ޔޫކްރޭން-ރަޝިޔާ ހަނގުރާމައިގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެ

ރަޝިޔާއިން ޔޫކްރޭން ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ ޚަރުކިފްގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެއެވެ. ޚަބަރުލިބިފައިވާ ގޮތުގައި ބަޑީގެ ޝިކާރައަކަށް ވެގެން މަރުވެފައި ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ދަރިވަރެކެވެ. ނަވީން ޝޭކަރައްޕާއެވެ. އެއީ ޑޮކްޓަރކަން ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ މަރުވި ޚަބަރު ލިބިވަޑައިގަތުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ނަވީން ގެ ބައްޕައާ ފޯނުން ގުޅުއްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އިންޑިއާގެ ދަރިވަރަކު މަރުވުމުގެ ކުރިން ވެސް ޔޫކްރޭންގައި ހުންނަ އިންޑިއަން އެމްބަސީން ފޯނަށް […]
އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރި ޒުވާން އީމާންގެ މަރުން އިބުރަތްތެރި ފިލާވަޅުތަކެއް ނަގަން ޖެހޭ

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ހިންގި އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރި ޒުވާން އާމިނަތު އީމާން 29އ ގެ މަރުން ދިވެހިން ވަރުގަދަ ފިލާވަޅުތަކެއް ނަގަން އެބަޖެހެއެވެ. އޭނާއަކީ އުޖާލާ ކުރިމަގެއް އޮތް ޒުވާނެކެވެ. ކުޑަކުޑަ ދެކުދީންގެ މަންމައެކެވެ. އޭނާ އާޚިރަތަށް ދަތުރުކުރިއިރު އޭނާއަކީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތްތެރި އަދި ހިންގުންތެރި މެންބަރެކެވެ. އީމާން އެކްސިޑެންޓުވީ، ސްޕީޑް މަޑުކުރަން ހަދާފައި ހުންނަ ބަމްޕަރެއްގެ މަތިން ސައިކަލު ކަހާލައި ކޮންޓްރޯލް ނެއްޓުމުގެ ސަބަބުން […]