ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަަމަށާއި އުދައިގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭވެހޭނެ ކަަމަށާއި އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މިރޭގެ މޫސުން ލަފާކުރާ ގޮތުގެ މައުލޫމާތު ހާމަކުރަމުން މެޓް އޮފީހުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް […]
އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދައި އާންމުކުރަމުންދިޔަ ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް ދީފި

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ޝާއިއުކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ބަންދުކުރުމަށް ކްރިިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން މިއަދު ބުނީ މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް […]
ކައުންސިލުތަކުގެ 6 ގޮނޑީގެތެރެއިން 4 ގޮނޑި ޕީއެންސީއަށް, ޑިމޮކްރެޓްސް އަދި އެމްޑީޕީ އަށް 1

މިއަދު ބޭއްވި ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ހަތަރު ބައި-އިލެކްޝަނެއް ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަނާއި ހއ.އުތީމާއި ނ.ލަންދުއާއި ނ.ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަނާއި ހއ.ތަކަންދޫ އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއިން ވަނީ ހަތަރު އިންތިޚާބެއް ކާމިޔާބުކޮށްފައެވެ. އެ އިންތިޚާބުތަކަކީ އުތީމު ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަން ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމުގެ […]
އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދައި އާންމުކުރަމުންދިޔަ ޔާޔާ ނަބީލު ހައްޔަރުކޮށްފި

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯއާއި ފޮޓޯ ޝާއިއުކުރަމުންދިޔަ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހަވީރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ […]
މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާތަން: ޖަމީލު

މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މި ސަރުކާރުން އައި ފަހުން ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔައީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅި ތަން ކަމަށާއި ކުރިން ކަންތައް ކުރިގޮތާ ތަންފުކެއް ވެސް ތަފާތެއް ނުފެންނަ ކަމަށެވެ. އެގޮތުން ގާނޫނަށް ގޮންޖެހުން އާންމުވެފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. […]
ތިލަފުށީގެ 1 ވަނަ އަދި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ސިނާއީ ބޭނުމަށް ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފިއެވެ. އެޗްޑީސީއިން ބުނީ ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް އިއްޔެ ހުޅުވާލައިފައިވާއިރު ބީލަމުގެ އުސޫލުން […]
ރައީސް ޑރ.މުޢިއްޒުގެ މަންދޫބުގެ ހައިސިއްޔަތުން ޑރ.ޝަހީމް ގަމްބިއާއަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގަމްބިއާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ގަމްބިއާއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ އޯއައިސީގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބުގެ ގޮތުގައެވެ.
“ސުޕަރ މެޖޯރިޓީ“ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށާއި ސުޕަރ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމަށް ސަރުކާރުން ބުނެފިއެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ވަނީ 70 އަށްވުރެ ގިނަ ގޮނޑި ހޯދައިފައެވެ. އަދި އަމިއްލަ ގޮތުން ހޮވުނު ބައެއް މެންބަރުން މިހާރު ވަނީ ޕީއެންސީއާ […]
އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމު: ފަސްޓް ލޭޑީ

އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމު ކަމަށާއި، އަންހެނުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައިރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ“ ގެ ދެވަނަ ދައުރު އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މި ކޮމިޓީ އިފުތިތާހުކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ރޭ ބޭއްވެވި […]
އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި އިތުރު ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި އިތުރު ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. ޕީއެންސީއަށް ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވި މުޙައްމަދު ރަޝީދެވެ. އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވުނު އިތުރު 6 މެންބަރަކު ވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އިއްޔެ ޕީއެންސީއަށް ސޮއިކުރެއްވީ ޑރ. އަނާރާ ނަޢީމް (ހުރާ ދާއިރާ) އާއި ޙަސަން ޒަރީރު (މަތިވެރި ދާއިރާ) އާއި އަޙްމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ) އާއި އަޙްމަދު ރިޔާޒް (ތިމަރަފުށި ދާއިރާ) […]