ނައިބުރައީސް ދިރިއުޅުއްވަނީ ޖިންނި އަވަލާފައި ހުންނަ ގެއެއްގައި

News Maldives

އެމެރިކާގެ ނައިބުރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު ހުންނަނީ ވޯޝިންގޓަންގައި ހުންނަ އެމެރިކާގެ ނޭވަލް އޮބްޒަވޭޓްރީ ބިމުގައެވެ. އެއީ އެމެރިކާގެ ސައެންސްވެރިން ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ ފަލަކީ ހޯދުންތައް ހޯދަމުން ގެންދާ ބިމެވެ. އަދި އެމެރިކާގެ ދިފާއީ ވުޒާރާގެ ބޭނުމަށް ޖީ. ޕީ. އެސް. ފަދަ ވަސީލަތަތައް ދުވަހުން ދުވަހަށް ތަރައްގީކޮށް ބަލަހައްޓަމުން ގެންދަނީވެސް އެބިމުގައެވެ. 9150 އަކަފޫޓުގެ ނަންބަރ 1 އޮބްޒަރވޭޓްރީ ސަރކަލްގައި 33 ކޮޓަރި ހުންނަކަމަށް ވެއެވެ. ނައިބުރައީސްގެ ގެކޮޅުކަމަށް ޚާއްސަކުރެވިފައިވާ 6 ކޮޓަރީގެ އިމާރާތަކީ […]

އާ އަހަރާދިމާކޮށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް ޔޫކްރެއިނަށް

ޔޫކްރެއިނުން އާއަހަރުގެ ޙަފްލާތަކަށް ތައްޔާރުވަމުން ދަނިކޮށް ހޮނިހިރުދުވަހު އަނެއްކާވެސް ރަޝިޔާގެ މިސައިލް ޙަމަލާތަކެއް ޔޫކުރެއިން އަށް އޮހިގެންފިއެވެ. ބުނެވޭގޮތުގައި ގިނަ ޙަމަލާތަކެއް އަމާޒުވީ އާންމު ރައްޔިތުން ދިރިއުޅެމުން ގެންދާ ޢިމާރާތް ތަކަށެވެ. އޭގެ ތެރޭގައި މިވަގުތު މީހުންނޫޅޭ ހޮޓަލެއްވެސް ހިމެނެއެވެ. ކީވްގެ މޭޔަރ ވިޓާލީ ކްލިޓްސްކޯ ވިދާޅުވީ މި ޙަމަލާތަކުގައި 28 މީހުން ޒަޚަމްވެ އެކަކު މަރުވި ކަމަށެވެ.                                 ޔޫކްރެއިންގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް ވެލަރީ ޒަލުޒުންވީވިދާޅުވީ ރަޝިޔާގެ ބިމުންނާއި […]

ޔާމީން ޖަލަށްލުމަކީ އުފާކޮށް ހަވާއަރުވަންވީ ކަމެއްތަ؟

ރައީސް ޔާމީނު ޖަލަށްލާނެ ކަމަށް އެމްޑީޕީގެ ބޮޑުންވަނީ ތަކުރާރުކޮށް ބުނެފައެވެ. ޙުކުމް ކުރެވުނުލެއް ތަންކޮޅެއް ލަސްވީކަމަށް ބުންނެއެވެ. އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ އަމްރު ވިދާޅުވެފައިވަނީ މިދިޔަ ރޯދަމަހުގެ ކުރީން ޔާމީންއަށް ޙުކުމްކޮށް ޖަލަށް ލެވޭނެ ކަމަށެވެ. އާދޭހެވެ! އެބުނިގޮތަށް އެކަންކޮށްފިއެވެ. އަދިހަމަ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެމްޑީޕީގެ ބޮޑުން އުފަލާއި އެކު ބައިވެރިވެ ރޭގައި އާ އަހަރުފާހަގަ ކުރުމުގެ ނަމުގައި ފަޓާސް ޖަހާ ހަވާއަރުވައި ބިރެއްނެތި މަޖާކޮށްފިއެވެ. އަންތަރީސް ވާންޖެހުނީ “ ޔާމީން ޖަލަށްލުމަކީ އުފާކުރަން ޖެހޭ […]

އިސްރާއީލުން ދެކޮޅު ހަދަމުން ދަނިކޮށް ފަލަސްތީނުގެ މައްސަލަ ދުނިޔޭގެ ކޯޓަށް

Palestine News

 ޚަބަރުތައް ބުނާގޮތުގައި 193 މެމްބަރުގައުމު ހިމެނޭ ޔުނައިޓެޑް ނޭޝަންސް އިން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމުގެ ގާނޫނީ ޙައްގަކީ ކޮބައިތޯ ބެލުމަށްޓަކައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ލަފައަކަށް އިއްޔެ އެދެފިއެވެ. އިސްރާއީލުން ހުޅަނގު އައްސޭރިއާއި ގާޒާއާއި އިރުމަތި ގުދުސް ހިފާފައިވަނީ 1967 ގެ މެދުއިރުމަތީ ހަނގުރާމައިގައެވެ. އަދި 2005 ވަނައަހަރު އިސްރާއީލުން ވަނީ ގާޒާއިން ފައިބާފައެވެ. އެހެންނަމަވެސް ޕަލަސްތީނުގެ ބިންތަކަށް ދާންއޮންނަ މަގުތައް ބެލެހެއްޓުމުގައި މިސްރާއިއެކު އިސްރާއީލުންވެސް ގެންދަނީ ޙިއްސާ ކުރަމުންނެވެ.  އިންޓަރނޭޝަނަލް […]