ޔޫރަޕަށް ބޭނުންވާ ހަކަތަ ނުލިބިދާނެތީ ފަރަންސޭސިންގެ އާދޭސް 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަރަންސޭސި ރައީސްގެ ގަނޑުވަރުގައި ސަޢޫދީ ވަލީއަޙުދު މުޙަންމަދު ބިން ސަލްމާނުގެ ޝަރަފްގައި އޮތް ރޭގަނޑުގެ ފަރީއްކޮޅެއްގައި ރަޝިޔާގެ ތެލާއި ގޭސް ނުލިބުމުގެ ސަބަބުން ޔޫރަޕާށް ދިމާވެފައިވާ ނުކުޅެދުން ތެރިކަމުން އަރާގަތުމަށް އެހީވެދިނުން އެދި ވަލީ އަހްދު މުޙައްމަދު އަރިހުގައި ފަރަންސޭސި ރައީސް އެދި ވަޑައިގެންފިއެވެ.  ފަރަންސޭސި ރައީސް އޮފީހުން ހިއްސާ ކުރި ބަޔާނެއްގައި ބުނާގޮތުން ސަޢޫދީ ޢަރަބިޔާ އާއި އެކު ގުޅުން ބަދަހިކުރުމުގެ ބޭނުންތެރިކަމާއި އަދި ސަޢޫދީގެ ހަކަތަ ޔޫރަޕުގެ ގައުމުތަކަށް ފޯރުކޮށްދިނުން އިތުރުކޮށްދިނުން އެދިވަޑައިގެން އެކަމަށް ބާރު […]

ދިރުވާލައިގެން 240 ބުލެޓްގެ މަސްތުވާތަކެތި އެތެރެކުރި ދެމީހުންގެ ބަންދު އިތުރުކޮށްފި

ދިރުވާލައިގެން 240 ބްލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ ބިދޭސީއެއްގެ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ. ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި މިދިޔަ ޖޫން މަހު އަތުލައިގަތީ، އަޔަލޭންޑްގެ ދެ ފިރިހެނުންނެވެ. އެއީ ކެލްވިން މައިކަލް މުރޭ (41އ) އާއި އަލަން ވަލްޓަރ ކްރޮވް (41އ) އެވެ. އެއިން ކޮންމެ މީހެއްގެ ބަނޑުން 120 ބުލެޓްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެމީހުން ހައްޔަރުކޮށް، އެމީހުންގެ ގައިރު ހާޒިރުގައި ފުރަތަމަ ބަންދުކުރީ ފަސް ދުވަހަށެވެ. އެއީ އެމީހުންގެ […]

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިޔާގައި ބޭނުންކުރެވޭ ގޮތް ހަދައިފި

ރާއްޖެއާއި މެލޭޝިޔާގައިވެސް ދެ ގައުމުގެ އެއްގަމު އުޅަނދުގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭގޮތް ހަދައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ދެގައުމުން އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު، އާއިޝަތު ނަހުލާއެވެ. މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާސިއޮންގް އެވެ. ރާއްޖެއާއި މެލޭޝިޔާގައިވެސް ދެ ގައުމުގެ އެއްގަމު އުޅަނދުގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭގޮތް ހެދުމުގެ މަޝްވަރާ ދެ ގައުމުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޙަރާމް ކަންކަމަށް އަރައިގަންނަ މީހުން ތަޙުގީގުގެ ކުރިމައްޗަށް ޙާޒިރު ކުރެވެން ވާނެ

އިސްލާމީ އުންމަތެއްގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރި ކުރުމަކީ ވެރިކަމުގެ ބާރުގެ ތެރެއިން އަދާ ކުރަންޖެހޭ ދީނީވާޖިބެކެވެ.ކުށަށް އަރައިގަންނަ މީހާއަކީ ވެރިކަމުގެ ބާރާއި އަދި ޢާއިލީގޮތުން ގުޅިފައިއޮންނަ އޮތުމެއްގެ ސަބަބުން ތަފާތުކުރުން ޙަރާމްވާނެ ބޮޑު ނާއިނސާފެކެވެ. ޢަދުލު އިންޞާފު ގާއިމް ނުކުރާނަމަ އެގައުމެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. އެއްދަހަކު ޢަލީގެ ފާނުގެ ދަގަނޑު ދަހަނާކޮޅެއް ޔަހޫދީއެއްގެ އަތުންފެނިވަޑައި ގަތުމުން ޢަލީގެފާނު އެދަހަނާކޮޅު ހޯއްދަވުމަށްޓަކާ ފަނޑިޔާރުގެ އަށް ވަޑައި ގަތެވެ. އެ ދަގަނޑު ދަހަނާ ގެންގުޅުނު މީހާ އާއި ޢަލީގެ ފާނާއި ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.  ދަހަނާކޮޅު ގެންގުޅުނު މީހާ ބުނީ އެދަހަނާއަކީ އޭނާގެ ދަހަނާ ކޮޅެއް […]

ކަޝްމީރުގައި މުޙައްރަމް މަސް ފާހަގަކުރި މުސްލިމުންތަކެއްހައްޔަރުކޮށްފި

އާޝޫރާ ދުވަހުގެ ދެ ދުވަސް ކުރިން މުޙައްރަމް މަސް ފާހަގަކުރުމުގައި ބައިވެރިވުމަށްޓަކއި އިންޑިއާގެ ބާރުގެދަށުގައި އޮންނަ ކަޝްމީރުގެ މަގުތަކަށް ނިކުތް ގިނަ އަދަދެއްގެ ޝިޔާއީ މުސްލިމުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ފިއެވެ.  ސަލާމަތީ ގޮތުން ސްރީނަގަރުގައި އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާލެއް ނުބަހައްޓާ ދީނީ ޝިޢާރުތައް ފާޅުކުރަމުން ވަރަށްގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތް ކަމުގައި ވެއެވެ. ސްރީނަގަރުގައި ޝިޔާއީންގެ ދީނީ އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.  މި އެއްވުންތައް ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި ޝޮޓްގަން ބޭނުން ކޮށްފައެވެ. އަދި އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.         […]

ހެއްކަށް ނުފޫޒެއް ނުފޯރުވަން، މައްސަލައަށް ނުފޫޒު ފޯރުވަނީ ސަރުކާރުން: ޔާމީން

ވ. އާރަށުގެ މައްސަލައިގައި ހެއްކަށް ނުފޫޒުފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް ފެނިގެންދަނީ މި ސަރުކާރުން އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ގުޅައި މައްސަލައަށް ނުފޫޒުފޯރުވަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، […]

އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ. ރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔަކީ، ޗެކް ރިޕަބްލިކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ. މިއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އޭނާ އައި ތިންވަނަ އަހަރެވެ. ޑެނިއަލާ ރާއްޖެ އައި ފުރަތަމަ ފަހަރު ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރިއިރު ދެވަނަ ފަހަރު ހުރީ އަދާރަން މީދުއްޕަރުގަ އެވެ. މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން ޑެނިއަލް ރާއްޖެ އައިސް […]

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ނާޒިމް އާއި ނަޝީދު ދޫކޮށްލައިފި

ބަންލަދޭޝްގެ ޒުވާން އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުންހިންގަނިކޮށް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ވީޑިއޯތަކުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި އިތުރަށް ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުންނެވެ. ބަންދުން ދޫކޮށްލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އަބްދުއްސައްތާރާއި […]

ޗައިނާއިން ހަމަލާއެއް ދީފި ނަމަ ރައްކާތެރިވެވޭނެ ގޮތް ދެނެގަތުމަށްޓަކައި ޑްރިލް އެއް ޓައިވާނުގައި ބާއްވައިފި 

ޓައިވާނުގެ ސިފައިން ވަނީ މީގެ ދެ ދުވަސް ކުރިން ލައިވް ފަޔާ އާރޓިލެރީ ޑްރިލްއެއް ބާއްވާފައެވެ. މި ޑްރިލް ބެއްވުމުގެ މަގްސަދަކީ ޗައިނާއިން އެ ގައުމަށް ހަމަލާއެއް ދީފިނަމަ އެއިން ރައްކާތެރިވާން ދަސްކުރުން ކަމަށް އެ ގައުމުން ބުނެފައިވެއެވެ.  ޓައިވާންގެ އަށްވަނަ އާމީކޯޕްސްގެ ތަރުޖަމާނު ލޫ ވޮއެޖީ ބުނެފައިވާ ގޮތުގައި މި ޑްރިލް ފެށިފައިވަނީ މިދިޔަ އަންގާރަ ދުވަހު މެންދަމުގެ ވަގުތެއްގައެވެ. އަދި އެހާ ގިނަ ވަގުތު މިކަމަށް ހޭދަ ނުކޮށް ގަޑިއެއްގެ އިރު ތެރޭގައި ޑްރިލް […]

އަޖުވާ ކަދުރު: ސިހުރާއި ވިހައިން ރައްކާތެރިކޮށްދޭ އައްޑަނައެއް!

ކަދުރަކީ އަރަބި ގައުމުތަކުގައި ވަރަށް އާއްމު މޭވާއެކެވެ. ސިއްހީ އެތައް ފައިދާއެއް އެކުލެވިގެންވާ މޭވާއެކެވެ. ކަދުރުގެ ބާވަތްތަކުގެ ތެރެއިންވެސް އެންމެ ފައިދާ ބޮޑު ކަމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘް ބަސްފުޅުތަކުންނާއި، އަސްހާބު ބޭކަލުންނާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކުން ސާބިތުވެފައި އޮތީ މަދީނާ އަޖުވާ ކަދުރެވެ. އަޖުވާ ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ މޭވާއެކެވެ. އަދި އެއީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި މެގްނޭސިއަމްގެ އިތުރުން އަޔަން ފަދަ […]