ފަލަސްތީނު ގާޒާގެ ރައްޔަތުންގެ ބޮލަށް ބޮންއަޅަމުން އަދި ގާޒާ އެއްކޮށް ކާޕެޓްބޮންއަޅާ ސުންނާފަތި ކުރަމުންދާތާ މިއި 7 ވަނަ ދުވަހެވެ. 24 ގަޑިއިރުގެ މުޙުލަތެއްދީ ގާޒާގެ 1.1 މިލިއަން މީހުން އެތަން ދޫކޮށްދިއުމަށް އަންގެމުން އަދި ފޮސްފޭޓް ވިހަ ބޮންތައް އަޅަމުންދާތީ ބައެއްމީހުނާއި މައިން އަދި ދަރީންގެ ފުރާނަ ސަލާމަތްކުރަން ނިކުމެގެން ދިޔަ ކޮންވޯއި ތަކަށްވެސް މިއަދު ޙަމަލާދީ އެ އެންމެންހެން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގެދޮރުވެރި ނުކުރުމަށާއި އެބިންތަކުން ފޭބުމަށް ޔޫ.އެން.ގެ އެތަށް ޤަރާރު ތަކަކުން ފާސްކޮށްފައި ވާއިރު އެއްވެސް ޔޫ.އެން. ގަރާރަކަށް ޔަހޫދީ ސަރުކާރުން ޢަމަލުކުރެމެއް ނެތި 50 އަހަރު ގެ ދިގު މުއްދަތެއް ފަލަސްތީނުގެ ރައްޔަތުން ކަތިލައި ބިންފޭރި ފޭރި އެތިބެވެނީ ކީއްވެގެން ހެއްޔެވެ؟
މިކަމުން އެނގެނީ ދުނިޔޭގެ ހަމަޖެހުމާއި މަސްލަޙަތައް އުފެއްދި ވަރުގަދަ ޔުނައިޓެއް ނޭޝަން (ޔޫ.އެން) މިވަނީ ފޭލިކޮށްލައިފާ ކަމެވެ. އަދި ޔޫ.އެން.ގެ 242 ކަހަލަ ގަރާރުތަކުންވެސް އެނގި ކަށަވަރުވާ އެއްޗަކީ ފަލަސްތީނަކީ ދައުލަތެއް ކަމެވެ. ޔަހޫދީން އެތަނުން ފައިބަން ޖެހޭކަމެވެ.
އެހެންކަމުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން މަރާ ހުސްކުރުމަށްފަހު ފަލަސްތީނުގެ ބިންތަށް އަތުލައިގެން ތިބުމުގެ ޤާނޫނީ ޙައިޝިއްޔަތެއް ނެތެވެ. އެކަން އެންމެރަނގަޅަށް އެނގެނީވެސް އެމެރިކާއާއި އިނގިރޭސި ވިލާތަށެވެ. ނަމަވެސް ފަލަސްތީނު ސުންނާފަތި ކޮށްލައި ގަތުލު ޢާންމު އިސްރާއީލުގެ ޓެރަރިސްޓް ނަތަންޔާހޫ މެދުވެރިކޮށް ހިންގަނީ މިދެގައުމުން ސީދާ ބައިވެރި ވެގެނެވެ. މިއީ ތެދެއްކަން މިހާރުގެ މީޑިޔާތަކުން އެނގޭނެއެވެ.
ފަލަސްތީނުގެ ރައްޔިތުން މަރަމުން އަންދަމުން ދާއިރު އެތަނަށް އެހީވުމަށް އިސްރާއީލުން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އީރާނުން ބުނަމުން ގެންދާހެން ފަލަސްތީނުގެ ރައްޔަތުން އެކި އެކި ގުރޫޕްތަކެކޭ ބުނެ އެގުރޫޕްތަކަކީ ޓެރެރިސްޓް ޖަމާޢަތްތައް ކަމަށް ބުނެ މަރާ ހުސްކުރާއިރު މުސްލިމު ގައުމުތަކުން ޕެނެޑޯލް އާއި ބެންޑޭޖް ފޮނުވާލަ ފޮނުވާލަ ނުތިބެވޭނެއެވެ.
ފަލަސްތީނުގެ ބިންފޭރިގެން ތިބި ޓެރެރިސްޓުން އަތުން ބިންތައް ހޯދުމާއި ފަލަތީނުގެ ރައްޔަތުން ޙިމާޔަތް ކުރުމަކީ ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު އިސްލާމީ އުންމަތަށް ވާޖިބުވެފައިވާ ވަޖިބު ކަމެކެވެ. އެހެންކަމުން ފަލަސްތީނަށް ހަތިޔާރުދީ ހުރިހާގޮތަކުން މަދަދުދޭން މިވަނީ ލަސްވެފައެވެ.
ފަލަސްތީނުގެ ބޯޑަރާއި ގުޅިފައިވާ މިސްރާއި ޖޯޑަން އަދި ލުބުނާނު އާއި ސީރިޔާގެ ބޯޑަރު ހުރަސްކޮށް އެހީ ހިފައިގެން ހަމަ ވަދެގަންނަންވީއެވެ. ފަލަސްތީނަށް އެނހީ ފޯރުކޮށްދީ އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއަޅާ ކޮންމެ ވެރިޔަކީ ނުވަތަ މީހަކީ އިސްލާމީ މިއުންމަތުގެ ދުޝްމަނުންނެވެ.
ހުޅަގުގެ އިސްތިޢްމާރީ ޤައުމުތަކުން އެދަނީ ފަލަސްީނު މިނިވަން ވިޔަ ނުދިނުމަށް އިސްރާއީލަށް ފާޅުގައި ހަތިޔާރާއި ހުރިހާ މަދަދު ދެމުންނެވެ. އަދި ވަރަށް ފައުޅުކަން ބޮޑުގޮތެއްގައި މީޑިޔާ މެދުވެރިކޮށް މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގައި ހަދައި ދުނިޔެއަށް ފަލީޙަތް ކުރަމުންނެވެ.
މުސްލިމު ޤައުމުތަކުން ވެސް މުސްލިމް މިފަދަކެރޭ މުސްލިމް މުޖާހިދުންނަށް ގައުމާއި ޖާނު ސަލާމަތް ކުރުމަށް ހަތިޔާރު އެންމެހާ އެނހީތައް ފޯރުކޮށްދޭންވީއެވެ. އަމިއްލަ މަސްލަޙަތު ދޫކޮށް ނިކުންނަން ވީއެވެ.
ޢަރަބި ގިނަ ޤައުމުތަކަކީ ރައްޔިތުންގެ ބައިވެރިވުމެއް ނެތް ޢާއިލީ ރަސްކަން އޮންނަ ޑިކްޓޭޓަރޝިޕް ޤައުމުތަކެވެ. އެޤައުމުތަކުގެ ރަސްކަން ޙިމާޔަތް ކޮށްދެނީދަންމަނީ ކުއްފާރު އެމެރިކާ އާއި އިގިރޭސި ވިލާތުންނެވެ.
ބޮޑު ހަނގުރާމަޔަށްފަހު ތުރުކީގެ އޮޓަމަން އެމްޕަޔަރ އަތުން ފަލަސްތީނު ފޭރިގަނެ ފަލަސްތީނު ބައިބައިކޮށް ދުނިޔޭގެ އެތަންމިތަނުން ޔަހޫދީން އެއްކޮށްގެންއެބިމަށްފާކޮށް އިސްރާއީލެއް، މުސްލިމް ފަލަސްތީނުގައި ގައިމުކޮށްދިނީ މުޑުދާރު އެއިނގިރޭސިންކަން ހަނދުމަ ނުނެތެއެވެ. ތާރީޚް އޮޅުވާލަން މަސައްކަތް ނުކުރާށްވާށެވެ. ހިތާމަޔަކީ ފަލަސްޠީނު ގެ ރަމަށްލާ ގައި ވެސް އޮނަނީ އެމެރިކާ އިން ކޮންޓްރޯ ލުކުރާ ސަރުކާރެކެވެ.
ފަލަސްތީނު މިހާރުގެ ރައީސް އައްބާސަކީ ފަލަސްތީނު މިނިވަންކުރަން މަސައްކަތް ކޮށްދެވޭވަރަށްވުރެ ބަލިކަށި މީހެކެވެ. އެގޮތުން ފަތަޙް ޖަމާއަތް މިހާރު މިވަނީ މުޅީންފޭލްވެ އެމެރިކާ އާއި އިންގިރޭސިންގެ އެނހީގައި ކައިބޯއުޅޭ އަޅު ޖަމާޢަތަކަށް ބަދަލުވެފައެވެ. ޔާސިރު ޢަރަފާތުގެ ޒަމާނުގައި ފަލަސްތީނުގެ މިނިވަންކަމަށް ފަތަޙް ޖަމާޢަތުން ގިނަގުނަ މަސައްކަތްތަކެއް އެމިނިކުފާނު ކުރައްވާފައިވެއެވެ.

ޅަދަރިންނާއި މައިން ގޮވައިގެން ސަލާމަތްވާން ދިޔަ ކޮންވޯއި އަށް ބޮންއަޅާފަ:
އެއީ މިހާރު ހަމައެކަނި ނަމެއްގައި އޮތް ސަރުކާރެކެވެ. އެންމެފަހުން ބޭއްވުނު ވޯޓުންވެސް ޙަމާސް އިލެކްޝަން ކާމިޔާބު ކުރިއެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސިން އެ ސަރުކާރު ގަބޫލުނުކޮށް ރައްޔިތުންގެ ވޯޓުން ހޮވުނު ޙަމާސްގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލުމަށް ފަހު މަޙުމޫދު އައްބާސްގެ ސަރުކާރެއް ގައިމުކުރުވީއެވެ. އެސަރުކާރަކީ އިސްރާއީލާއި އެމެރިކާ އުފައްދަދީފައިވާސަރުކާރެކެވެ.
އެހެންކަމުން ޔަގީންވެ ފަލަސްތީނުގެ ރައްޔަތުންނަށް އެނގުނީ ޙަމާާސް ޖަމާޢަތަކީ ފަލަސްޠީނު ގެ މިނިވަންކަމަށް ހުރަސްއަޅާ އެއްވެސް ޝަރުތެއް ޤަބޫލުކުރާ ޖަމާޢަތެއް ނޫނެވެ.
ފަލަސްތީނު ގައި ހިނގާ ލޭ އޮހޮރުވުން ތަކަކީ ފަލަސްތީނުގެ މިނިވަންކަމާއި ޑިމޮކްރަސީ އާއި ދެކޮޅަށް އެމެރިކާގެ އެހީތެރިކަމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން އެމެރިކާއާއި ހުޅަގުގެ ޤައުމުތަކުން އިސްލާމުންނާއި ދެކޮޅަށް ހިންގޭ ޓެރެރިސްޓް ޢުދުވާންތަކެއް ކަމެވެ.
ފަލަސްތީނުގެ ޙައްޤުތަކާއި ގުޅޭ ކިތަމެ ކަމެއްގެ ޙަގީގަތް އެމެރިކާ އާއި ހުޅަގުގެ ޤައުމުތަކުން ވަނީ ހަމަ ގަސްދުގައި އެނގިތިބެ އޮޅުވާލާފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށާއި ޤައުމުން ބޭރުކޮށްފައިވާ އެތައް މިލިޔަން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރާ ކޮންމެ މަސައްކަތެއް ހުޅަގުން މާނަކުރަކުރަނީ ޓެރަރިސްޓް ޢަމަލެއް ގޮތުގައެވެ. ކުށަކީ އެބައިމީހުންނަކީ ހަމައެކަނި މުސްލިމުންނަށް ވުމެވެ.
ފަލަސްތީނު ރައްޔަތުންނާއި ދެކޮޅަށް މިހިނގަމުން ގެންދާ ގަތުލު ޢާންމުތައް އަވަހަށް ހުއްޓުވަން ޖެހެއެވެ!
2 Responses
ލައްބައެވެ. މިހާރުގެ މުސްލިމުންނަކީ ގިނައިން ބައިސާ ކެނޑުމާއި ދުނިޔެވީ ޙަޔާތް އެންމެފުރިހަމަ ކުރުމަށްޓަކާ މުނާފިގު ހެދިގެން ނަށާ ބައިގަނޑެކެވެ. ވީމާ ނިއްކުރީގައި ގުއިތިކ ޖަހައިގެންވިޔަސް ދެބަނދުފިއްތާ ބައްދައިގެންވިޔަސް ފައިސާފޮއްޗެއްދޭނެ މޮންމެމީހަކު ބުނާހާ ގޮތެއް ހަދާނެއެވެ. އެހެނަސް ދައްކާނީ ދީނައްޓަކާ ގައުމައްޓަކާ ރައްޔަތުންނައްޓަކާ ވާހަކައެވެ. އަސްލު މަގުސަދު ޖީބައްޓަކާ އެވެ. އެހެންވީމާ މުސްލިމުންގެ ރެރޭގައި ގިނައީ އަހަރެމެންފަދަ ރަކިސްބޮޑުންނެވެ.
މާތްﷲގެ ހެޔޮރަޙުމަތް އަހަރެމެންގެ ފަލަސްތީނުގެ ރައްޔަތުންނަށް ލަހަށްޓަވައި އަނިޔާވެރި ޒައަނިސްޓް އަށް ގެއްލުމާއި ހަލާކު މެދުވެރި ކުރައްވާށިއެވެ. އާމީން!