ކަނޑުދަތުރުކުރާ އެއްވެސް އުޅަނދެއް ޔޫކްރެއިނަށް ދެން ދަތުރުކޮށްގެންނުވާނެ – ރަޝިޔާ

މޮސްކޯ އާއި ލަންޑަނުން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން ޔޫކްރެއިންގެ ބްލެކްސީގެ ބަނދަރުތަކަށް ދަތުރުކުރާ ކޮންމެ އުޅަނދަކާ ދޭތެރޭވެސް ރަޝިޔާއިން ބަލަމުންގެންދާނީ ޔޫކްރެއިނަށް މިލިޓްރީ ހަތިޔާރު އުފުލާދޭ އުޅަނދެއްގެ ގޮތުގައެވެ. ރަޝިޔާގެ މި އިންޒާރު އައިސްފައިމިވަނީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް ބްލެކްސީ ހުރަސްކޮށް އެކްސްޕޯރޓް ކުރުން ހުއްދަ ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރިވިތާ ދުވަސްކޮޅެއް ފަހުންނެވެ. ޔޫކްރެއިނުން އ. ދ. ގެ ބޯޓުފަހަރުގެ ދަތުރުފަތުރާބެހޭ އިދާރާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި އެދެމުން ގެންދަނީ ކޮންމެވެސް […]

އަލްޖޭރިޔާއިންވެސް ބްރިކްސްގައި ބައިވެރިވަނީ

ޓިއުނިސް އިން ޚަބަރުދޭގޮތުގައި ގޮތުގައި އަލްޖޭރިޔާއިން ބްރިކްސް ޖަމާޢަތުގައި ބައިވެރި އެ ޖަމާޢަތުން ހުޅުވަން ކަނޑައަޅާފައިވާ ބްރިކްސް ބޭންކުގެ ޙިއްސާދާރަކަށް ވުމަށްޓަކައި 1.5 ބިލިއަން އެމެރިކާ ޑޮލަރު ޖަމާކުރަން ބޭނުންވާކަމަށް ބުނެފިއެވެ. އަލްޖޭރިޔާގެ ރައީސް އަބްދުލް މަޖީދު ތެބޯން އެގޮތަށް ވިދާޅުވެއްޖެކަމަށް އަންނަހާރު ޓި ވީ އިން މޢުލޫމާތު ވަނީ ހާމަކޮށްފިއެވެ. މިއީ އަލްޖޭރިޔާއިން އެންމެ ފުރަތަމަ އެ ބޭންކުގައި އިންވެސްޓް ކުރާނެ އަދަދު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.  ރައީސް އަބްދުލް މަޖީދު މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު ޗައިނާއަށްކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމާ ގުޅިގެންނެވެ. އުތުރު އެފްރިކާގެ އަލްޖޭރިޔާއަކީ ތެލާއި ގޭހުގެ […]

އިރާގުގައި ހުންނަވާ އެމެރިކާގެ ސަފީރު އިރާގުގެ ޚާރިޖިއްޔާއަށް ޙާޒިރުކުރުކުރުވަނީ 

އިރާގުގައި ހުންނަ ނަސޯރާދީނުގެ އެންމެ އިސް ފާދިރީއާ ދޭތެރޭ އިރާގު ސަރުކާރުން ކަންތައްކުރާ ގޮތާމެދު ނުރުހުން ފާޅުކޮށް ސްޓޭޓް ޑިޕާރޓްމެންޓުގެ ތަރުޖަމާނު ދެއްކެވި ވާހަކަފުޅާ ގުޅިގެން އިރާގުގައި ހުންނަވާ އެމެރިކާގެ ސަފީރު އިރާގުގެ ޚާރިޖިއްޔާއަށް ހާޒިރު ކުރައްވާނެކަމަށް އިރާގުގެ ރައީސް ވިދާޅުވެއްޖެއެވެ.  އިރާގުން ފާސްކޮށްފައިވާ ގަރާރެއްގެ ދަށުން ކާރޑިނަލް ލުއިސް ސާކޯއަކީ އިރާގުގެ ހަލްދިއަން ކެތޮލިކުންގެ އެންމެ އިސް ފާދިރީ ކަމަށާއި އޭނާގެ ބެލުމުގެ ދަށުގައިވާމިލްކިއްޔާތު ތަސައްރުފް ކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވާއިރު އެ ގަރާރު ބާތިލުކުރައްވާނެ ކަމަށް އިރާގުގެ ރައީސް  އަބްދުލް […]

ޗައިނާގެ ޚާރިޖީ ވަޒީރު ގެއްލުނީތަ؟

ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި ޗައިނާގެ ޚާރިޖީ ވަޒީރު ކިން ގޭންގު އާންމުންގެ ތެރެއަށް ނިކުމެވަޑައި ނުގަންނަވާތާ މިހާރު ގާތަގަނޑަކަށް ތިން ހަފްތާ ފާއިތުވެގެން ހިގައްޖެއެވެ. އެހެންކަމުން އެމަނިކުފާނު ވީތަނަކާބެހޭ ގޮތުން މިހާރުވަނީ ސުވާލު އުފެދިފައެވެ.މިދިޔަ ހަފުތާއި އިންޑޮނޭޝިޔާގައި ބޭއްވުނު އާސިއާންގެ ބައްދަލުވުމުންވެސް އެމަނިކުފާނު ފެނިފައެއް ނުވެއެވެ. އަދި ހަމަ އެދުވަސްވަރު ޔޫރަޕިއަން ޔުނިއަންގެ ޚާރިޖީ ސިޔާސަތާއިބެހޭ މުޝީރާއެކު ބާއްވަން ރޭވިފައިވާ ބައްދަލުވުމެއްވެސް ވަނީ ކެންސަލް ކުރައްވާފައެވެ.   ޔޫރަޕިއަން ޔުނިއަންގެ ސްޕޯކްސް ޕަރސަން ވިދާޅުވީ ހަމައެކަނި އެ ތާރީޚުގައި ބައްދަލު ކުރެއްވެން ނެތްކަން އަންގަވާފައިވާ […]

ބްރިކްސްގެ ވެރިންގެ ބައްދަލުވުން ބޭއްވޭނީ ހުރިހާ މެމްބަރުންގެ ހާޒިރުގައި

ރަޝިޔާގެ ރައީސް ޕޫޓިން ހައްޔަރުކުރަން ބައިނަލް އަގްވާމީ ޖިނާއީ ކޯޓުން އަމުރު ނެރެފައިވީ ނަމަވެސް މިއަންނަ އޯގަސްޓު މަހުގެތެރޭގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ ބްރިކްސް ޖަމާޢަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައިބައިވެރިވެ ވަޑައިގަތުމަށް ރައީސް ޕޫޓިން އަށް ދައުވަތު އަރުވާފައިވާނެކަން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވިދާޅުވެއްޖެއެވެ. ބްރެޒިލް އާއި ރަޝިޔާއާއި އިންޑިއާ އާއި ޗައިނާ އަދި ދެކެނު އެފްރިކާ ބައިވެރިވެގެން އުފައްދާފައިވާ ބްރިކްސް ޖަމާޢަތުގެ މަގްސަދަކީ ދުނިޔޭގެ ގައުމުތަކުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ބަރޯސާވުން މަޖުބޫރު ކޮށްފައިވާ ޙާލަތު ބަދަލުކުރުމެވެ.  ދެކުނު އެފްރިމާގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި […]

ސިންގަޕޯރުގެ ދަތުރުފަތުރާބެހޭ ވަޒީރަށް ކޮރަޕްޝަންގެ ތުޙުމަތު

ފާއިތުވެގެން މިދާ ސާޅީހަކަށް އަހަރު ދުވަހުގެތެރޭގައި ފުރަތަމަ ފަހަރު ސިންގަޕޯރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރަކަށް ކޮރަޕްޝަންގެ ތުޙުމަތު ކުރެވުމާއެކު އެމަނިކުފާނު ވަޒީފާއަށް ނިކުންނެވުން މަނާކުރައްވައި ރަށުންބޭރަށް ވަޑާއި ނުގެންނެވޭނެގޮތަށް ޗުއްޓީގައި ހުންނެވުމަށް ބޮޑުވަޒީރު ލީ ސިއެން ލޫންގް އަންގަވައިފިއެވެ. އަދި އެމިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ސީނިއަރ ސްޓޭޓް މިނިސްޓަރ ޗީ ހޮންގް ޓެޓް އާއި ވަނީ ޙަވާލުކުރައްވާފައެވެ. ސިންގަޕޯރުގެ ކޮރަޕްޝަން ތަޙުގީގުކުރާ އޭޖެންސީއަށް ފަޅާއަރާފައިވާ ކޮރްޕްޝަންގެ މި މިމައްސަލާގައި ދަތުރުފަތުރާ ބެހޭ ވަޒީރު އީސްވަރަންއާއި އެހެން ބައެއް ބޭފުޅުންނާ ސުވާލުކުރަން ޖެހިފައިވާ ކަމަށް ބުދަދުވަހު ބޮޑުވަޒީރުގެ […]

ރަޝިޔާގެ ސަފީރު އީރާނުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށްފި

ދުބާއި އިން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި އީރާނުން އެމިރޭޓްސްއާއިއެކު ދެބަސްވުން އުފެދިފައިވާ 3 ޖަޒީރާއަކާ ބެހޭ ގޮތުން އެމިރޭޓްސްއާއިއެކު އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާކަމަށް އީރާނުގެ ރައީސްގެ ޚާއްސަ މުޝީރު ރަޝިޔާގެ ސަފީރަށް ދަންނަވައިފިއެވެ. އަބޫ މޫސާ އާއި ޓަންބުގެ ނަން ދީފައިވާ 2 ޖަޒީރާއަކީ 1971 ވަނައަހަރުގެ ކުރިންވެސް އީރާނުގެ ބާރުގެ ދަށުގައި ހުރި ރަށްތަކެކެވެ. އެކަމަކު 1971 ގައި އިނގިރޭސީން އަތުން މިނިވަން ވުމަށްފަހު އެމިރެޓްސް އިންވެސް ބުނަމުން ގެންދަނީ އެއީ އެމީހުންގެ ރަށްތަކެއް ކަމަށެވެ. […]

ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ޖަރުމަނުން މިވަގުތު ބޭނުމެއްނުވޭ

ރަޝިޔާއާއި ޔޫކްރެއިނުން ހަނގުރާމަ ކުރަމުން ގެންދަނިކޮށް ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމަށް ޖަރުމަނުން ހުރަސް އަޅާނެކަން ހާމަކޮށްފިއެވެ.  ޖަރުމަނުން ބުނަނީ ނޭޓޯގެ އާރޓިކަލް 5 ގެ ދަށުން ރަޝިޔާގެ ރައީސް ޕޫޓިންއަށް މަގުފަހިކޮށް ދިނުމަކީ ބިރުވެރި ކަމެއް ކަމަށެވެ. ނޭޓޯގެ އާރޓިކަލް 5 ގައި ބުނަނީ ނޭޓޯގެ މެމްބަރު ގައުމަކަށް އެޖަމްއިއްޔާގެ މެމްބަރު ނޫން ގައުމަކުން ޙަމަލާދިނުން ބެލެވޭނީ މުޅި ޖަމާއަތަށް ހަމަލާދިނީ ކަމަށެވެ. އަދި އެކަމަށް ނޭޓޯ އިން ފުރިހަމަ ރައްދު ދޭނެ ކަމަށެވެ. ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ދީފިނަމަ […]

ދެވަނަ ބޮޑު ހަނގުރާމައިގާ ޔޫކްރެއިނުން ޕޮލޭންޑުގައި ހިންގި ގަތުލުއާންމު

ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތު ތާޒާކޮށްލުމުގެ ބޭނުމުގައި މި ގެނެސްދޭ ލިއުމަކީ ފަހުގެ ތާރީޚުގައި ހިނގާފައިވާ އަނިޔާވެރި ގަތުލު ޢާންމެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ތެރޭގައި މިޒާތުގެ ހާދިސާތައް ހިނގަމުން ނުދިޔަސް ސިޔާސީ ޕްލެޓްފޯމްތަކުގައި ދެކެވެމުންދާ ވާހަތަކަކީ އަމިއްލަ އެދުމުން ފޯވެގެންތިބެ ކުރަމުންގެންދާ އަޙުދުތަކަކާއި ހުވާތަކެއް ނޫނެކޭ ބުނެވޭކަށް ނެތެވެ. މީގެކުރިން އެކަކު އަނެކަކަށް މުޚާތަބު ކުރަމުން ގެންދިޔަ ބޭއަދަބީ ބަސްތައް ހަނދާން ނައްތާލަންޖެހިދެއެވެ. އަމިއްލަ އެދުން ރައްކާތެރިކުރުމަށް ޓަކައެވެ. ޕޯލެންޑުގެ ބޮޑުވަޒީރު ޔޫކްރެއިނުގައި ވިދާޅުވި ފަދައިން “ ދެވަނަ ބޮޑު ހަނގުރާމައިގެ […]

އެމެރިކާގެ ރައީސް ގެ އެދުމަކީ ކޮންމެގޮތަކުންނަމަވެސް އިނގިރޭސިވިލާތް ޒަލީލުކުރުން

އެމެރިކާގެ ރައީސް ޖޯ ބައިޑްން އަކީ އިނގިރޭސި ވިލާތުގެ ބުރިކަށްޓަން ފަހަތުންގޮސް ވަޅިހެރުމުގެ ދިގު މާޒީއެއް އޮތް ބޭފުޅެކެވެ.  އެމެރިކާއާއިއެކު އިނގިރޭސިވިލާތުން ކުރެވުނު ވަރަށްބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ކަނޑުފެއްތުމާއި ކިންގް ޗާލްސް3 ރަސްކަމަށް އިސްކުރެވުނު ރަސްމިއްޔާތަށް ވަޑައި ނުގަތުމާއި މިހާރުގެ ނޭޓޯ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލޓެންބާރގް ގެ މަގާމުގެ މުއްދަތު ހަމަވުމުން އެ މަގާމަށް ވާދަކުރައްވާ އިނގިރޭސި ދިފާއީ ވަޒީރުގެ އުޅަނދު ޓޮރޕިޑޯކޮށް ފައްތާލަން ކުރަމުން ގެންދާ މަސައްކަތް ފަހުގެ ތާރީޚުން ފާހަގަކުރެވެއެވެ. ޓެލެގްރާފުން ރިޕޯރޓުކުރާ ގޮތުގައި […]