އަލްޖޭރިޔާއިންވެސް ބްރިކްސްގައި ބައިވެރިވަނީ

Loading

Facebook
Twitter
WhatsApp


ޓިއުނިސް އިން ޚަބަރުދޭގޮތުގައި ގޮތުގައި އަލްޖޭރިޔާއިން ބްރިކްސް ޖަމާޢަތުގައި ބައިވެރި އެ ޖަމާޢަތުން ހުޅުވަން ކަނޑައަޅާފައިވާ ބްރިކްސް ބޭންކުގެ ޙިއްސާދާރަކަށް ވުމަށްޓަކައި 1.5 ބިލިއަން އެމެރިކާ ޑޮލަރު ޖަމާކުރަން ބޭނުންވާކަމަށް ބުނެފިއެވެ.

އަލްޖޭރިޔާގެ ރައީސް އަބްދުލް މަޖީދު ތެބޯން އެގޮތަށް ވިދާޅުވެއްޖެކަމަށް އަންނަހާރު ޓި ވީ އިން މޢުލޫމާތު ވަނީ ހާމަކޮށްފިއެވެ. މިއީ އަލްޖޭރިޔާއިން އެންމެ ފުރަތަމަ އެ ބޭންކުގައި އިންވެސްޓް ކުރާނެ އަދަދު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް އަބްދުލް މަޖީދު މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު ޗައިނާއަށްކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމާ ގުޅިގެންނެވެ. އުތުރު އެފްރިކާގެ އަލްޖޭރިޔާއަކީ ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. 

އެގައުމުން މިހާރު ބޭނުންވަނީ ޗައިނާފަދަ ގައުމުތަކާއި ގުޅިގެން ގައުމުގެ އިގްތިސާދު މިހާރަށްވުރެން ހަރުދަނާ ކުރެވިދާނެ ގޮތްތައް ހޯދުމަށެވެ.                

ދުނިޔޭގެ މަސްރަޙުގައި ބްރިކްސްގެ މިހާރުގެ މަގާމަކީ އާބާދީގެ ގޮތުން ދުނިޔޭގެ %40 އަދި އިގްތިސާދީ ގޮތުން %26 އެވެ.                                                        

ދެކުނު އެފްރިކާގައި ބްރިކްސް ޖަމާއަތުގެ ޙަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ މަންދޫބު ވިދާޅުވެފައި 40 ގައުމަކުން އެ ޖަމާޢަތުގައި ބައިވެރިވުމަށް މިހާރު ވަނީ ޝައުގުވެރިކަން ހާމަކޮށް ހުށައަޅާފައެވެ.      

ޗައިނާއިން އަލްޖޭރިޔާގައި އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ގާއިމް ކުރުމަށާއި ދަތުރުފަތުރާއި ދަނޑުވެރިކަމަށް 36 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްކުރަން ހަމަޖެހިފައިވާ ކަމަށް އަލްޖޭރިޔާގެ މީޑިޔާއިން ހާމަކޮށްފައި ވެއެވެ.                                    

Loading

One Response

  1. ތިޔަ އެންމެންވެގެން ދުނިޔޭގައި ތަޅާފޮޅުން ހުށްޓުވައި މީހުންނަށް ކާންބޯން ލިބޭނޭގޮތް ހަދައިދޭންވީނޫން ހެއްޔެވެ. ހެޔޮނުވާނެ އިންސާނުން އަބަދު ތަޅާ ފޮޅާ މަރާ ހަދާކަށް. ތީގެތެރެއިންވެސް އަތުގައި އިންސާނުންގެ ލެއިން ތަތްތެޅިފައިވާ އެތަކެއް ބައެއް ފޮޓޯއިން އެބަފެނޭ<

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް