ދޭސީއަކަސް ބިދޭސީއަކަސް ”ކެއްސަމުން ލޯގަނޑެއް ނުއުކޭނެ“

އިނގިރޭސިންގެ ޙިމާޔަތުގައި ދިވްހިރާއްޖެ އޮތްގޮތާއިމެދު ތަފާތު ޝުޢޫރުތައް ފާޅުކުރެވިފައި އެބަހުއްޓެވެ. އެދުވަސްވަރު ކޮޅުބުގައިހުންނެވި ގަވަރނަރ އެފަހަރަކު ވިޔަފާރީގެ ގޮތުން ގުޅިވަޑައިގަންނަވާ ބައެއްގެ މަސަލަޙަތު، އިނގިރޭސި ދައުލަތުގެ މަސްލަޙަތަށްވުރެ އިސްވެފައިވެސް ހުއްޓެވެ. އަދި އޭގެމައްޗަށް ބިނާކޮށް އިންސާފުގެ ސިއްކަޖެހިފައިވާލެއް މަދެއްނޫނެވެ. މިކަންއެގެނީ، ދިވެހިރަސްކަމުގައި އެދުވަސްވަރު ރިދަލިކުރެއްވި ރަސްރަސްކަލުންނާއި ބޮޑުވަޒީރާއި އަދި ވަޒީރުންގެ ކޯލިޝަން ރޫޅޭހިނދު އެދެމެދަށް ގަވަރނަރ ވަންނަލެއް ފަސޭހަކަން، ”ދިވެހިތާރީޚަށް އައު އަލިކަމެއް“ ދިރާސާކޮށްލުމުން ފެންނަން އޮތީތީއެވެ. މިފޮތަކީ ދިވެވިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ދެވަނަޗާޕު […]
އައު އަހަރާ ކުރިމަތިލާއިރު: މުޖުތަމިއުގައި ފެތުރިފައި ހުރި ބަލިތަކުގެ ނުބައި އަސަރު އެތައް ގުނައެއް އިތުރުވެއްޖެ

މުޖުތަމަޢުގައި ފެތުރިފައި ހުރި އެތައް ބަލިތަކެއްގެ ނުބައި އަސަރު، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު، އެތައް ގުނައެއް އިތުރުވެފައިވާކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، ވަޒީފާ ނެތް ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި ޢާއިލާތައް އުފުލަންޖެހޭ ތަކުލީފުތައްވެސް ވަނީ، އެތައް ގުނައެއް ބޮޑުވެފައިކަމަށެވެ. ”މިކަންކަން ޙައްލުކުރުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގެ […]