ޕިކްނިކަށް ދާނެ ރަށެއް ފަސް މަސް ތެރޭހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މާލެ ކައިރީ ސަރަހައްދުން ޕިކްނިކަށްދާނެ ރަށެއް ތަރައްގީކުރުމުގެ ގޮތުން ފަސްމަސް ތެރޭ ކުޑަގިރި ފަޅު ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުކުރމަށް ހަމަޖައްސާފައިވާ މި މަޝްރޫއުގެ ދަށުން އެރަށުގައި […]
ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަޖިލީހުގެ ރައީސް، ރައީސްމުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. ކޯޓުން ބަންދުގެ މުއްދަތު އިތރުކުރީ މެއި ހައެއްގައި ނަޝީދަށް ދިން ހަމލާއާ ގުޅިގެން ހައްޔަރުކުރި އިސްހާގު އާއި ފަހުމީ އަލީގެ ބަންދުގެ މުއްދަތުއެވެ. މި ދެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޖުލައި މަހުގެ ފަހުކޮޅު ކްރިމިނިލް ކޯޓުން ވަނީ 30 ދުވަސް ޖަހައި ދީފައެވެ. އެ ދެމީހުންގެ ބަންދަށް […]
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދައްމާލަން ނިންމާފައިވާ ކަމަށެވެ. މުއްދަތު އިތުރުުކުރުމަށް ނިންމީ ރައްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ […]
ސިއްޙީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރައަށް 70000 ރުފިޔާ ޖަމާކޮށްފި!

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވީއިރު މުސާރައިގެ ގޮތުގައި އޮޅިގެން މިމަހު ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފިއެވެ. ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ބޮޑެތި އަދަދުތައް ޖަމާކޮށްފައި ވާއިރު އަނެއްބައި މުވައްޒަފުންނަށް ލިބެން ޖެހޭ މުސާރައަށްވުރެ ކުޑަކޮށް ވެސް ޖަމާކޮށްފައި ވެއެވެ. އެގޮތުން މުސާރައިގެ ގޮތުގައި އޮޅިގެން މިމަހު ބައެއް މުވައްޒިފުންނަށް 70،000 ރުފިޔާ އާއި 30،000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ވެސް ޖަމާކޮށްފައި ވެއެވެ. އަދި މީގެ އިތުރަށް ބައެއް މުވައްޒަފުންނަށް 6000 […]