ހަފުތާ 14 ގެ ހުރިހާ ވައުދެއްހެން ފުއްދިއްޖެ: ރައީސް

ހަފުތާ 14 ގެ ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުޢިއްޒު މިހެން ވިދާޅުވީ ’ރައީސްގެ ޖަވާބު‘ ސިލްސިލާގެ ތެރެއިން މިއަދު ވައުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާމެދު ރައްޔިތަކު ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ. އޭނާ ބުނީ ރައީސްކަމަށް ޑރ.މުޢިއްޒު ހޮވާފައިވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ އުންމީދާއެކު ކަމަށެވެ. އެހެންކަމުން މިހާތަނަށް މި ވައުދުގެ ކިހާ އިންސައްތައެއް ސަރުކާރުން ހާސިލުކޮށްފައިވޭތޯ އޭނާ ސުވާލު ދެންނެވިއެވެ. ރައީސް ވިދާޅުވީ އެންމެ […]
ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ. އިއްޔެއިން ފެށިގެން ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައެވެ. އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް: ދިރާގު އެޕް/ ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށްއުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށްބީއެމްއެލް ޕޯޓަލް މެދުވެރިކޮށްފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށްބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތު ހައުސްއިން ބުނީ މި މަހުގެ 28 […]
ހަށިވިއްކުމުގެ ތުހުމަތުގައި އައްޑޫން 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ދެ ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފިއެވެ. މި އެންމެން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ. ފުލުހުން މިއަދު ބުނީ މި މަހުގެ ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ގެއިން ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ […]
ރޯދަމަހު ހޮޓާތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފި

ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު […]
މަޖިލިސް އިންތިޚާބުގައި އަލަށް ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

އަންނަ އޭޕްރީލް 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. އިންތިޚާބު ފަސްކުރުމާއެކު 560 މީހުންނަށް ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައެވެ. އީސީއިން މިއަދު ގެޒެޓު ކުރި އިއުލާނާއެކު ވަނީ މި ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގެ […]
އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ތިން މުވައްޒަފަކު ޢުމްރާގެ އަޅުކަމަށް ފޮނުވަނީ

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު މި ކުންފުނީގެ ހަރަދުގައި ޢުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ލިޔުން ހަވާލުކޮށްދެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ފަޞީލް މުޙައްމަދާއި ޙާމިދު […]
ބ.މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބ.މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ. މިގޮތަށް ކަނޑައަޅުއްވަން ގަރާރުގައި ސޮއިކުރައްވާފައި ވަނީ އޭދަފުށީ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ބ.އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުން ފެށްޓެވުމުގެ ކުރިންނެވެ. އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމަށެވެ. އެހެންކަމުން އޭދަފުށީގެ ބައެއްގެ ގޮތުގައި އެ ރަށް ކައިރީގައި އޮންނަ މާއްޑޫ […]
ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ނުރައްކާތެެރި އެކްސިޑެންޓެއް ހިނގައިފި

ިބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ނުރައްކާތެެރި އެކްސިޑެންޓެއް ހިނގައިިފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1 ގެ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގުރޭޝަން ޑިޓެންޝަން ސެންޓަރ ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ރޭ 2:30 ހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގި ތަން ފެނުނީ އޭރު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު […]
އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވައިލަނީ

އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވައިލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މެންދުރުފަހު ރ.ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރަށު ޕިކަޕަކީ، ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ދުއްވާ އެއްޗެއްކަމުގައި ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށު ޕިކަޕުން ނަގާ ފީ އުވައިލުމަކީ ވަރަށް ގިނަ ކައުންސިލުތަކާއި ރައްޔިތުންގެ ފަރާތުން ވެސް އެދޭ ކަމެއް ކަމަށެވެ. ރަށު ޕިކަޕުގެ ފީ އެއްގެ ގޮތުގައި 1800 ރ. ސަރުކާރުން […]
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ރޯދައިގެ ކުރިން ދެވޭތޯ ބަލާނަން: ރައީސް

މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރ.ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު މަސްވެރިންނަށް 230 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި އެ ފައިސާ ދީފައިވާނެ ކަމަށާއި މީގެއިތުރުން 400 އެއްހައި މިލިއަން ރުފިޔާ މިހާރު ދޫކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ […]