ދިރުވާލައިގެން 240 ބުލެޓްގެ މަސްތުވާތަކެތި އެތެރެކުރި ދެމީހުންގެ ބަންދު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ދިރުވާލައިގެން 240 ބްލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ ބިދޭސީއެއްގެ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި މިދިޔަ ޖޫން މަހު އަތުލައިގަތީ، އަޔަލޭންޑްގެ ދެ ފިރިހެނުންނެވެ. އެއީ ކެލްވިން މައިކަލް މުރޭ (41އ) އާއި އަލަން ވަލްޓަރ ކްރޮވް (41އ) އެވެ.

އެއިން ކޮންމެ މީހެއްގެ ބަނޑުން 120 ބުލެޓްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

އެމީހުން ހައްޔަރުކޮށް، އެމީހުންގެ ގައިރު ހާޒިރުގައި ފުރަތަމަ ބަންދުކުރީ ފަސް ދުވަހަށެވެ. އެއީ އެމީހުންގެ ބަނޑުން އެތަކެތި ބޭރުކުރެވެންދެނެވެ.

އެއަށްފަހު އެ ތަކެތި އެމީހުންގެ ބަނޑުން ބޭރުކޮށް ނިމިގެން ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ކޯޓަށް ހާޒިރުކޮށް، ކުރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް ހަތް ދުވަސް ދިނެވެ.

އެ މުއްދަތުވެސް ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް އިތުރު އަށް ދުވަސް އިތުރުކޮށްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް