އަޅުގަނޑަކީ ސީރިޔާ އަށް މީހުން ފޮނުވާ މީހެއްނޫން: އަލީ ރަމީޒު

އޭނާ އަކީ ހަރުކަށިފިކުރު ފަތުރާ މީހުން ރެކްރޫޓްކޮށް ސީރިޔާއަށް ޖިހާދުވުމަށް މީހުން ފޮނުވާމީހެއް ނޫންކަމަށާ، ކުރާ ކަމަކީ ދީނީގޮތުން މީހުން ހޭލުންތެރިކުރުވުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ރަމީޒުވިދާޅުވެއްޖެއެވެ. ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު އެ ޖަމިއްޔާއިން ގެނެސްދިން ޕްރޮގްރާމެއްގައިވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން […]

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ”އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު“ ން ފަސް ރަށަކަށް އެހީވާން ނިންމައިފި އެވެ. ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ރަށްރަށުގެ ތެރެއިން ފަސް ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި ހޮވުނު އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓަކީ: ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން – ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ށ. ޅައިމަގު ގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން – ޅައިމަގު […]

ޖާބިރުގެ އާ ރިސޯޓްގެ ބައެއް އާއްމުންނަށް ހިލޭ ހުޅުވާލަނީ

    މަޝްހޫރު ވިޔަފާރި ވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު  އަބްދުﷲ ޖާބިރު އަލަށް ތަރައްގީކުރަމުން އަންނަ ވ. ބޮޑުމޮހޮރާގެ ވަކި ސަރަހައްދެއް މިއަދުން ފެށިގެން އާންމުންނަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެރަށުގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި އިއްޔެ އާންމު ކުރެއްވި ވީޑިއޯ އެއްގައި ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާގައި ތަރައްގީކުރާ ”ޖާބިރު ހެޕީ ކްލަބް“ މިއަދުން ފެށިގެން ދިވެހި ރައްޔިތުންނަށް އެރަށުން މަރުހަބާ ކިޔާނެ ކަމަށެވެ. ޖާބިރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި […]