ސިއްޙީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރައަށް 70000 ރުފިޔާ ޖަމާކޮށްފި!

Loading

Facebook
Twitter
WhatsApp

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވީއިރު މުސާރައިގެ ގޮތުގައި އޮޅިގެން މިމަހު ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފިއެވެ.

ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ބޮޑެތި އަދަދުތައް ޖަމާކޮށްފައި ވާއިރު އަނެއްބައި މުވައްޒަފުންނަށް ލިބެން ޖެހޭ މުސާރައަށްވުރެ ކުޑަކޮށް ވެސް ޖަމާކޮށްފައި ވެއެވެ.

އެގޮތުން މުސާރައިގެ ގޮތުގައި އޮޅިގެން މިމަހު ބައެއް މުވައްޒިފުންނަށް 70،000 ރުފިޔާ އާއި 30،000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ވެސް ޖަމާކޮށްފައި ވެއެވެ. އަދި މީގެ އިތުރަށް ބައެއް މުވައްޒަފުންނަށް 6000 ރުފިޔާ އަދި 7000 ރުފިޔާ ވެސް މަދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކުރުމަކީ ފިނޭންސް މިނިސްޓްރީން ކުރާ މަސައްކަތެކެވެ. މިކަމާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް