ފަލަސްތީނު އިސްރާއީލުގެ ހަނގުރާމައާއި މެދު ރައިސް ކާރޓަރ ވިދާޅުވަނީ ކީކޭ

ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ދެކޮޅުވެރިކަމާއި ހަނގުރާމައާއި ގުޅޭގޮތުން ކޭމްޕް ޑޭވިޑްހެ ހީރޯ އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާރޓަރަށް މީގެ ދެދުވަސްކުރިން ބައިނަލް އަގްވާމީ މީޑިއާ ތަކުން ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ މިހެނެވެ.  އެމެރިކާގެ ރައްޔިތުންނަށް ހަގީގަތް އޮތީ އޮޅިފައެވެ. ނުވަތަ މަދު ބައެއްގެ ފައިދާއަށްޓަކައި އޮޅުވާލާފައެވެ. އެމެރިކާގެ ރައްޔިތުންގެ މެދުގައި މި ދެކޮޅުވެރިކަމުގެ ޙަގީގަތަކީ ކޮބައިތޯ ބެލުމުގެ ޝައުގު ވެރިކަމެއްވެސް ނޯންނަވަރަށް ޙަގީގަތް ވަނީ ސިއްރުކޮށްފައެވެ. އެމެރިކާއާއި ވަރަށް ގިނަ އެހެންގައުމު ތަކުގެ ރައްޔިތުން ގަބޫލު ކުރަމުން ގެންދާ ފަދައިން އިސްރާއީލަކީ ނަސްލީ އިމްތިޔާޒު އޮތް ގައުމެއް ނޫނެވެ. ދުނިޔެއަށް މިކަންވެސް މިއޮތީ އޮޅުވާލާފައެވެ.   އިސްރާއީލުން ނަސްލީ އިމްތިޔާޒާއި […]

ފަލަސްތީނުގެ މިނިވަން ދައުލަތެއް އިރުމަތީ ޖެރޫސަލަމްގައި ގާއިމް ކުރަންޖެހޭނެ- ރަޝިޔާ

ރަޝިޔާއިން ޚަބަރުދީފައިވާ ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައެޅި ވުޖޫދު ކުރުމަށް ތާޢީދުކުރައްވާ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. މިކަމުގައި ޔުނައިޓެޑް ނޭޝަންސްގެ 2 ދައުލަތުގެ ގަރާރުގައި ބުނެފައިވާ ފަދައިންއިސްރާއީލާއި ފަލަސްތީނުން މަޝްވަރާކޮށްގެން މިގޮތަށް ނިންމަންޖެހޭކަމަށާއި އަދި ކިތަންމެ ގިނަ ސުލްޙައިގެ މަޝްވަރާ ތަކެއްކޮށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ދެ ދައުލަތް އުފެއްދުމަށް ތާއީދުކުރާ ކަމަށް ބުނެބުނެ ތިބުމަކުން ސުލްޙަ ގާއިމް ކުރެވިދާނެކަމަށް ދެކިވަޑައި ނުގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިސްރާއީލަށްވެސް މިނިވަންކަމާއި އެކު ދިރިތިބުމުގެ ޙައްގު ލިބެން ޖެހޭނެކަމަށާއި އެކަން ކަށަވަރު ކުރުމަށްޓަކައިވެސް 2 ދައުލަތް އުފެއްދުން ނޫންގޮތެއް ފެނިވަޑައި […]

އެތައްގަޑިއިރަކު ބޭންދުމަށްފަހު މިހާރު ބައްދަލެއް ނުކުރެވޭނެކަން އަންގައިފި

އެމެރިކާގެ ޚާރިޖީވަޒީރު ސަޢޫދީ އެރޭބިޔާގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރަން ވަޑައިގަތުމުން އެތައް ގަޑިއިރުވަންދެން ރޭގަނޑާއި އެކުބޭންދުމަށްފަހު މިހާރު ބައްދަލު ކުރެވެން ނެތްކަން އަންގަވައިފިއެވެ. ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބެލެވޭ އެންމެ އިސް ޑިޕްލޯމެޓަށް މިއަށްވުރެން ބޮޑު އިންސަލްޓެއް ނުކުރެވޭނެއެވެ. ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ބްލިންކަން އުންމީދު ކުރައްވައިގެން ހުންނެވީ ހޮނިހިރު ދުވަހު ހަވީރު ވަލީއަޙްދު (އެމް.ބީ.އެސް) އާއި ބައްދަލު ކުރެއްވުމަށެވެ.  އެކަމަކު ވަލީއަޙްދު ވަޑައިގަތީވެސް އަނެއް ދުވަހުއެވެ. މީޑިއާތަކުން ބުނެފައިވާގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވަޑައިގަތީ ފަލަސްތީނުގެ ޙަމަލާތައް ކުށްވެރިކުރުވުމަށް ސަޢޫދީ އެރޭބިޔާއަށް ބާރު އެޅުމަށެވެ. ގަލްފް ސަރަޙައްދުގައި […]

އިސްރާއީލާގެ ޖަރީމާތައް ކުރިއަށްގެންދާނަމަ މެދުއިރުމަތީގެ ޗާޓް ބަދަލުވާނެ -އީރާން

ދުބާއި އިން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުން ދެމުންގެންދާ ޙަމަލާތައް ލަސްނުކޮށް ނުހުށްތުވައިފިނަމަ މުޅި ސަރަޙައްދަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.  ނަތީޖާއެއްގެ ގޮތުން މެދުއިރުމަތީގެ ޗާޓްވެސް ބަދަލުވެގެން ހިނގައިދާނެ ކަމުގެއިންޒާރު އީރާނުގެ ޚާރިޖީ ވަޒީރު ޙުސޭން އާމިރު ދެއްވާފައިވަނިކޮށް ޙަމާސްއާއި ގުޅިގެން އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަން ދާން ބޭނުންކަމަށްބުނެ އެއް މިލިއަނަށްވުރެން ގިނަ މީހުން އީރާނުން ރަޖިސްޓަރީ ކޮށްފިކަމަށް އީރާން އޮބްޒާރވަރުން ހާމަކޮށްފިއެވެ.                                 […]

ފަލަސްތީނުގެ ބިންތަކުން ފަލަސްތީނުގެ ރައްޔަތުން ފައިބައިގެން ނުވާނެ -އަރަބި ލީޑަރުން

އައްމާނާއި ބެއިރޫތުން ރޮއިޓަރސް ޚަބަރުދެމުންގެންދާ ގޮތުގައި އިސްރާއީލާއި ހަމާސްއިން ކުރަމުންގެންދާ ހަގުރާމަ ހޫނުވަމުން މިދާ ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުން އެބިމުން ނުފައިބަން އަރަބި ލީޑަރުން ގޮވާލައްވައިފިއެވެ. އިސްރާއީލުން ގާޒާގެ ރައްޔިތުން އެ ބިމުން ފައިބައިގެން ދިއުމަށް އަމުރުކުރުމުން އެކަމަށް ރައްދު ދެއްވައި ގާޒާއާއި ހުޅަނގު އައްސޭރި ގުޅިފައި އޮންނަ ހަމަ އެކަނި ގައުމު، މިސްރުން ގޮވާލާފައިވަނީ ގާޒާ ދޫކޮށް ފައިބައިގެން ނުދިއުމަށެވެ.  މުރާސިލުން ދެކޭގޮތުގައި އަރަބި ލީޑަރުންގެ މި ގޮވާލުމުގެ މަގްސަދަކީ އިސްރާއީލުގެ ނުބައި ރޭވުމުން އަނެއަކާވެސް ފަލަސްތީނުގެ ބަޔަކު ވަޒަނެއް ނެތްގޮތުގައި ދުނިޔެއަށް […]

ދޮގުހަދަމުންގޮސް އަނެއްކާވެސް ބައިޑަންގެ ދޫ އޮޅިއްޖެ

އެމެރިކާގެ ރައީސުންނަށް ދޮގު ހެދުމަކީ މާބޮޑު ކަމެއްނޫންކަން މާޒީގެ ތާރީޚުންވެސް އެނގެއެވެ. އިރާގު ފުނޑާލީ ދޮގުގެ މައްޗަށް ދޮގު ހަދައިގެންނެވެ.  ތާލިބާނުން އުފެއްދުމާއި ތަންކޮޅެއްކުރިން ވިއެޓްނާމް ހަނގުރާމައެއްގައި އެތައް މިލިއަން މައުސޫމް އިންސާނުންތަކެއް ދުނިޔެއިން ވަކިކޮށްލީވެސް ހަމަ ދޮގުގެ މައްޗަށް ދޮގު ހަދައިގެންތާއެވެ!                                                 […]

އެމެރިކާގެ ރުހުން އޮތުމުން އިޒްރާއީލުވަނީ ފާލުން ނެއްޓިފާ

ފަލަސްތީނު ގާޒާގެ ރައްޔަތުންގެ ބޮލަށް ބޮންއަޅަމުން އަދި ގާޒާ އެއްކޮށް ކާޕެޓްބޮންއަޅާ ސުންނާފަތި ކުރަމުންދާތާ މިއި 7 ވަނަ ދުވަހެވެ. 24 ގަޑިއިރުގެ މުޙުލަތެއްދީ ގާޒާގެ 1.1 މިލިއަން މީހުން އެތަން ދޫކޮށްދިއުމަށް އަންގެމުން އަދި ފޮސްފޭޓް ވިހަ ބޮންތައް އަޅަމުންދާތީ ބައެއްމީހުނާއި މައިން އަދި ދަރީންގެ ފުރާނަ ސަލާމަތްކުރަން ނިކުމެގެން ދިޔަ ކޮންވޯއި ތަކަށްވެސް މިއަދު ޙަމަލާދީ އެ އެންމެންހެން ޝަހީދު ކޮށްލައިފިއެވެ. އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގެދޮރުވެރި ނުކުރުމަށާއި އެބިންތަކުން ފޭބުމަށް ޔޫ.އެން.ގެ އެތަށް ޤަރާރު ތަކަކުން ފާސްކޮށްފައި ވާއިރު އެއްވެސް ޔޫ.އެން. ގަރާރަކަށް ޔަހޫދީ […]

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ފޮނުވުމުގެ ބޭނުމަކީ ގަތުލު އާންމެއް – ތުރުކީ

މިދިޔަ އަންގާރަ ދުވަހު އަންކާރާއިން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އާއި މަނަވަރުތައް އިސްރާއީލުގެ އައްސޭރިފަށަށްފޮނުވުމަކީ ގާޒާގައި ބޮޑުވެގެންވާ ގަތުލު އާންމެއް ހިންގުމަށްކަމުގައި ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ.   މިދިޔަ ހޮނިހިރު ދުވަހު ކުއްލިއަކަށް ހަމާސްއިން އިސްރާއީލުގެ އެތެރެއަށް ވަދެގަނެ ދިން ޙަމަލާތަކާއި ގުޅިގެން އެމެރިކާގެ ދިފާޢީ ވަޒީރު ލޯއިޑް އައުސްޓިން ވިދާޅުވެފައި ވަނީ ދުނިޔޭގައި އޮތް އެންމެ ބިޔަ މަނަވަރު ޔޫ. އެސް. އެސް.ޖެރާލްޑް އާރ ފޯރޑް ވެސް ހިމްނޭ ގޮތުގައި އެމެރިކާގެ މަނަވަރުތައް އިސްރާއީލް ކައިރިއަށް ފޮނުވާނެ ކަމަށެވެ. އަދި […]

އެއެއްޗެކޭ މިއެއްޗެކޭ މިޔާފައި އަހަރެމެން ގައިގާ އަތްނުލާތި – އީރާން

ހަމާސްގެ ޙަމަލާތަކާ ގުޅިގެން އީރާނުގެ އިންޒާރު އެމެރިކާ އަށް ދީފިއެވެ.އީރާނުން މިއަދު ބުނެފާވަނީ އެއެއްޗެކޭ މިއެއްޗެކޭ ކިޔާފަ އަހަރމެން ގައިގާ އަތްނުލުމަށެވެ.  ޙަމާސްއިން އިސްރާއީލަށް ދެމުންގެންދާ ޙަމަލާތަކަކީ އީރާނުން ރާވާ އީރާނުގެ އަމުރަށް ދެމުން ގެންދާ ޙަމަލާތަކެއް ކަމަށް ބެލިއަސް ނުބެލިއަސް އަދި ބަޔަކު ގަބޫލަސް ނުގަބޫލަސް ނުވަތަ ރުހުނަސް އަދި ނުރުހުނަސްފަލަސްތީނަށާއި ފަލަސްތީނު މިނިވަންކުރަން މަސައްކަތްކުރާ މުޖާހިދުންނަށް ދެވެން އޮތް ކޮންމެ އެހީއެއް ކޮންމެ ވަގުތެއްގައިވެސްއީރާނުން ފޯރުކޮށްދޭނެކަން އެއީ ސިއްރެއް ނޫންކަމަށެވެ. އެހެންވީމާ ބަހަނާތަކެއް ދައްކައިގެން ނުވަތަ އޮޅިގެން ކަމަށް ފަހުންބުނަންވެސް އަހަރެމެން ގައިގާ […]

ޙަމާސް އިން އިސްރާއީލަށް ޙަމަލާދޭނެ ގޮތުގެ މަޝްވަރާ ދިނީމު – އީރާން

މިދިޔަ ހޮނިހިރުދުވަހު ހަމާސް ގެ ހަނގުރާމަވެރިން އެކިދިމަދިމާލުން އިސްރާއީލުގެ ތެރެއަށް ވަދެގަނެ ކުއްލިއަކަށް ދިން ޙަމަލާތަކަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާރޑް ކޯޕަރޭޝަނާއިއެކު މަޝްވަރާ ކުރުމަށްފަހު ހުއްދަލިބިގެން ކުރިއަށް ގެންދާ ޙަމަލާތަކެއް ކަމުގައި ޙަމާސް އާއި ޙިޒްބުއްލާހް ޖަމާއަތުގެ 2 ބޭފުޅަކު ވޯލް ސްޓްރީޓް ޖާރނަލް އަށް ކިޔާދީފިއެވެ.  އެ ބޭފުޅުން ވިދާޅު ވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އީރާނުގެ އޮފިޝަލުންނާއެކު ބޭރޫތުގައި ބޭއްވުނު ބައްދަލު ވުމުގައި ޙަމަލާތަކައިގެން ކުރިއަށް ދިއުމުގެ އިޒުނަ އޮތީ ލިބިފައި ކަމަށެވެ. މި ޚަބަރާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު […]