ފެޑެރަލް ޑޭޓާ ތަކުން އެނގޭގޮތުގައި އެންމެ ބޮޑެތި ބޭންކުތަކުން 90 ބިލިއަންޑޮލަރ ނަގާފައިވާއިރު ކުދި ބޭންކުތަކުން ނެގިފައިސާގެ ސަބަބުން އެ ބޭންކުތަކުގެ ޙާލަތުއޮތީ ވަރަށް ދަށަށް ވެއްޓިފައެވެ.  މީގެއިތުރުން ސިލިކޯން ވެލީ ބޭންކާއި އަދި ސިގްނޭޗަރ ބޭންކު ބަންދުކޮށް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ސަބަބުން […]

މެދުއިރުމަތި އެއްބައިވަންތަ ކުރުމުގެ މަސައްކަތް

މެދުއިރުމަތީގެ ގައުމުތައް އެކުވެރި ކުރުމަށްޓަކައި ސަޢޫދީ އެރޭބިޔާގެ ވަލީއަޙްދުމުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތާއި ދޭތެރޭ ދުނިޔެ ޙައިރާންކޮށްލައިފިއެވެ. ކުރީގައި ބައެއް ގައުމުތަކާއިއެކު އުފެދިފައިވާ ދެބަސްވުންތައް އެއްފަރާތްކޮށް އެމަނިކުފާނު ދެން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިކަންވެސް ދުނިޔެއަށް އަންދާޒާ ނުކުރެވޭކަހަލައެވެ.  އެންމެ ފަހުން ވަލީއަޙްދު ވިދާޅުވެފައިވާ ބަސްފުޅެއް އަޑުއަހާލާއިރު އިވިގެންދަނީ ސަޢޫދީއަށް ބޭނުންވާގޮތް ދެނެގަތުމުގައި އެމެރިކާގެ އެހީ ބޭނުންފުޅު ނުވާކަމަށާއިއެކަންތައްތައް އެނގިވަޑައި ގަންނަވާ ކަމަށް ވިދާޅުވަމުންދާ ބަސްފުޅު ތަކެވެ.  އެއީ ތެލުގެ ބާޒާރުގެ އުފެއްދުމާއި ތެލުގެ ބާޒާރުގައި އަގުތަކާއި ކުޅުން ކަމުގައިވިޔަސް ނުވަތަ އީރާނާއެކު ގުޅުން ބަދަހިކުރުން ކަމުގައިވިޔަސް އެކަމުގައި އެމެރިކާއިން […]

ސަރުކާރު ބަދަލު ކުރުން ނޫން ހައްލެއް މި ގައުމަކަށް ނެތް: ނާޒިމް

މި ސަރުކާރު ބަދަލު ކުރުން ނޫން ހައްލެއް މި ގައުމަކަށް ނެތް ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެެއެވެ. ރާއްޖޭގެ އިގުތިސާދީ މިސްރާބު މިވަގުތު ހުރި ގޮތުން ބޭރުގެ ދަރަނި ބޮޑުވެ, ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ހިސާބުތަކުން އެ ގޮތަށް […]

ފަހު ދިހައިގައި މާލެ ސިޓީގެ 32 މިސްކިތެއްގައި ޖަމާއަތުގައި ދަމުނަމާދު ކުރާނެ

މި ރަމަޟާންމަހުގެ ފަހު ދިހައިގައި މާލެ ސިޓީގެ 32 މިސްކިތެއްގައި ޖަމާއަތުގައި ދަމުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 18 މިސްކިތަކާއި, ވިލިމާލޭގެ 3 މިސްކިތަކާއި, ހުޅުމާލޭގެ 11 މިސްކިތެވެ. މާލޭގައި ދަމުނަމާދު ކުރާނެ މިސްކިތްތައް: އިސްލާމީ މަރުކަޒު މަސްޖިދު މަލިކް ސަލްމާން މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން މަސްޖިދު ޞަލާޙުއްދީން މަސްޖިދުލް ފުރްޤާން މަސްޖިދު ޖަލާލުއްދީން […]