ރުޕީސް އިން ޕޭމަންޓް ހަދާކަށް އެއްބަހެއް ނުވެވުނު

ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އިންޑިއާ ރުޕީސް އިން އަދާކުރަން އެއްބަހެއް ނުވެވުނެވެ. ރަޝިޔާއާއި އިންޑިއާ ދެމެދު ކުރެވޭ ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އިންޑިއާ ރުޕީސް އިން އަދާކުރެވޭނެ މަގެއް ހޯދުމަށް އެތައް ދުވަހަކު މަޝްވަރާ ކުރުމަށްފަހު އެކަމަށް މޮސްކޯއަށް އެއްބަސް ނުވެވުނުކނަ ހާމަކޮށްފިއެވެ. އެކަން ރަނގަޅަށް ދެނެވަޑައިގަންނަވާ އިންޑިއާގެ ދެ އޮފިޝަލަކާއި ޙަވާލާދީ ނިއުދިއްލީން އެ ޚަބަރު ކަށަވަރުކޮށްދީފާ ވެއެވެ. މިއީ އަގުހެޔޮކޮށް ތެޔޮ އެތެރެ ކުރަން ބޭނުންވާ އިންޑިއާގެ ކުންފުނިތަކުން ފަހަތަށް ފިޔަވަޅެއް އަޅަން ޖެހުން ކަމުގައި ބުނެވެއެވެ.  އިންޑިއާ ރުޕީސް އިން އަގު އަދާކުރެވޭ އުސޫލެއް […]

ހުޅަނގުން ދަޢުވާކުރާ އިންސާނީ ކަރާމާތުގެ ކުޑަ މިސާލެއް

ސާރބިއާގެ ވެރިރަށް ބެލްގްރޭޑްގެ ސްކޫލެއްގެ 7 ވަނަ ގްރޭޑްގައި ކިޔަވަމުންގެންދާ ކުއްޖަކު ބަޑިޖަހަން ދަސްކޮށްލުމުގެ ބޭނުމުގައި އެ ސްކޫލްގެ 8 ކުދިންނާއި ސެކިއުރިޓީ ގާރޑް މިއަދު މަރާލައިފިއެވެ.  ފުލުހުން މަޢުލޫމާތުދީފައިވާގޮތުގައި މިހާދިސާ ހިންގާފައިވަނީ ރާކާރުގެ މެދުތެރޭގައި ހުންނަ އިލެމެންޓަރީ ސްކޫލެއްގައެވެ. އެ ހިސާބުގައި ހުންނަ ހައިސްކޫލެއްގައި ކިޔަވަމުންގެންދާ އަންހެން ދަރިވަރަކު ޓީވީ އާރ ޓީ އެސް އަށް މަޢުލޫމާތު ދީފައިވާގޮތުގައި ތިންފަހަރު ބަޑީގެ އަޑު އޭނާއަށް އިވުނެވެ. ކުދިންތައް ބިރުން ދުވަމުން ގެންދިޔަތަން ދުށީމެވެ. މައިން ބަފައިން އައިސް ގޮތްހުސްވެފާތިބި މަންޒަރު ދުށީމެވެ. […]

ބެއިޖިންގ އިން ހުށައަޅާފައިވާ ޔޫކްރެއިންގެ ސުލްހައިގެ މަޝްރޫއާއި ދެކޮޅު

މުހައްލިލުން ދެކޭގޮތުގައި ޔޫކްރެއިންގެ ހަނގުރާމައަށް ނިމުމެއް ގެނައުމަށްޓަކައި ޗައިނާއާއި ޔޫކްރެއިންގެ ލީޑަރުން ދެއްކެވި ވާހަކަފުޅުތަކާއި ޗައިނާއިން ހުށައެޅި ތަޖްވީޒަކީ ކީވް އަށާއި ހުޅަނގަށް ބަލާގަނެވޭނެ އެއްޗެއް ނޫނެވެ.  މިދިޔަ ބުދަދުވަހު ޝީ ޖިންޕިންގ އާއި ޒެލެންސްކީގެ އެއްގަޑިއިރަށް ދެމިގެން ދިޔަ ވާހަކަތަކަކީ ހަނގުރާމަ ފެށުނީއްސުރެން މިހާތަނަށް ހުޅަނގަށް ތަޢީދުކުރާ ލީޑަރަކާއެކު ޗައިނާއިން އެންމެ ފުރަތަމަ ވާހަކަ ދެއްކި ފަހަރެވެ. ޗައިނާގެ ރައީސަކީ މޮސްކޯ އާއިއެކު ގާތް ރަނގަޅު ގުޅުމެއް ބާއްވަވާ ބޭފުޅަކަށް ވެފައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން ކުށްވެރި ކުރަން އިންކާރު […]

ޓެސެއިރާގެ މަގްސަދަކީ ވިހާވެސް ގިން ބަޔަކު މަރާލުން – އެމެރިކާ

ޕެންޓަގަންގެ ސިއްރު ލިއެކުއުންތަކެއް ލީކް ކޮށްލި މައްސަލައިގެ ތުޙުމަތުގައި ހައްޔަރު ކުރެވިފައިވާ އެމެރިކާގެ އެއަރފޯސްގެ ޖެކް ޓެސެއިރާގެ މަގްސަދަކަށް ވެފާއޮތީ ވީހާވެސް ގިނަ ބަޔަކު މަރާލުން ކަމަށެވެ. އަދި ރަޝިޔާގެ މިލިޓްރީގެ ޝަރަފްވެރި ނިޝާންތަކުން އޭނާދިރިއުޅޭ ކޮޓަރި ޒީނަތްތެރި ކޮށްފައިވާ ކަމުގައި ކޯޓަށް ހުށައަޅާފައިވާ ލިއުންތަކުގައި ބުނެފާ ވެއެވެ. ޖެކް ޓެސެއިރާ ހައްޔަރުކުރެވުނީ ޕެންޓަގަންގައި ހުރި ޔޫކްރެއިން ހަނގުރާމަ އާއި އަދި ބައިނަލް އަގްވާމީ ގުޅުންތަކާބެހޭ ސިއްރު ލިއުންތަކެއް ޑިސްކޯރޑް ޕްލެޓްފޯމަށް ލީކުކޮށްލުމުގެ ތުޙުމަތުގައެވެ. ކޯޓަށް ހުށަހަޅާފައިވާ ލިއުންތަކުން އެނގިފައިވާ ކަމަށް ރޮއިޓާސް އިން ބުނަނީ ޖެކް ޓެސެއިރާ އަކީ […]

އެމެރިކާ ރަކިކޮށްލާފާ އެމިރޭޓްސްގައި ޗައިނާގެ މިލިޓްރީބޭސްއެއް

އެމެރިކާއިން ލީކުވެގެން އުޅޭ ލިއެކިއުންތަކުން އެނގިފައިވާ ގޮތުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ޗައިނާގެ މިލިޓްރީބޭސްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.  އެ ލިއެކިއުން ތަކުގައި ބުނެފައި ވާގޮތުން ކުރިއްސުރެން ކުރެވެމުން ދިޔަ އެމަސައްކަތަށް 2021 ވަނަ އަހަރު އެމެރިކާއިން ކުރިމަތި ކުރަމުން ގެންދިޔަފިއްތުން ތަކާއިހުރެ އެމިރޭޓްސް އިން އެކަން ހުއްޓުވާލިއެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް އެމަސައްކަތް ފެށިގެން ކުރިއަށް އެބަގެންދާ ކަމަށް ބުނެފައިވެއެވެ. ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވަނީ އެ މިލިޓްރީ ބޭސް ޢިމާރާތް ކުރެވެމުންދަނީ އަބޫދާބީގެ ރަށްބޭރުގައި ކަމަށާއި މިއީ އެމެރިކާ ރަކިކޮށްލުން ކަހަލަ ފިޔަވަޅެއް ކަމަށެވެ. އަދި […]

ތުރުކީއާއި ރަޝިޔާ އަދި އީރާނާއި ސީރިޔާގެ ވާހަކަތަކުގެ މިސްރާބު ރަނގަޅު

އެތައް އަހަރެއްގެ ރުޅިވެރިކަމާއި ދުޝްމަނީ އަށްފަހު ސީރިޔާއާއި ތުރުކީ އެއްގަލަކަށް އެރުވުމަށްޓަކައި ސުރުޚީގައިވާ ހަތަރު ގައުމުގެ ދިފާޢީ ވަޒީރުންނާއި ޖާސުސީ އިދާރާތަކުގެ ވެރިންގެ މެދުގައި ދެކެވެމުންދާ ވާހަކަތައް ދަނީ ރަނގަޅު މިސްރާބަށް ކަމުގައި އަންކާރާއާއި މޮސްކޯއިން ހާމަކޮށްފިއެވެ. ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ފާއިތުވެގެންމިދާ 12 ވަރަކަށް އަހަރުގެ ތެރޭގައި ސީރިޔާގައި ކުރެވެމުންދިޔަ ދާޚިލީ ހަނގުރާމާގައި އަންކާރާގެ ރުހުން އޮތީ އިދިކޮޅު ހަނގުރާމަ ވެރިންނަށެވެ. މޮސްކޯގެ ތާއީދު އޮތީ ބައްޝާރުލް އަސަދަށެވެ. މޮސްކޯއިން މިހާރު އަސަދަށް މަޝްވަރާ ދަންނަވަމުން ގެންދަވަނީ ހަނގުރާމަ ހުއްޓާލުމަށާއި ސުލްޙައިގެ […]

ރައީސަކު އިޚްތިޔާރު ކުރުމަށް އީރާނުން ލެބަނަންއަށް ގޮވާލައިފި

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންގެންދާ ލެބަނަންގައި އާ ސަރުކާރެއް އުފެއްދުމަށްޓަކައި ރައީސަކު އިޚްތިޔާރުކުރަން އެ ގައުމުގެ ބައިބައިވެފައިވާ ސިޔާސީ ފަރާތްތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ.  ސަޢޫދީ އެރޭބިޔާ އާއިއެކު ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށްފަހު ފުރަތަމަ ފަހަރު ލެބަނަންއަށް މިއަދު ( ބުރާސްފަތި 27 އޭޕްރިލް ) ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު ވިދާޅުވީ ތެހެރާނުން އަބަދުވެސް ބޭނުންވަނީ ލެބަނަންގެ ސިޔާސީ ތަފާތު ވިސްނުންތައް ގައުމު ބިނާކުރުމަށްޓަކައި ބޭނުން ކުރުމަށެވެ.             […]

ޗައިނާއާއެކު ގައުމުތަކުން ކުރާ ވިޔަފާރީގައި އެމެރިކާޑޮލަރ ފަހަތަށް

ޗައިނާއިން ޚަބަރުދީފައިވާ ގޮތުގައި މި ދިޔަ މާރޗް މަހުގެތެރޭގައި ޗައިނާއިން ބޭރު ގައުމުތަކާއިއެކު ކުރި ވިޔަފާރީގައި ފުރަތަމަ ފަހަރަށް އެމެރިކާޑޮލަރު ފަހަތަށް ޖައްސާލާފައި ޗައިނާގެ ފައިސާ ޔުއާނަކީ އެންމެ މަގްބޫލް ފައިސާގެ މަގާމު އަތުލެވިއްޖެއެވެ. ޗައިނާއިން ބޭރުގެ ގައުމުތަކާއިއެކު ޔުއާނުން ކުރި ވިޔަފާރި މިދިޔަ މާރޗް މަހުގެ ތެރޭގައި ފުރަތަމަ ފަހަރު 549.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ފެބްރުއަރީގައި އެ އަދަދު އުޅުނީ 434.5 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.  ބޭރުގައުމުތަކާއިއެކު ކުރި ވިޔަފާރީގައި %48.4 ޔުއާން ބޭނުން ކޮށްފައިވާއިރު އެމެރިކާ ޑޮލަރު ބޭނުންކޮށްފައިވަނީ […]

އަޒަރްބާއިޖާން އާއި އަރްމޭނިއާގެ މަސްރަޙު އަނެއްކާވެސް ގޯސްވަނީ

މޮސްކޯއިން ރޮއިޓާސް ޚަބަރުދީފައިވާ ގޮތުގައި އަޒަރބާޖާނާއި އަރްމޭނިޔާގެ ދެކޮޅުވެރި ކުރިމަތިލުން ތަކާހުރެ ނަގޯރނޯކަރަބާހަށް ދާން އޮންނަ ހަމަ އެކަނި މަގުގައި އަޒަރްބާއިޖާނުން ޗެކްޕޮއިންޓެއް ގާއިމް ކުރުމާއި ގުޅިގެން މަޝްރަޙު ހޫނުވަމުން ދާންފަށައިފިއެވެ.  ބައިނަލް އަގްވާމީގޮތުން ނަގޯރނޯކަރަބާހަކީ އަޒަރބާއީޖާނުގެ ސަރަޙައްދެކެވެ. އެހެންނަމަވެސް އެތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދޮޅުލައްކައެއްހާ މީހުންނަކީ އަރްމޭނިއާގެ ނަސްލުގެ މީހުންނެވެ. އަދި 1990 ވަނައަހަރު ކުރެވުނު ހަނގުރާމާގައި އެމީހުން އަޒަރބާޖާނުން ވަކިވީއެވެ. އެހެންނަމަވެސް 2020 ވަނައަހަރު ކުރެވުނު ހަނގުރާމައި އެ ސަރަޙައްދު އަލުން އަޒަރްބާއިޖާނުން ވަނީ އަތުލާފައެވެ.           […]

ސިކުންގެ ވަކި ދައުލަތަކަށް ވަކާލާތުކުރާ އިސް ލީޑަރ ހައްޔަރުކޮށްފި

އިންޑިއާގެ ޕަންޖާބުގައި ސިކުންގެ މަޒުހަބަށް ނިސްބަތްކުރެވޭ މީހުންގެވަކިދައުލަތެއް އުފެއްދުމަށް ވަކާލާތު ކުރަމުންގެންދާ އަމްރިތު ޕާލް ހޯދަން އިންޑިއާގެ ފުލުހުން އެތައްދުވަހަކު އަތްފުނާ އެޅުމަށްފަހު ހައްޔަރުކޮށްފިއެވެ. ޕަންޖާބުގައި ސިކުންގެ ވަކި ދައުލަތެއް ގާއިމްކުރުމަށް ޒުވާބުކޮށް ކުރިމަތިލުންތައް ހިންގަމުން ގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ.  މިދިޔަ ފެބްރުއަރީ މަހު ސިކުންގެ ދައުލަތަކަށް ތާއީދުކުރާ ބަޔަކު ކަނޑިއާއި ލަޓިބުރިތަކެއް ހިފައިގެން އަންޖާލާ ޕޮލިސް ސްޓޭޝަނަކަށް ވަދެ ޖަލުގައި ބަންދުކޮށްފައިހުރި އެމީހުންގެ ލީޑަރަކު ދޫކޮށްލުމަށް ބާރުއަޅައި މާރާމާރީވެސް ވަނީ ހިންގާފައެވެ.  ފެބްރުއަރީ މަހުގެ ހިލުވާލުންގަނޑަށްފަހު އަމްރިތުޕާލް އުޅެނީ ފިލައިގެންނެވެ. ނަމަވެސް މިއަދު ފުލުހުން […]