ސަޢޫދީ އެރެބިޔާއިންވެސް ނިއުކްލިއަރ ޙަކަތައާއި ދިމާލަށް

ސަޢޫދީ އެރޭބިޔާއިން މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފައްދަން އެހީތެރިވުމަށް އެމެރިކާގެ ކިބައިން އެދެމުންދާކަން ހާމަވެއްޖެއެވެ. ސަޢޫދީން މިވަގުތަށް ބޭނުންވަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ޙަކަތަ ބޭނުންކުރަން ކަމުގައި ބުނެވިދާނެއެވެ. އެހެންނަމަވެސް ސަޢޫދީންވެސް އީރާނާއި އެއްފެންވަރެއްގައި ތިބުމުގެ އެދުމުގައި ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވެދާނެތީ އެމެރިކާއިންވެސް ބިރުހީވެއެވެ. ވޯލްސްޓްރީޓް ޖާނަލުން ހާމަކޮށްފައިވާ ގޮތުގައި ސަޢޫދީގެ މިއެދުމަށް އެމެރިކާއިން ދިންޖަވާބަކީ ސަޢޫދީ އެރޭބިޔާއިން ފުރަތަމަ އިސްރާޢީލާއެކު ގުޅުން ގާއިމްކުރުމެވެ. އީރާނުން ދިމާވެދާނެ ގޮންޖެހުމަކަށް ކުރިމަތި ލުމުގެ ބޭނުމުގައި ފާއިތުވެދިޔަ އަހަރުތަކުގައި ސަޢޫދީންވަނީ އިސްރާއީލާއެކު ސަލާމަތީ ގުޅުންތަކެއް ގާއިމް ކޮށްފައެވެ.  އެހެންނަމަވެސް […]

އެއްޖިންސުގެ ގުޅުމަކީ އިންސާނުންގެ ހަމަހަމަކަމެއް ނޫން : ޕެނަމާ ސުޕްރީމްކޯޓް

އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަކީ އިންސާނީ ހަމަހަމަކަންކަމުގައި ގަބޫލު ނުކުރެވޭނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ޕެނަމާގެ ސުޕްރީމްކޯޓުން ޙުކުމްކޮށް ދެން އެކަމަށް ޝަރުޢީ ދޮރު ނުހުޅުވޭނެކަން އަންގައި ދޮރު ބަންދު ކޮށްފިއެވެ. އަދި ދެން ކުރިއަށް އޮތް ތަނުގައި އެއްޖިންސުގެ ކައިވެނިތަކަށް ޝަރުޢީ ގޮތުން އާނ ބަސް ހޯދުމުގެ ދޮރު ބަންދުވީ ކަމަށްވެސް އެޙުކުމްގައި ކަނޑައަޅާފައިވެއެވެ.                             ކައިވެންޏަކީ އެކަމަށް ބޭނުންވާ ބައެއްގެ އެދުމެއްކަމުގައި […]

ޗައިނާގެ އިންޒާރު އެމެރިކާއަށް

ބެއިޖިން އިން ރޮއިޓާސް ޚަބަރު ދެމުންގެންދާ ގޮތުގައި ޔޫކްރެއިން ހަނގުރާމާގައި ޗައިނާއިން އަމަލުކުރާގޮތާއި ޗައިނާއާއި ރަޝިޔާގެ ގުޅުން ދިފާއު ކުރައްވައި އެމެރިކާއިން ޗައިނާއަށް ފިއްތުންތައް ކުރިމަތި ނުކުރުމާއި އެހެންނޫނީ ދެން އެމެރިކާއަށް ޖެހޭނީ ދެކޮޅުވެރިކަމާއި ކުރިމަތިލާން ކަމުގައި ޗައިނާގެ ޚާރިޖީވަޒީރު އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ. ޕާރލަމެންޓުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ކަންތައްތަކުގައި ހަމަޔާއި އިންސާފުން ވާދަކުރުމުގެ ބަދަލުގައި އެމެރިކާއިން އަބަދުވެސް އިޚްތިޔާރު ކުރަމުންގެންދަނީ ކޮންމެ ގައުމަކަށްވެސް  ފިއްތުންތައް ކުރިމަތި ކުރުމަށެވެ. ވަރަށް ފަހަކާއި ޖެހެންދެން އެމެރިކާއަށް އައްޔަން ކުރައްވާފައިވާ ޗައިނާގެ […]

އީރާނުގެ ނިއުކްލިއަރ ވާހަކަތަކުން ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރެވޭ

އީރާނާއި އެކު މިހާރު ކުރިއަށްދާ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބޭހޭ ވާހަކަތަކުގައި ރަނގަޅު ނަތީޖާއަކާ ހަމަޔަށް އާދެވިދާނެ ކަމުގެ އުންމީދު ބޮޑުކަމަށްއިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީގެ ޗެއަރމަން ރަފައެލް ގްރޮއްސީ ވިދާޅުވެއްޖެއެވެ.  ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެން އުޅުއްވާ ގްރޮއްސީ ވިދާޅުވީ އީރާނުގެ މައްސަލާގައި ފާހަގަކުރަންޖެހޭ ވަރަށް މުހިންމު ދެ ނުކުތާއެއް އެބައޮތް ކަމަށެވެ. ފުރަތަމަ ނުކުތާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅެގޮތުން ވާހަކަދެކެވޭއިރު އީރާނުން ބޭނުންވާ ކަންތައްތަކާ މެދުވެސް ވާހަކަދެކެވި އިތުބާރު ގާއިމް ކުރެވެންޖެހޭނެއެވެ.  ދެވަނަ ނުކުތާއަކީ އިންޓަރނޭޝަނަލް […]

1 އެމް.ޑީ.ބީ އޮޑިޓުކުރުމުގައި ނަޖީބުގެ އަތެއް ނެތް

މެލޭޝިޔާގެ މަޝްހޫރު 1 އެމް. ޑީ. ބީ. ގެ މައްސަލަ އޮޑިޓްކުރުމުގައި ކޮރަޕްޝަން ހިންގަވާފައިވާ ކަމަށްބުނެމެލޭޝިޔާގެ ކުރީގެ ބޮޑުވަޒީ ނަޖީބު ރައްޒާގާއި އެ ފަންޑުގެ ކުރީގެ ޗީފް އެގްޒެކެޓިވް އަރުލް ކަންދަސާމީ އާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ ސާބިތު ކުރެވޭފަދަ ހެކި ޕްރޮސެކިއުޓަރުންގެ ފަރާތުން ހުށައަޅާފައި ނުވާތީ އެދެބޭފުޅުންގެ އެމައްސަލަ ސާބިތު ނުކުރެވޭކަމަށް މެލޭޝިޔާގެ ހައިކޯޓުން ނިންމައިފިއެވެ.  ހައިކޯޓުގެ މި ޙުކުމް އައިސްފައިމިވަނީ ނަޖީބުގެ ކޮރަޕްޝަންގެ ކުލަ ހޭކިފައިވާ ޕާރޓީއާއެކު ސަރުކާރެއް އުފައްދައި ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތެއް ކުރަމުންދާ ދުވަސްވަރެއްގައެވެ.އަދި ނަޖީބު މިހާރު ގުނަމުންގެންދާ 12 […]

ސިންގަޕޯރުގެ ބޮޑުވަޒީރުގެ ކޮއްކޯފުޅު ތަޙްގީގުގެ ކުރިމައްޗަށް

އެސޯޝިއޭޓެޑް ޕްރެސް ޚަބަދު ދޭގޮތުގައި ސިންގަޕޯރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްގެ ކޮއްކޯފުޅު ލީ ސިއެން ޔަންގް އާއި ލީ ސުއެޓް ފާން އަނބިކަނބަލުން ތަޙްގީގުގެ ކުރިމައްޗަށް ގެނެސްފިއެވެ. ބުނެވޭގޮތުގައި ދެބޭފުޅުންގެ މެދުގައި މައްސަލަ އުފެދިގެން އުޅެނީ ބައްޕާފު ސިންގަޕޯރުގެ ބާނީ ލީކްއާންޔޫ ގެ ވަސިއްޔަތާ ގުޅިގެންނެވެ. ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެބަސްވުން މައިތިރި ވެފައިވަނިކޮށް މައްސަލަ އަލުން ހިލިގަނެފައި މިވަނީ ސިންގަޕޯރުގެ މިނިސްޓަރ ފޯރ ނޭޝަނަލް ސެކިއުރިޓީ ޓިއޯ ޗީ ހީން ގާނޫނު ހަދާ މަޖިލީހުގައި އެ ދެމަފިރިންގެ މައްސަލަ ތަޙްގީގު ކުރެވެމުންދާ ކަމަށް […]

ރަޝިޔާއާއި އީރާނުގެ ގުޅުން ދުނިޔެ ނުރައްކަލާ ދިމާލަށް – ސީ.އައި.އޭ

ޚަބަރުތައް ބުނާ ގޮތުގައި ރަޝިޔާއާއި އީރާނުގެ ގުޅުން ހުރީ ވަރަށް ދުނިޔެއަށް ނުރައްކާތެރި ދިމާލަކަށް ކަމުގައި ސީ. އައި. އޭ ގެ ޑިރެކްޓަރ ވިލިއަމް ބާރންސް ވިދާޅުވެއްޖެއެވެ. އަދި އީރާނުގެ މިސައިލް ޕްރޮގްރާމަށް ރަޝިޔާއިން އެހީތެރިވެދޭކަމަށާއި ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ތަންތަނަށް އީރާނުން ދީފައިވާ ޑްރޯން ބޭނުންކޮށްގެން ރަޝިޔާއިން ޙަމަލާ ދެމުންގެންދާ ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ރަޝިޔާއާއި އީރާނުގެ ގުޅުން އިހުނަށްވުރެން މާބޮޑަށް މިހާރު އޮތީ ބަދަހިވެފާ ކަމުގައެވެ. އަދި އީރާނުގެ މިސައިލް ޕްރޮގްރާމަށް ރަޝިޔާއިން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ހުށައަޅާފައިވާތީ އޭގެ އިތުރުން އީރާނަށް ފައިޓަރ އެއަރކްރާފްޓް […]

އަންހެނުން ތައުލީމް އުގެނުމާއި ވަޒީފާ އަދާކުރުން ނުހުއްޓުވަން ގޮވާލުން

އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއި ޗައިނާގެ ރައީސް ޝީ ޖިންފިން ބެއިޖިންގ ގައި ބައްދަލު ކުރައްވައި ދެގައުމުގެ މެދުގައި މިހާރު ގާއިމް ކުރެވިފައިވާ އިގްތިސާދާއި ސިޔާސީ ގުޅުންމަތީ ދެމިތިބޭނެކަން ކަށަވަވަރު ކޮށްދެއްވައިމިދިޔަ ބުރާސްފަތި ދުވަހު ގުޅިފައިވާ ބަޔާނެއް ނެރުއްވައިފިއެވެ.  އޭގެ އިތުރަށް އަފްގާނިސްތާނުގައި އަންހެނުން ތަޢުލީމް އުގެނުމާއި ވަޒީފާއަދާކުރުން މަނާ ނުކުރުމަށްވެސް ދެގައުމު ގުޅިގެން ނެރުނު ބަޔާނުގައި އަފްގާނިސްތާނަށް ގޮވާލާފައިވެއެވެ.                                   […]

އިމްރާން ޚާން ބަންދުކުރަން ކޯޓުން އަމުރު ނެރެފި

އިސްލާމް އާބާދުން ޚަބަރުދޭ ގޮތުގައި ބޭރު ގައުމުތަކުންލިބުނު ހަދިޔާ ވިއްކުމުގެ ތުޙުމަތުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ވަޑައި ނުގަތުމުގެ ސަބަބުން ބަންދުކުރަން އަމުރުކޮށްފިއެވެ.  ކޯޓުގެ އަމުރު އައިސްފައިމިވަނީ ޕާކިސްތާނުގެ ސިޔާސީ ކުޅިގަނޑު އެގޮތްމިގޮތަށް އެނބުރެމުންދާ ދުވަސްވަރެއްގައެވެ. އަދި ފަނޑިޔާރު ޒަފަރު އިގްބާލުގެ އަމުރު ނެރުނު ދުވަހަކީ އިމްރާނުޚާންގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމާއި އަދި މީހުންމެރުމުގެ ތުހުމަތުގައި ދައުވާކުރަން ހުށައެޅިފައިވާ ތިންކޯޓަކުން އިމްރާންޚާން ހައްޔަރުކުރާނެ ތަނެއް ނެތް ކަމަށް ޙުކުމް ކޮށްފައި ވަނިކޮށެވެ.         […]

ބަޚްމޫތު ޝަހަރު ދިފާއު ނުކުރެވިދާނެ – ޔުކްރެއިން

ޚަބަރުތަކުން ނުނާގޮތުގައި ބަޚްމޫތު ޝަހަރު ދިފާއު ނުކުރެވި ރަޝިޔާގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފިއެވެ. ރައީސް ޒެލެންސްކީ ވީޑިއޯ މެދުވެރިކޮށް ވިދާޅުވީ އަހަރެމެންނަށް ރައްކާތެރިކަން ހޯދިދާނެ ހުރިހާ ތަނަކާއި ދިފާޢު ވަރުގަދަ ކުރެވިދާނެ ހުރިހާ މަގާމުތަކެއް ރަޝިޔާގެ ސިފައިން ހަލާކު ކޮށްލައިފި ކަމަށެވެ.  ޔޫކްރެއިންގެ އެއްގަމު ސިފައިންގެ އެންމެ އިސް ކޮމާންޑަރު މިލިޓްރީ ޓެލެގްރާމް ޗެނެލަށް ވިދާޅުވެފައިވަނީ ރަޝިޔާގެ އެންމެ ހުނަރުވެރި ސިފައިން ބަޚްމޫތުގައި ހަނގުރާމަ ކުރަމުން ގެންދާކަމަށާއި ބަޚްމޫތު ޝަހަރު އެއްކޮށްމިހާރު އޮތީ ވަށާލާފައި ކަމުގައެވެ.         […]