ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ދެކޮޅުވެރިކަމާއި ހަނގުރާމައާއި ގުޅޭގޮތުން ކޭމްޕް ޑޭވިޑްހެ ހީރޯ އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާރޓަރަށް މީގެ ދެދުވަސްކުރިން ބައިނަލް އަގްވާމީ މީޑިއާ ތަކުން ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ މިހެނެވެ.
އެމެރިކާގެ ރައްޔިތުންނަށް ހަގީގަތް އޮތީ އޮޅިފައެވެ. ނުވަތަ މަދު ބައެއްގެ ފައިދާއަށްޓަކައި އޮޅުވާލާފައެވެ. އެމެރިކާގެ ރައްޔިތުންގެ މެދުގައި މި ދެކޮޅުވެރިކަމުގެ ޙަގީގަތަކީ ކޮބައިތޯ ބެލުމުގެ ޝައުގު ވެރިކަމެއްވެސް ނޯންނަވަރަށް ޙަގީގަތް ވަނީ ސިއްރުކޮށްފައެވެ.
އެމެރިކާއާއި ވަރަށް ގިނަ އެހެންގައުމު ތަކުގެ ރައްޔިތުން ގަބޫލު ކުރަމުން ގެންދާ ފަދައިން އިސްރާއީލަކީ ނަސްލީ އިމްތިޔާޒު އޮތް ގައުމެއް ނޫނެވެ. ދުނިޔެއަށް މިކަންވެސް މިއޮތީ އޮޅުވާލާފައެވެ.
އިސްރާއީލުން ނަސްލީ އިމްތިޔާޒާއި ހައްދު ފަހަނަޅާފައިވާ އަނިޔާވެރިކަން ހިންގަމުން ގެންދަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށެވެ. އެއީ ގަދަބާރުން ވެރިވެގެންފައިވާ ބިމެކެވެ. އެއީ އެއްވެސް އިރެއްގައި އިސްރާއީލުގެ ބިމެއް ނޫނެވެ.
އަހަރެންގެ ރިޔާސަތުގައި އެކުލަވާލެވުނު ކޭމްޕް ޑޭވިޑް އެކޯރޑްގެ ދަށުންނާއި އޯސްލޯ މުއާޙަދާގައި ވެސްޓް ބޭންކާއި ގާޒާގެ ބިމުން އިސްރާއީލުން ފައިބަން ޖެހޭނެއެވެ. އެއީ ހަނގުރާމައިގާ ހިފާފައިވާ ފަލަސްތީނުގެ ބިންތަކެކެވެ.
ކޭމްޕް ޑޭވިޑްގެ އެކޯރޑާއި އޯސްލޯގެ މުޢާހަދާގެ ކަނޑައޅާފައިވާ ގޮތުގެ މަތިން އިސްރާއީލުން އެ ބިންތަކުން ފައިބަން ޖެހޭނެއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެނާޚިމް ބޭގިން ވަނީ އެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.
މައްސަލައަކަށް ވެގެން މިއުޅެނީ އިސްރާއީލުން އެ ބިންތަކުން ނުފައިބާ އެބިންތަކުގައި ޔަހޫދީން އެތަން މިތަނުން ގެނެސް ފަލަސްތީނުގެ ގެތަކާއި ބިމުގައި ވަޒަންވެރި ކުރުވަމުން ގެންދާތީއެވެ.
އަދި ދެ ދައުލަތް އުފެއްދުމަށް ހުރަސް އެޅޭ ގޮތްގޮތަށް ހައިވޭތަކާއި ބްރިޖްތައް ބިނާކުރަމުން ދިއުމުގެ ސަބަބުން އިސްރާއީލު ނިޔަތް ރަނގަޅު ނޫންކަން ދޭހަވެއެވެ. އެ ހައިވޭތަކާއި ބްރިޖްތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބިން މިހާރު އެއޮތީ އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ.
އެއީ އ. ދ. ގެ ނިންމުންތަކާއި ބައިނަލް އަގްވާމީ ގޮތުން ގަބޫލުކޮށްފައިވާ ދުނިޔޭގެ ޗާޓާއި އަދި އަހަރެންނާއިއެކު އިސްރާއީލުން ކޭމްޕް ޑޭވިޑް އެކޯރޑާއި އޮސްލޯގައި އެއްބަސްވެފައިވާ އެއްބަސްވުން ތަކާވެސް ޚިލާފަށް އިސްރާއީލުން ހިންގާ ޖަރީމާތަކެކެވެ.
ފަލަސްތީނުގެ އެކިއެކި ޖަމާއަތްތަކުން ހިންގަމުންގެންދާ ”ޓެރަރިޒަމް“ ގެ ޙަމަލާތަކާއި ޖާނުން ފިދާވުމުގެ އަމާޒުތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ކާރޓަރ ވިދާޅުވެފައިވަނީ އެއީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން ތިބީމާ ކުރިމަތިލާން ޖެހިފައިވާ ޙާލަތުތަކެއް ކަމަށެވެ.
އެއްވެސް ހަމަޔަކުން އިސްރާއީލުންނަށް އެބިމުގައި ތިބުމުގެ ޙައްގު ލިބިފައެއް ނުވެއެވެ. އެއީ ފަލަސްތީނުގެ ބިމެކެވެ. އެ ބިމުގައި އިސްރާއީލުން ހިންގާ އަނިޔާވެރި ޖަރީމާތަކާ އެއްފެންވަރުގެ އަނިޔާވެރިކަމެއް އަހަރެން ދުވަހަކުވެސްއަޑުއަހާފައެއް ނެތެވެ.
އެހެނަސް މިހާރުގެ އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވަނީ އިޒްރާއީލުގެ އެއްވެސް ކުށެއް ނެތްކަމަށެވެ. އަދި އިސްރާއީލާއި ކުރިމަތިލާ ކޮންމެބައެއް އެމެރިކާއިން ފަނާކޮށްލާނެ ކަމަށެވެ.
One Response
ބައިޑަން، އިންޑިއާ ދަރިކޮޅުން އައި ސުނާކު މޯދީ މިއީ އެއް ފަންތީގެ މީހުން