ތައިވާނާބެހޭ ގޮތުން މެކްރޯން ދެއްކި ވާހަކައަށް ޗައިނާއިން ސާބަސް ދީފި

ޔޫރަޕުން ތައިވާނުގެ މައްސަލާގައި އެމެރިކާ ފަހަތުން ދުވަންނުޖެހޭނެ ކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމުން ޗައިނާގެ ރަސްމީ ނޫސްތަކުންނާއި ސޯޝަލް މީޑިއާއިން ސާބަސް ދީފިއެވެ.  އަދި މިދިޔަ ހަފްތާގައި މެކްރޯން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިތައިވާނުންވެސް ބައިނަލް އަގްވާމީ ހަމަތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅުއްވާމެކްރޯން ދެއްކެވި ވާހަކަފުޅު ވެގެން މިދިޔައީ ބައިނަލް އަގްވާމީ މުޖުތަމައާއި ހުޅަނގުގެ ބައިވެރިންނަށް ސިހުންލިބިގެންދިޔަ ވާހަކަފުޅަކަށެވެ. އެދަތުރު ފުޅުގައި މެކްރޯން ވަނީ ރައީސް ޝީ ޖިންޕިން އާ ވެސް ބައްދަލު ކުރައްވާފައެވެ.                         […]

އިސްލާމީ ގައުމުތަކުން މިހާރު އެމެރިކާއަށް އިތުބާރެއް ނުކުރޭ – ގެލުޕް

ގައުމުތަކުގެ ރައްޔިތުންގެ ވިސްނުންހުރިގޮތް ދިރާސާ ކުރާ އެމެރިކާގެ ގެލުޕް އޭޖެންސީން ހާމަކުރާ ގޮތުގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ އެގާރަ ގައުމެއްގައި ކުރި ދިރާސާއިން ހާމަ ވެފައިވަނީ އެމެރިކާގެ މަގްސަދާ ދޭތެރޭ އެމީހުން އިތުބާރު ނުކުރާ ކަމަށެވެ.  ހަމައެހެންމެ ރައްޔިތުންނަށް ހަމަހަމަކަމާއި ޢަދުލު އިންސާފު ގާއިމްކޮށްދީ ޑިމޮކްރެސީ ގެނެސްދިނުމުގެ ނަމުގައި ފަންޑުކޮށްގެން ހިންގަމުން ގެންދާ ޙަރަކާތްތަކަކީވެސް އެމަގްސަދު ޙާސިލުކުރުމުގެ ނިޔަތުގައި ހިންގާ ޙަރަކާތްތަކެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އަދި އެމެރިކާއަށް އެކަން ކުރެވިދާނެ ކަމަކަށްވެސް އެމީހުން އިތުބާރެއް ނުކުރެއެވެ.                           […]

އެމެރިކާ އަސްކަރިއްޔާގެ ލިއުންތައް ލީކްވުން

ޔޫކްރެއިން ހަނގުރާމައާއި ގުޅުންހުރި އެމެރިކާގެ އަސްކަރިއްޔާ ޕެންޓަގަންގެ ސިއްރު ލިއެކިއުންތަކެއް ލީކުވެ ޖަސްޓިސް ޑިޕާރޓމްންޓުން ތަހްގީގު ފަށާފައިވާއިރު އިތުރު ލިއެކިއުންތައްވެސް ބޭރުވެފާހުރެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. ލީކުވެފައިވާ ލިއެކިއުން ތަކުގައި އެމެރިކާއިން ޑްރޯން ބޭނުންކޮށްގެން ހިންގަމުންގެންދާ ޖާސޫސްކުރުމާއި މިލިޓްރީ ޙަރަކާތްތަކާބެހޭ ސިއްރު މައުލޫމާތުތަކާއި އަދި ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ހަތިޔާރާބެހޭ މަޢުލޫމާތުތައްވެސް ހިމެނޭ ކަމަށްވެއެވެ. އެކަމުގައި ބައިވެރިވަނީ ކޮންބައެއްތޯ އަދި އެމީހުން މަގްސަދަކީ ކޮބައިތޯއާއި އިތުރު ލިއެކިއުން ތައްވެސް ލީކުވެފާ ހުރެދާނެތޯ ބަލަން އަސްކަރިއްޔާގެ އެދުމުގެ މަތިން ޖަސްޓިސް ޑިޕާރޓްމެންޓުން މިހާރު ވަނީ […]

އެމެރިކާއަށް ދިމާވެފާއޮތީ ހަގީގީ ޔޫ އެފް އޯ ގެ މައްސަލައެއް

އެމެރިކާ ނޭވީންގެ ކުރީގެ ފައިޓަރ ޕައިލެޓަކު ދަ ޓެލެގްރާފަށް ކިޔާދިންގޮތުގައި އެމެރިކާގެ ކަރަގޮނޑުގައި އޭނާ ތަމްރީނު ހަދަމުންދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކުހެން ޔޫ އެފް އޯ އާއި ކުރިމަތިލާން ޖެހުނެވެ.  ވަށް ބުރަކަށް ހުންނަ އެ އުޅަނދުތައް ބައެއްފަހަރު ކިރިޔާ އެކްސިޑެންޓު ނުވާވަރަށް ކައިރިވެސް ވެއެވެ. އެއީ ޗައިނާގެ ފުއްޕާ ހަމެއް ނޫނެވެ. އެއްފަހަރު އަހަރެން ތަމްރީނު ހަދަމުން ގެންދިޔައިރު އޭގެ އުޅަނދަކާ މުޑިނޭރީ ހަމަކިރިޔާއެވެ.  ޖައްވުތެރެ ވަރަށް ސާފު ދުވަހެއްގައި ގަދަ އަޅިކުލައެއްގެ އެ އުޅަނދު އޭރު އޮތީ އެއްކޮށް ހުއްޓާލައި ގެންނެވެ. ބައެއްފަހަރު އެތައް ބައިވަރެއް އެއްފަހަރާ އާދެއެވެ. […]

އަވަސް އިންތިޚާބަކަށް ކުރި އަމުރު ޕާލަމެންޓުން ގަބޫލެއް ނުކުރި

ޕާކިސްތާނުގައި އުވާލައިފައިވާ ދެ ސަރައްޙަދުގެ އެސެމްބްލީ އިންތިޚާބު އަވަސްކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރު ޕާކިސްތާނުގެ ޕާލަމެންޓުން ގަބޫލެއް ނުކުރިއެވެ.  ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ އަޣްލަބިއްޔަތު އޮތް ދެ އެސެމްބްލީގެ އިންތިޚާބު ސަރުކާރުން ލަސްކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެ ދެސަރަޙައްދުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބައިއަތު ހިފާފައިވާ ލޯކަލް ސަރުކާރު އުވާލާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ ގައުމުގެ އިގްތިސާދީ ޙާލަތާ އަދި ހަލަބޮލި […]

ސަަޢޫދީ އީރާނުގެ ގުޅުމާއިހެދި ސީ އައި އޭ ރަތަށް

ވޯލްސްޓްރީޓް ޖާނަލުންރިޕޯޓް ކޮށްފައިވާ ގޮތުގައި ޗައިނާގެ އިސްނެގުމާއިއެކު ސަޢޫދީ އެރޭބިޔާއާއި އީރާންގެ ސުލްޙައިގެ އެއްބަސްވުމަށް މަސްދުވަސްވެސް ނުވަނީސް އީރާނުގެ ފުރިހަމަ ތާއީދާއެކު ފާއިތުވެގެން މިދާ ދިހައަހަރުދުވަހު ދާޚިލީ ހަނގުރާމައެއް ކުރަމުންގެންދާ ސީރިޔާއާއިއެކު ސަޢޫދީން އެއްބައިވަންތަ ކަމުގެ ގުޅުން ގާއިމްކުރަންވެސް ނިންމައިފިއެވެ.  އަދި ސަޢޫދީ އެރޭބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބްލީގުގެ ވެރިންގެ ބައްދަލުވުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ދައުވަތު ދިނުމާދޭތެރޭއެކެމާއިބެހޭ އިތުރު މަޢުލޫމާތު އެގުމަށްޓަކައި، ކުރިން ހަމަޖެހިފައިނުވާ ދަތުރުފުޅެއްގައި މިހަފްތާގެތެރޭގައި ސަޢޫދީ އެރޭބިޔާއަށް ވަޑައިގެންނެވި  ސީ އައީ އޭ ގެ ޑިރެކްޓަރ ވިލިއަމް ބާރންސް ރުޅިއައިސް ރަތްވެއްޖެއެކަމަށް ޚަބަރުދީފައިވެއެވެ. […]

ދެގައުމުގުޅޭ ސަރަޙައްދު ތަރައްގީ ކުރުމުން ދެކޮޅުވެރިކަން ކުރިމަތިވާނެ

ޗައިނާއާއި އިންޑިއާއިން މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ދެގައުމު ގުޅޭ ސަރަޙައްދުން ޓިބެޓްގެ ދެ އަވަށެއް ސިޓީ ފެންވަރަށް ތަރައްގީކުރަން ޗައިނާއިން ކުރާ މަސައްކަތަކީ އެ ސަރަޙައްދަށް އަތްގަދަކުރަން ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި އޭގެ ސަބަބުން ދެގައުމުގެ މަސްލަޙަތު އިތުރަށް ގޯސްވެދާނެކަމަށް ބެލެވެން ފަށައިފިއެވެ. ބައެއް މުޙައްލިލުން ދެކިވަޑައިގަންނަވާ ގޮތުގައި މި ހަފްތާގައި ހިނގާދިޔަ ޗައިނާއާއި އިންޑިއާގެ ދެބަސްވުމާއި ގުޅިގެން ޗައިނާ ސަރުކާރުން ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގެ ދެކުނުގައި އިންޑިއާގެ ބާރުގެ ދަށުގައިވާ ބައެއް ސަރަޙައްދުތައްވެސް ހިމެނޭގޮތުގައި ޗައިނާގެ ނަންތައްދީ އަލުން އަމިއްލައަށް ޗާޓް […]

އެމެރިކާގެ ބޭންކުތަކުން ފައިސާކޮޅު ނަގަން ކަސްޓަމަރުން އަވަސް އަރުވާލައިފި

އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޑޭޓާ ތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގެ ބޭންކުތަކުގައި ފައިސާ ޖަމާކޮށްފައި ހުރި ފަރާތްތަކުން 126 ބިލިއަން އެމެރިކާ ޑޮލަރު ނަގައިފިއެވެ.  މިފަހަރު ފައިސާނަގާފައިމިވަނީ އެމެރިކާގެ އެންމެ ބިޔަ ބޭންކުތަކުންނެވެ. ފެޑެރަލް ޑޭޓާ ތަކުން އެނގޭގޮތުގައި އެންމެ ބޮޑެތި ބޭންކުތަކުން 90 ބިލިއަންޑޮލަރ ނަގާފައިވާއިރު ކުދި ބޭންކުތަކުން ނެގިފައިސާގެ ސަބަބުން އެ ބޭންކުތަކުގެ ޙާލަތުއޮތީ ވަރަށް ދަށަށް ވެއްޓިފައެވެ.  މީގެއިތުރުން ސިލިކޯން ވެލީ ބޭންކާއި އަދި ސިގްނޭޗަރ ބޭންކު ބަންދުކޮށް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ސަބަބުން […]

މެދުއިރުމަތި އެއްބައިވަންތަ ކުރުމުގެ މަސައްކަތް

މެދުއިރުމަތީގެ ގައުމުތައް އެކުވެރި ކުރުމަށްޓަކައި ސަޢޫދީ އެރޭބިޔާގެ ވަލީއަޙްދުމުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތާއި ދޭތެރޭ ދުނިޔެ ޙައިރާންކޮށްލައިފިއެވެ. ކުރީގައި ބައެއް ގައުމުތަކާއިއެކު އުފެދިފައިވާ ދެބަސްވުންތައް އެއްފަރާތްކޮށް އެމަނިކުފާނު ދެން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިކަންވެސް ދުނިޔެއަށް އަންދާޒާ ނުކުރެވޭކަހަލައެވެ.  އެންމެ ފަހުން ވަލީއަޙްދު ވިދާޅުވެފައިވާ ބަސްފުޅެއް އަޑުއަހާލާއިރު އިވިގެންދަނީ ސަޢޫދީއަށް ބޭނުންވާގޮތް ދެނެގަތުމުގައި އެމެރިކާގެ އެހީ ބޭނުންފުޅު ނުވާކަމަށާއިއެކަންތައްތައް އެނގިވަޑައި ގަންނަވާ ކަމަށް ވިދާޅުވަމުންދާ ބަސްފުޅު ތަކެވެ.  އެއީ ތެލުގެ ބާޒާރުގެ އުފެއްދުމާއި ތެލުގެ ބާޒާރުގައި އަގުތަކާއި ކުޅުން ކަމުގައިވިޔަސް ނުވަތަ އީރާނާއެކު ގުޅުން ބަދަހިކުރުން ކަމުގައިވިޔަސް އެކަމުގައި އެމެރިކާއިން […]

ކްރެޑިޓް ސުވީސްގެ ލާލަޗުގައި ސަޢޫދީއަށްވެސް ލިބުނީ ލަނޑު

ކްރެޑިޓް ސުވީސްގެ ފުރަތަމަ އޮފީސް ސަޢޫދީ އެރޭބިޔާގެ ރިޔާޒުގައި  2021 ވަނައަހަރުގެ ކުރީކޮޅުގައި ހުޅުވުމާއިއެކު އެ ބޭންކުގެ މެދުއިރުމަތީގެ ވެރިޔާ ބުރުނޯ ޑޭހާރ ބުނެފައިވަނީ މިއީ އިތުރަށް ފުޅާކުރެވޭނެ މާރކެޓެއް ކަމަށެވެ. ރިޔާޒުގެ މެދުތެރޭން ރަސްގެފާނު އަބްދުﷲ އާއި ރަސްގެފާނުފަހްދުގެ ނަންފުޅަށް ނިސްބަތްކުރެވޭ މަގުގެ ކަންމަތީގައި ހުޅުވުނު މި ބޭންކުން މުއްސަނދި ސަޢޫދީ އެރޭބިޔާއާއިއެކު ގުޅުންތައް އިތުރު އުސްމިންތަކަކަށް ގެންދާނެ ކަމަށް އުންމީދުތަކެއް ކުރެވުނެވެ.   އެހެންނަމަވެސް އޭގެ ދެއަހަރު ފަހުން ފެނިގެން މިދަނީ މުޅި މަންޒަރު ބަދަލުވަމުންދާތަނެވެ. 167 އަހަރުގެ […]