އައިޔޫއެމްގެ ކޯސްތަކަށް ވަނުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ( އައިޔޫއެމް)ން އަންނަ އަހަރަށް ފަށާ ކޯސްތައް އިއުލާންކޮށް އެކޯސްތަކަށް ވަނުމަށް އެދުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފިއެވެ. އައިޔޫއެމްން ވަނީ އެ ޔުނިވާސިޓީން އަންނަ އަހަރު ފެށުމަށް ހަމަޖައްސާފައިވާ 58 ކޯހަކަށް ވަނުމަށް އިއުލާންކޮށްފައެވެ. އައިޔޫއެމް އިން ބުނީ އެ ކޯސްތަކަކީ އައިޔޫއެމް އާއި އައިޔޫއެމްގެ ލާނިން ސެންޓަރުގަތުގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފެށުމަށް ހަމަޖައްސާފައިވާ ކޯސްތައް ކަމަށެވެ. މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، […]
މާލޭގެ މިސްކިތްތަކުގައި ކެމެރާހަރުކުރަނީ
މާލޭ މިސްކިތްތަކުގައި ކެމެރާހަރުކުރާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލްން ބުނީ މިސްކިތްތަކުގައި ކެމެރާ ހަރުކުރަނީ އެ ކައުންސިލުގެ ފަރާތުން، މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 09:00 ގައި ބީލަން ރަޖިސްޓްރީ ކުރުމާއި މައުލުމާތު ސާފްކުރުން އެއިދާރާގައި އޮންނާނެ ކަމަށެވެ. އަދި އަގުހުށަހެޅުން މިމަހު 23 ގައި […]
ކަނޑު ދަތުރުކުރާފަރާތައް ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓުގާޑުން އިލްތިމާސްކުރައްވައިފިއެވެ. އެމްއެންޑީއެފުން ވަނީ ވައިގަދަވެ ކުރިމަތިވެދާނެ ހާދިސާއަކަށް ހުރިހާ ފަރާތްތަކުން ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ކަނޑު ދަތުރުކުރުމުގައި ސަމާލްވުމަށް އެމްއެންޑީއެފްން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ އަށް ވައިދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓްވެސްވަނީ ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅާއި ހދ.އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ […]
މުޣަލް އެމްޕަޔަ -17
http://sandhaanu.today/16124/ އާއި ގުޅޭ ސޭރު ޝާހުގެ ގައުމީ ޅެންތަކުގައި ރަނގަޅަށް ކުލަޖެހެންފެށީ ސަފާވިދުންގެ މަދަދު ލިބިގެން ނުރަސްމީ ސިފައެއްގައި 1709 އިން 1715 އަށް މީރު ވާއިސް ޚާން ކޯތަކު ކަންދަހާރުގެ ވެރިއަކަށްހުރި ދުވަސްވަރުގައެވެ. އޭނާއަކީ ޣިލްޒާއިންގެ ކޯތަކު ޚާންދާނަށް ނިސްބަތް ކުރެވޭ ބޭފުޅެކެވެ. އޭނާއަށްފަހު ވެރިކަމަށް އިސްވެ ވެޑައިގެންނެވި އޭނާދަރި މީރު މަޙްމޫދަކީ އެހާ މަޑުމައިތިރި ބޭފުޅަކަށް ނުވިއެވެ. އެންމެފުރަތަމަ އޭނާގެ ބާރުގެދަށަށް ގެންނަންވެގެން ޙަމަލާދޭންފެށީ އީރާނުގެ ކަރްމާނަށެވެ. ދެން 1722 ވަނައަހަރު ސަފާވިދުންގެ ވެރިރަށް އިސްފަހާނަށް […]
އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމުގެ ބާރު ރައީސަށްދޭ ބިލު ތަސްދީގު ކުރައްވައިފި
ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރުން މަނާކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލުގައި އިސްްލާހު ހުށަހަޅާފައި ވަނީ މި ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، ’ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން‘ މި […]
ކުޑަކުއްޖަކަށް ބިރުދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާކޮށްފި
އައްޑޫސިޓީގައި ކުޑަކުއްޖަކަށް ބިރު ދައްކައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުހަކަށް ދައުވާ ކޮށްފިއެވެ. މި މައްސަލައިގައި ޖިންސީ ގޯނާ ލިބިފައިވާ ކުއްޖާ އަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށެގެން އެކި ދުވަސް މަތިން އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް […]
ލޯބީގެ މަންޒިލު-11
http://sandhaanu.today/16298/އާ ގުޅޭ ”ދޮރު ހަލާކުކޮށްލައިގެން ނަމަވެސް ހުޅުވޭތޯ އަހަރެން އެބަ ބަލަން.“ ”ތި ދައްކަނީ ކޮންކަހަލަ މޮޔަ ވާހަކައެއް؟“ ސުޝީލާ ވާހަކަ ދެއްކިއެވެ. ”އަޑެއް ނީވޭ ގޮތަށް ދޮރު ހަލާކުކޮށެއް ނުލެވޭނެ. އާންމުކޮށް ނީވޭ އަޑެއް އިވެން ފަށާއިރަށް އެ އިވެނީ ކޮން އަޑެއްތޯ ބަލަން މީހުން ބޭރަށް ނިކުމެ ތިބޭނެ. ދޮރު ހަލާކުކޮށް ބޭރަށް ކަލޭ ނިކުންނަ އިރު މީހުން ބޯދިއްކޮށްގެން ބަލަން ތިބޭނެ. އޭރުން އަހަރެންގެ އެއްވެސް އަގެއް ހުރުމަތެއް ނޯންނާނެ.“ ”ދެން ހަދަންވީ […]
ދެކުނާއި އުތުރުގައި ހުރި ހައިކޯޓްގެ ދެ ގޮފި އުވާލުމަށް ހުށަހަޅައިފި
ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާއިރު އޭގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށާއި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އެނޫންވެސް އިސްލާހު […]
މަސްތުވާތަކެތި ވިއްކަން މަސައްކަތްކުރި މީހާއަށް ކުރި ހުކުމް ތަންފީޒު ކުރާނެ
މެލޭޝިޔާ އާއި ސިންގަޕޫރުގެ ބޯޑަރު ސަރަހައްދުގައި މަސްތުވާތަކެތި ވިއްކަން މަސައްކަތް ކުރި އުމުރުން 33 އަހަރުގެ ނަގެންތުރާން ކޭ ދަރްމަލިންގަމް ފުލުހުން ހައްޔަރުކޮށްފައިވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭރު އޭނާގެ އުމުރަކީ 21 އަހަރެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހަށިގަނޑުގައި 42.72 ގްރާމް ހެރޮއިން ފޮރުވައިގެން އުޅެނިކޮށެވެ. ސިންގަޕޫރުގެ ގާނޫނުގެ ދަށުން 15 ގްރާމަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މީހަކު ފެނިއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެއެވެ. […]
ޖެރޫސަލަމްގައި އެމެރިކާ އާއި ފަލަސްތީނުގެ ކޮންސިއުލޭޓްއެއް ގާއިމު ނުކުރެވޭނެ: އިޒުރޭލު
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން އާއި އިޒްރޭލުގެ ބޮޑުވަޒީރު، ނަފްޓާލީ ބެނެޓް ދާދި ފަހުން ވޮޝިންގްޓަންގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާއާއި ފަލަސްތީނުގެ ކޮންސިއުލޭޓެއް ޖެރޫސަލެމްގައި އަލުން ގާއިމު ކުރުމުގެ ޝައުގުވެރިކަން ބްލެންކިން ވަނީ ފާޅުކުރައްވަފައެވެ. ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ވަގުތުން މިހުށައެޅުމަށް އިންކާރުކުރެއްވިއެވެ. ނަފްޓާލީ ބެނެޓް ވިދާޅުވި ގޮތުގައި އެމެރިކާގެ މި އެދުން ފުއްދައިދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި މިއީ ސިޔާސީ މަގުސަދެއްގައި ކުރާކަމެއްނޫން ކަމަށާއި އެއްގޮތަކަށްވެސް މިފުރުސަތު ދެވެން ނެތްކަމަށް އޭނާ […]