ތުރުކީ އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ

މިދިޔަ ހުކުރުދުވަހު ތުރުކީގެ ސުޕްރީމް އިލެކްޝަން ބޯޑުން އިއުލާންކޮށްއާންމުކުރި ރަސްމީ ނަތީޖާގައި އެއްވެސް ސިޔާސީ ބޭފުޅަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ކާމިޔާބު ލިބިވަޑައި ނުގަންނަވާކަން ހާމަ ވެއްޖެއެވެ.  އެ ނަތީޖާ އިން ހާމަވެގެންދިޔަ ގޮތުގައި ރައީސް އުރުދުޣާނަށް ލިބި ވަޑައިގަތީ %49.24 އެވެ އަދި ކިލިޖްދަރޯލޫއަށް ލިބިވަޑައިގަތީ 45.07% އެވެ. ސިނާންއޮގާނަށް %5.28 އެވެ. އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެބޭފުޅުންނަށް ދެވަނަ ބުރަކަށް ވޯޓުލުން މިމަހުގެ 28 ވަނަދުވަހު އޮންނާނެކަން މިހާރު ވަނީ އިލެކްޝަން ބޯޑުން އަންގާފައެވެ. ރެފިއުޖީންނާ ދެކޮޅަށް ވަކާލާތުކުރައްވާ […]

އިންޑިޔާގެ ނަސްލީ ނިރުބަވެރިކަން: ޙައްލަކީ ހަމައެކަނި ވަކި ސްޓޭޓެއް ލިބުން

އިންޑިއާގެ އިރު އުތުރު ސްޓޭޓެއްކަމުގައިވާ މަނިޕޫރުގެ ބައެއްގެތައް މިހާރު ފެންނަނީ އަޅިފުންޏެއްގެ ގޮތުގައެވެ. ހަމަ އެއާޖެހިގެންހުރި ގެއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. މިއީ މިހާރު އިންޑިޔާގެ މަނިޕޫރު ގައި އުފެދިގެން އުޅޭ ނަސްލީ ދެކޮޅުވެރިކަން އެންމެ ރަނގަޅަށް ސިފަކޮށްދެވޭނެ ގޮތްކަމުގައި އަމްރިތު ދިލޯން ރިޕޯރޓްކޮށްފައި ވެއެވެ. މި ދެކޮޅުވެރިކަމުގައި މިހާތަނަށް ހަތްދިހަވަރަކަށް މީހުން މަރާލެވި ތިރީސްހާސްމީހުން ވަނީ ވިއްސިވިހާލި ކުރުވާފައެވެ. މި ލޭ އޮހޮރުވުން ފެށިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި ދެކޮޅުވެރިކަން ހަމަޔަކަށް އެޅޭނެ ގޮތެއް އަދި ދުވަހެއްވެސް ނޭގެއެވެ. ކާބޯތަކެތި ލިބޭނެ ގޮތެއް […]

ތުރުކީގެ އިންތިޚާބުގައި އިދިކޮޅު ޕާރޓިތަކަށް މިވީ ކީއްތަ !

މިމަހުގެ 14 ވަނަދުވަހު ތުރުކީގައި ބޭއްވުނު ޢާންމު އިންތިޚާބަކީ އުސްމާނީ ވެރިކަމަށްފަހު މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އަދި އާދަޔާޚިލާފް އިންތިޚާބެވެ. އެއްކޮޅުން ވާދަކުރެއްވީއިސްލާމީވަންތަކަން ތުރުކީގައި ދެމެހެއްޓުމަށް ވަކާލާތު ކުރައްވަމުންގެންދަވާ މިހާރުގެ ރައީސް އުރުދުޣާނެވެ.  ހުޅަނގުގެ ގައުމުތަކުން ދެކޭގޮތުގައި ސައްދާމް ހުސޭނު ވެރިކަމުން ދޫކުރަން ބޭނުންކުރި އުކުޅުތައް ނޫން އެހެން އުކުޅުތަކެއް ބޭނުން ކޮށްގެންވެސް އެމީހުން ދެކޭގޮތުގައި ވެރިކަމުން ދުރުކުރަން ޖެހިފައިވާ އިސްލާމީ ލީޑަރެކެވެ.  އެހެނީ އެމީހުންގެ ބަހަށް ނުހެއްލި ބޮޑާ ދައްކާތީއެވެ. ދެން ވާދަކުރެއްވީ ހުޅަނގުހެ ހުރިހާ ރުހުމަކާއި ތާއީދެއް ލިބިވަޑައިގެން ހުންވެ ކަމާލް ކިލިޖްދަރޯލޫ […]

އާދީއްތަ ދުވަހު އޮންނަ ތުރުކީގެ އާންމު އިންތިޚާބާއި، އޮތް ސަރަހައްދީ ސިޔާސީ ނުފޫޒު

ފާއިތުވި މަސްތަކުގައި ދުނިޔޭގެ ބާރުތަކުގެ މެދުގައި ހޫނު ސުރުޚީއެއްގެ ގޮތުގައި ފާހަގަކުރެވުނު ތުރުކީގެ އިންތިޚާބު އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ތުރުކީގެ ރައީސް އަދި މަޖިލިސް މެންބަރުން އިންތިޚާބުކުރުމަށް ތުރުކީގެ ރައްޔިތުން ވޯޓުލާނީ އެކުއެކީގައި ހަމަ އެ ދުވަހުއެވެ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ބޮޑުވަޒީރު ކަމުގައި ހުންނަވައިގެންނާއި ރައީސްކަމުގައި ހުންނަވައިގެން ވަނީ ތިންވަނަ ދަރަޖައިގެ ގައުމަކުން ޔޫރަޕުގެ ގަދަ ބާރަކަށް ތުރުކީ ހައްދަވައިފައެވެ. އިސްލާމްދީނާއި ދެކޮޅު ފިކުރުތައް […]

ބްރިކްސް ގައުމުތަކުން ބައިނަލް އަގްވާމީ ވިޔަފާރިއަށް ޢާންމު ފައިސާއެއް

މިއަހަރުގެ ސަމަރ މޫސުމަށް ތާވަލު ކުރެވިފައިވާ ބްރިކްސް ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި އެ ގައުމުތަކުން ކުރަމުންގެންދާ ބައިނަލް އަގްވާމީ ވިޔަފާރީގެ މުޢާމަލާތުތަކުގައި ބޭނުންކުރާނެ އާންމު ފައިސާއެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރެވޭނެކަށް ބުނެފިއެވެ.  އެ ގައުމުތަކުން މިހާރުވެސް ގެންދަނީ ބައިނަލް އަގްވާމީ ވިޔަފާރީގެ މުޢާމަލާތު ތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގައުމުތަކުން ކުރެވޭ ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އަދާކުރުމުގައި މިހާރު ބުރަވެފައިވަނީ ޗައިނާގެ ޔުއާން އަށާއި ބައިނަލް އަގްވާމީގޮތުން ގަބޫލު […]

ތުރުކީގެ އިދިކޮޅު އެއް ކެންޑިޑޭޓަކު އިންތިޚާބުން ވަކިވެއްޖެ

މާދަމާ ( އާދީއްތަ ދުވަހު ) ތުރުކީގެ ރިޔާސީ އިންތިޚާބަށް ވާދަކުރަން ނިންމަވާފައިވާ އިދިކޮޅު އެއް ކެންޑީޑޭޓަކު އެބޭފުޅާގެ ނަން އަނބުރާ ގެންދަވައިފިއެވެ.  އޭ އެފް ޕީ އިން ބުނެފައިވާގޮތުގައި އިދިކޮޅު ކެންޑިޑޭޓް މުޙައްރަމް އިންޗޭ ރިޔާސީ އިންތިޙާބުގައި ވާދަ ނުކުރައްވަން ނިންމެވީ އެބޭފުޅާގެ އޮރިޔާން ވީޑިއޯއެއް އިސްރާއީލުން ހާމަކުރުމާއި ގުޅިގެންނެވެ.  މިކަމާގުޅިގެން މުޙައްރރަމް ވިދާޅުވީ އެބޭފުޅާގެ ކެންޑިޑެސީ އަނބުރާ ނެގީ އަބުރު ކަތިލަން ބަޔަކު މަސައްކަތްކުރާތީ ކަމަށެވެ. އިސްރާއީލުގެ އޮރިޔާން ވެބްސައިޓްގައި އެހުރީ އެހެންމީހެއްގެ ބޮލުގެ ބަދަލުގައި އަހަރެންގެ ބޯ ޖަހާފައި […]

ޕާކިސްތާން ހައިކޯޓުތެރޭގައި އިމްރާން ޚާން އެނެއްކާވެސް ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޒީފާއިން ވަކިކުރިފަހުން އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ ދައުވާތަކަކާއި ގުޅިގެން ޕާކިސްތާނުގެ ހައިކޯޓުގައި ހުންނަވަނިކޮށް ފަނޑިޔާރުންނަށްވެސް އެނގުމަކާ ނުލައި ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.  އެމަނިކުފާނު މިހާރު ހުންނެވީ ހައިކޯޓުގެ އިމާރާތުގެ ތެރޭގައިކަން ނުވަތަ އެހެންތަނަކަށް ގެންގޮސްފިކަން އޮޅުންފިލާނެ ގޮތެއްވެސް ނުފެނުނެވެ.އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފު ޕާރޓީގެފަރާތުން ރައްޔިތުންނަށް ގޮވާލަމުން ގެންދަނީ އެމަނިކުފާނު ހައްޔަރު ކުރުމާ ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ. އެހެންނަމަވެސް ފުލުހުންދީފައިވާ އިންޒާރުގައި ބުނެފައިވަނީ ހަތަރުމީހުންނަށްވުރެން ގިނައިން އެއްވެއްޖެނަމަ އެބަޔަކާމެދު ހަރުކަށިގޮތެއްގައި ފިޔަވަޅު އަޅާނެކަމަށެވެ. ފުލުހުންގެ މުއައްސަސާއިން ބުނަނީ އިމްރާން ޚާން ހައްޔަރު […]

އެމެރިކާއަށް ދަތުރު ނުކުރުމަށް އެމްނެސްޓީއިން އިންޒާރު ދީފި

އެމެރިކާއަށް ދަތުރުކުރުމުގެ ކުރިންނާއި ދަތުރުކުރުމުގެ ތެރޭގައިވެސް ރައްކާތެރިވެ ތިބުމަށް އެމްނެސްޓީ އިންޓަރނޭޝަލުން ޓްރެވަލް އެޑްވައިޒަރީ ނެރެފިއެވެ.  ބައެއް އިސްލާމީ ގައުމުތަކުގައި އިސްލާމީ ޝަރީއަތާއި އަދި އެގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކުގެ ބިނާކޮށް ހިންގޭ ޝަރީއަތްތަކުގައި ކުށް ސާބިތު ކުރެވޭ ނުރައްކާތެރި ބޮޑެތި މުޖުރިމުން މަރަން ޙުކުމްކޮށް އެޙުކުމް ތަންފީޒު ކުރަމުން ގެންދާތީ ކަންބޮޑުވެ އިންސާނިއްޔަތުގެ ކަރާމާތުގެ ނަމުގައި ވަކާލާތުކޮށް އަޑު އުފުލުމުގެ އެންމެ ކުރީ ސަފުގައި ހުންނަކަމަށް ދައުވާކުރަމުން ގެންދާ އެމެރިކާގެ އަސްލު ހަގީގަތަކީ މިއީއެވެ.  އަހަރެއްގެ މައްޗަށް ހަމައެކަނި […]

ތުރުކީގެ އިންތިޚާބުގައި ރައީސް އުރުދުޣާން ކަނޑިއެއްގެ މިޔަމަތީގައި

ވިއްސަކަށް އަހަރުދުވަހު ތުރުކީގައި ވެރިކަން ކުރަމުން އަންނަ ވަރުގަދަ އިސްލާމީ ޝަޚްސިއްޔަތު ރަޖަބު ތައްޔިބު އުރުދުޣާން ގައުމުގެ އިގްތިސާދު ފުނޑާލައިފިކަމަށް ތުޙުމަތުކޮށް އިދިކޮޅު ފަރާތްތަކުންނާއި ހުޅަނގުގެ ނުފޫޒުތަކުންކުރިމަތިކުރުވަމުން ގެންދާ ފިތުނަތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި ގިނަ ހުރަސްތަކެއް ކަޑައްތު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. 69 އަހަރުފުޅުގެ އުރުދުޣާނަކީ މި ފާއިތުވެގެންދާ ފަންސާހަކަށް އަހަރުދުވަހުގެ ތެރޭގައި ތުރުކީ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚްސިއްޔަތު ކަމުގައި ދެބަސްވެވޭކަން ނެތެވެ. އެކަން ހުޅަނގުންވެސް ގަބޫލުކުރެއެވެ.  ތުރުކީގައި އެތައް ޒަމާނަކަށް ހިނގަމުންދިޔަ ސެކިއުލަރ ނިޒާމް […]

ޕާކިސްތާން ހައިކޯޓުތެރޭގައި ހުންނވަނިކޮށް އިމްރާން ޚާން ޖަހައިގެންފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޒީފާއިން ވަކިކުރިފަހުން އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ ދައުވާތަކަކާއި ގުޅިގެން ޕާކިސްތާނުގެ ހައިކޯޓުގައި ހުންނަވަނިކޮށް ފަނޑިޔާރުންނަށްވެސް އެނގުމަކާއި ނުލައި ޕަރަޓުރޫޕާސްގެ ފައުޖެއް ނިކުމެ ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. އެމަނިކުފާނު މިހާރު ހުންނެވީ ހައިކޯޓުގެ އިމާރާތުގެތެރޭގައިކަން ނުވަތަ އެހެންތަނަކަށް ގެންގޮސްފިކަން އޮޅުންފިލާނެ ގޮތެއްވެސް ވަނީ ނުވަފައެވެ. އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފު ޕާރޓީގެފަރާތުން ރައްޔިތުންނަށް ގޮވާލަމުން ގެންދަނީ އެމަނިކުފާނު އެގޮތައް ވަގަށް ރަހީނުކުރުމާއި ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ. ެހެންނަމަވެސް ފުލުހުންދީފައިވާ އިންޒާރުގައި […]