އ. ދ. ގެ އާންމު ޖަލްސާގައި ނަތަންޔާހޫއަށް ދޫ އޮޅިއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫއަކީ އީރާނަށް އެކި ފާޑު ފާޑުގެ އިންޒާރު ދިނުމަށް  އާންމު ގޮތެއްގައި އ. ދ. ގެ ޕްލެޓްފޯމް ތަކުގެ ބޭނުންކުރައްވާ ބޭފުޅެކެވެ. ސަބަބުތަކެއްވެސް އޮވެގެންނެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނަހަލާލު ދަރިއަކަށްވީތީއެވެ. ކޮންމެ ވާހައެއް ދެއްކެވިޔަސް ކުށްވެރި ނުވާނެކަން އެނގޭތީއެވެ.  މި ފަހަރު އ. ދ. ގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީރާނާއި ދެކޮޅަށް ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރައްވާފާނެ ކަމުގެ އިންޒާރުވެސް ދެއްވުނީއެވެ.  ކޮންތާކު ހުރި ނިއުކްލިއަރ ހަތިޔާރެއްކަން ވިދާޅުނުވެވެނީސް އެއީ ދޫފުޅު އޮޅިގެން ވިދާޅުވެވުނު […]

ސިކުންގެ ދީނީ ލީޑަރ މަރާލުމުގައި އިންޑިއާގެ އަތެއްވޭ – ކެނެޑާ

މިއަހަރު ޖޫންމަހުގެ 18 ވަނަދުވަހު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގައި ސިކުންގެ މަޝްހޫރު ލީޑަރ ހަރދީޕް ސިންގހް ނިއްޖާރު ބަޑިޖަހާ މަރާލުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ އެކަމުގައި ނިއުދިއްލީގެ ބައިވެރިވުން އޮތްކަން ކެނެޑާގެ އިންޓެލިޖެންސް އޭޖެންސީ ތަކަށް ގަބޫލުކުރެވޭވަރަށް ހެކި ލިބިފައިވާކަމަށެވެ. ޕާރލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ޓްރޫޑޯ ވިދާޅުވެފައިވަނީ މިފަދަ ޓެރެރިޒަމްގެ ޢަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ސިޔާސީގޮތުން ބޮޑު ހަމަނުޖެހުމެއް އަތުވެދާނެކަމަށެވެ. އަދި އަމުދުން ސްޓޭޓް ސްޕޮންސަރޑް ޓެރެރިޒަމްގެ […]

ޔޫކްރެއިންގެ ތާރީޚުގައި ފުރަތަމަފަހަރަށް މުސްލިމް ދިފާޢީ ވަޒީރެއް

ޔޫކްރެއިންގެ ރައީސް ވޮލޯޑިމިރ ޒެލެންސްކީ އ.ދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ވޯޝިންގްޓަނަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ މުޅި ދިފާޢީކެބިނެޓް ވަޒީފާއިން ވަކިކޮށްފިއެވެ.  މިކަމާއިބެހޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ޔޫކްރެއިންގެ ޕްރާވްޑާ ނިއުސް އޭޖެންސީއިން ޚަބަރު ދީފައިވާ ގޮތުގައި މިއީ މުޅި ދިފާއީ ވުޒާރާ އެއްކޮށް ބަދަލު ކޮށްލަން ރައީސް ކުރެއްވި ކަމެކެވެ. މީޑިއާތަކުން ގަބޫލުކުރާ ގޮތުގައި މިއީ ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހު ކޮރަޕްޝަންގެ ތުޙުމަތުގައި ވަޒީފާއިން ވަކިކުރެވުނު ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވްގެ މައްސަލައާއި ގުޅުންހުރި ފިޔަވަޅެކެވެ. […]

ޗައިނާގެ ދިފާއީ ވަޒީރު މަގާމުން ދުރުކޮށް ތަޙްގީގަށް ފޮރުވައިފި – އެމެރިކާ

ފައިނޭންޝަލް ޓައިމްސް އަށް ޙަވާލާދީ ބުލޫމްބާރގް ނިއުސް އިން ޚަބަރު ދީފައިވާގޮތުގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ މިވަގުތު ހުންނެވީ ތަޙުގީގަށްޓަކައި މަގާމުން ދުރުކުރައްވާފައި ކަމަށް އެމެރިކާއިން ބުނެފިއެވެ. މިއީ ރައީސް ޝީ ޖިންފިންގް ގެ ތިންވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މެދުވެރިވެފައިވާ މިފަދަ ތިންވަނަ ޙާދިސާއެވެ. އެހެންނަމަވެސް މިކަމާއި ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާއިން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.                                […]

ޔަމަނުގެ ސުލްޙައަށް އިތުރު ތަކުލީފް

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށްކުރަމުންގެންދާ މަސައްކަތުގައި އެ ހަނގުރާމައިގެ އެންމެ ފުނުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސްގެ މެދުގައި އުފެދެމުންދާ ދެބަސްވުންތަކުގެ ސަބަބުން ސުލްޙައަށް ކުރެވެމުންދާމަސައްކަތަށް އިތު ތަކުލީފު ތަކެއް މެދުވެރި ވެއްޖެއެވެ. ޔަމަންގެ ހަނގުރާމާގައި މިހާތަނަށް ހަތަރުލައްކައަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަނގުރާމާގައި ހޫތީންނާ ދެކޮޅަށް އެމިރޭޓްސްއަށް ތާއީދުކުރާ 126000 ސިފައިން ޙަރަކާތްތެރި ވަމުންގެންދާއިރު ސަޢޫދީ އެރޭބިޔާ އަށް ވަފާތެރި އެއްލައްކަ ސިފައިންވެސް ހޫތީންނާ ދެކޮޅަށް ޙަރަކާތްތެރި ވަމުންގެންދެއެވެ.                     […]

ހިފާއްޓާފައިވާ އީރާނުގެ ފައިސާއިން 6 ބިލިއަން ޑޮލަރު އަނބުރާ ދެނީ

އީރާނުގައި ހިފާއްޓާފައި ތިބި އެމެރިކާގެ ފަސް ރައްޔިތަކު މިނިވަންކުރުމަށާއި އަދި އެމެރިކާގައި ހިފާއްޓާފައިތިބި އީރާނުގެ ފަސް ރައްޔިތަކު މިނިވަން ކުރުމަށްޓަކައި ކުރެވެމުންދިޔަ މަޝްވަރާތައް ކާމިޔާބު ކުރެވިއްޖެއެވެ. އެގޮތުން އެމެރިކާގެ އަމުރަށް ދެކުނު ކޮރެއާގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެ ތެރެއިން 6 ބިލިއަން އެމެރިކާ ޑޮލަރު އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްވެސް ގުޅުމެއް ނެތް ގޮތުގައި ބައިނަލް އަގްވާމީ ފައިސާ ބަދަލުކުރުމުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އީރާނަށް އަނބުރާ ދިނުމަށްޓަކައި ގަތަރުގެ ބޭންކަކަށް ޓްރާނސްފަރ ކުރުމުގެ މަގު އެމެރިކާ ސަރުކާރުން ހުޅުވާދީފިއެވެ. ދެގައުމުން […]

މެލޭޝިޔާގެ ޔޫތު ޕާރޓީ ސަރުކާރާ ދުރަށް

ކުއާލާލަމްޕޫރުން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މެލޭޝިޔާގެ ޒުވާނުން ތަމްސީލު ކުރަމުންގެންދާ ސިޔާސީ ޕާރޓީ ޔުނައިޓެޑް ޑިމޮކްރެޓިކް އެލަޔަންސް ( މުޑާ ) އިން އަންވަރު އިބްރާހިމްގެ ސަރުކާރުންވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރަމުންގެންދާ ކަމަށް ތުޙުމަތުކޮށް އެ ސަރުކާރާއެކު ބައިވެރިވެފައިވާ ބައިވެރިވުމުން  ވަކިވެއްޖެއެވެ.  އެ ޕާރޓީން ހާމަކޮށްފައިވާ ގޮތުގައި ބޮޑުވަޒީރުގެ ނައިބު އަޙުމަދު ޒާހިދު ޙަމީދީގެ މައްޗަށް ކުރެވުނު ގިނަ އަދަދެއްގެ ކޮރަޕްޝަންގެ މައްސަލަ އޮއްބާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ އަންވަރުގެ ސަރުކާރު އުފެއްދުމަށްޓަކައި ޙަމީދީ ކުރިން ހުންނެވި ޔުނައިޓެޑް މެލޭ ނޭޝަނަލް އޯގަނައިޒޭޝަންގެ ބައިވެރިވުން ބޭނުންވާތީ […]

އިންޑޮނޭޝިޔާގެ ހައިސްޕީޑް ރޭލުގެ ފުރަތަމަދަތުރު ލީ އާއި އެކު

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެދަށުން އިންޑޮނޭޝިޔާގެ ބޮޑު ދެ ސިޓީ އެއް ގުޅާލަދޭ ހައި ސްޕީޑް ރޭލުގެ ޓެސްޓް ދަތުރުގައި ޗައިނާގެ ޕްރިމިއަރ ލީ ގިއާންގް ބައިވެރިވެ ވަޑައިގެންވިކަމަށް ޖަކާޓާއިން އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރުދީފިއެވެ.  ޕްރިމިއަރ ލީ އިންޑޮނޭޝިޔާއަށް ވަޑައިގެން މި އުޅުއްވަނީ  އާސިއާން އާއި އަދި ބައެއް އެހެން ގައުމުތަކުގެ ވެރިންނާއިއެކު ދެ ދުވަހުގެ މަޝްވަރާ އަކަށެވެ. އޭގެ ތެރޭގައި ހުޅަނގުގެ ބައެއް ލީޑަރުންނާއި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހަރިސް އަދި ޖަޕާނުގެ ބޮޑުވަޒީރު […]

ޔޫކްރެއިންގެ އިދިކޮޅު ހަމަލާތައް ފޭލިވާތީ ހުޅަނގުން ވެލި ކާންޖެހިދާނެ

ޓެލިގްރާފުން ޚަބަރު ދީފައިވާގޮތުގައި ހުޅަނގުގެ ފުރިހަމަ އެއްބާރުލުމާއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ކުރިއަށްގެންދާ ކައުންޓަރ އޮފެންސިވް ހަމަލާތައް ކާމިޔާބު ވަމުންނުދާތީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ކުރިމަތި ލުމުގެ ގާބިލުކަން ނެތްކަމުގައި ގަބުޅުކުރަން ޖެހިދާނެއެވެ. ހުޅަނގުގެ ބާރުގަދަ ބަރު ހަތިޔާރުތަކާއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް 18 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ޔޫކްރެއިނަށް ޙާސިލުކުރެވުނު ފާހަގަ ކުރެވިދާނެފަދަ ކާމިޔާބީއެއް ފެންނާކަށް ނެތެވެ.                            ކިތަންމެވަރަކަށް އަޑުގަދަކޮށްފާ ޔޫކްރެއިން ކާމިޔާބު ކުރާނެއޭ ގޮވަމުންދިޔަ […]

ޔޫކްރެއިންގެ ބަނދަރު ހަލާކުކޮށްލުމުން ރޮމޭނިޔާ ރަތަށް

ދަ ޓެލެގްރާފުން ޚަބަރު ދީފައިވާގޮތުގައި ރޮމޭނިޔާއާއި އިންވެގެން ދަނޫބު ޑެލްޓާގައި އޮންނަ ޔޫކްރެއިންގެ ބަނދަރަށް ޑްރޯނުން ޙަމަލާދީ ހަލާކުކޮށްލުމުން ރޮމޭނިޔާއިން ރަޝިޔާއަށް ރުޅިވެރިކަން ފާޅުކުރަން ފަށައިފިއެވެ. އެއީޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރަން މިހާރު ބޭނުންކުރާ ވަރަށްމުހިންމު ބަނދަރެކެވެ. އެހެންނަމަވެސް ހަނގުރާމައިގެ ކުރިން އެ ބަނދަރު އޮތީ އަޅާނުލާ ދޫކޮށްލެވިފައެވެ.                   ބުކަރެސްޓުން ބުނެފައިވާ ގޮތުގައި ދަނޫބު ކޯރުގެ އިރުމަތީގައި އޮންނަ ރެނީގެ ބަނދަރު ހަލާކުކޮށްލުމަކީ އިންސާނިއްޔަތާ ޚިލާފް ޖަރީމާއެކެވެ. އަދި އާންމުންގެ އިމާރާތްތަކަށްވެސް […]