ހުޅަނގު ބައިބައި ކޮށްލަން ރައީސް ޕޫޓިން ކުރައްވާ މަސައްކަތްޕުޅު ކާމިޔާބު

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ރައީސް ޕޫޓިން ހީކުރެއްވިގޮތަށް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު ހަމަޔަގީނުންވެސް ހުޅަނގުގެ ކުރިއަރާފައިވާ ބަރު ހަތިޔާރުގެ މަދަދާއިއެކު ޔޫކްރެއިނުން ފަށާގަތް ކައުންޓަރ އޮފެންސިވް ޙަމަލާތައް އުންމީދުކުރި މިންވަރާ ގާތަކަށްވެސް ކުރިއަކަށް ގެންގޮސް ކާމިޔާބުވުމަށްވުރެ ވަނީ ގެއްލުން ބޮޑުވެފައެވެ. އެ ބަރު ހަތިޔާރުތަކާއި ފޯރުކޮށްދެމުން ގެންދާ ވަސީލަތްތަކާއި އެކުގައިވެސް ޔޫކްރެއިނަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ލިބެމުންދޭތޯ މިއީވެސް ތަޖްރިބާކާރުން މިހާރު ވަރަށް ބޮޑަށް އުފައްދާ ސުވާލެކެވެ. ޔޫކްރެއިނުން މިހާރު އުންމީދުކުރަމުން ގެންދަނީ މިއަންނަމަހު އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށްބުނެފައިވާ އަބްރާމް މަރުކާގެ ހަނގުރާމަމަތީ ޓޭންކު ތަކަށެވެ. އެ ޓޭންކުތައް ލިބުމުން ހަނގުރާމަ […]
ޗައިނާއިން އެކުލަވާލި އެގައުމުގެ ޗާޓުގެ މައްސަލާގައި އަރާރުން ނުވަން ބުނެފި
މިހާރު އިންޑިއާގެ ސަރަޙައްދުތަކެއް ކަމުގައި ބަލަމުންގެންދާ އިރުމަތީ އަރުނާޗަލް ޕްރަދޭޝް ސްޓޭޓާއި އަދި މިހާތަނަށް އެއްބަސްވުމަކަށް ނާދެވިފާއޮތް އަކްސާއި ޗިން ސަރަޙައްދަކީ ޗައިނާގެ ތަންތަން ކަމުގައި އެގައުމުން އަލަށް އެކުލަވާލި ޗާޓަށް އިންޑިއާއިން އިއްތިރާޒް ކުރަން ފެށުމުން އަމިއްލައަށް އެ ޗާޓު ތަރުޖަމާކޮށްގެން ޒުވާބު ނުކުރަން ޗައިނާއިން ބުނެފިއެވެ. ޗައިނާއާއި އިންޑިއާއިން ދެބަސްވުން އުފެދިފައިމިވާ ސަރަޙައްދަކީ ހިމާލިޔާފަރުބަދަ ތަކުގެ ސަރަޙައްދުގައި ރަނގަޅަށް އިންވަކި ނުކޮށް އޮތް އަދި ދޭތެރެ ދޭތެރޭން ދެގައުމުގެ ސިފައިންގެ މެދުގައި ޙަމަލާތައް ބަދަލު ކުރެވެމުންދާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ނުވަތަ […]
ޗައިނާގެ ގޮތްދޫނުކުރުން ހަމަޔަކަށް އަޅުވަން އެބަ ޖެހޭ – އެމެރިކާ

ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ހިންގަމުން ގެންދާ ގޮތްދޫނުކުރުމުގެ ހަރުކަށި ފިޔަވަޅުތައް ހުއްޓުވަން އެބަޖެހޭކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ އިސް ބޭފުޅުން ހާމަކޮށްފިއެވެ. އެމެރިކާގެ ކަނޑުގެސިފައިން މިކަން ހާމަކޮށްފައި ވަނީ ފިލިޕީންގެ އުޅަނދަކަށްޖެއްސުންކުރަން ޗައިނާގެ ކޯސްޓް ގާރޑުން ވޯޓަރ ކެނަން ބޭނުންކުރުމާއިގުޅިގެންނެވެ. ވައިސް އެޑްމިރަލް ކާލް ތޯމަސް ފިލިޕީންސްގެ ކަނޑު ސިފައިންނަށްކަށަވަރުކޮށްދިނީ އެމީހުން އައިސް އެތިބީ މަގްސަދެއްގައި ކަމަށާއި ފިލިޕީންސްގެ ސިފައިން […]
އިނގިރޭސި ވިލާތުގެ އެއާރޕޯރޓްތަކުގެ ޓްރެފިކް ކޮންޓްރޯލް ހަލާކުވެއްޖެ

އިނގިރޭސި ވިލާތުގެ އެއަރޕޯރޓް ތަކުގެ ޓްރެފިކް ކޮންޓްރޯލްއަށް ދިމާވިޓެކްނިކަލް މައްސަލައަކާ ގުޅިގެން 500 އަށްވުރެން ގިނަ ފްލައިޓްތައް ކެންސަލް ކުރަންޖެހިއްޖެއެވެ. ނޭޝަނަލް އެއާރ ޓްރެފިކް ސަރވިސް އިން ހާމަކޮށްފައިވާ ގޮތުގައި މަތިންދާ ބޯޓުފަހަރުގެ ދަތުރު ޕްލޭން މިހާރު ދޭންޖެހެނީ މެނުއަލްކޮށެވެ. ބީ ބީ ސީ އިން ޚަބަރު ދީފައިވާ ގޮތުގައި ހޯމަދުވަހުގެ މެންދުރުފަހު 2.30 އާހަމަޔަށް ފުރަން ހަމަޖެހިފައިވާ 232 ފްލައިޓާއި ޖައްސަން ހަމަޖެހިފައިވާ 271 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. އަދިވެސް އިތުރު ފްލައިޓްތައް […]
ސަޢޫދީ އެރޭބިޔާގެ ނިއުކްލިއަރ ޕްލާންޓް ޕްރޮޖެކްޓް ޗައިނާއަށް

ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ސައޫދީ އެރޭބިޔާގެ އިރުމަތީ ސަރަޙައްދުގައި ގާއިމްކުރަން ބޭނުންވާ ސިވިލް ނިއުކްލިއަރ ހަކަތައިގެ މަޝްރޫއު ޗައިނާއަށް ލިބިދީފިއެވެ. ވޯލްސްޓްރީޓުން ދެކޭގޮތުގައި މީގެ ސަބަބުން އެމެރިކާއާއި ސަޢޫދީ އެރޭބިޔާގެ ގުޅުންތަކުގެ ރޭލު އިތުރަށް ރޭލުދަގަނޑު މަތިން ކައްސާލާނެއެވެ. ޗައިނާގެ ޚާރިޖިއްޔާއިން އަދި ޗައިނާގެ ނޭޝަނަލް ސިވިލް އެނަރޖީ ކޯރޕަރޭޝަނުންވެސް މިޚަބަރު މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެއެވެ. އަދި ސަޢޫދީ އެރޭބިޔާގެ ޚާރިޖިއްޔާއިންވެސް މަޢުލޫމާތު ލިބޭގޮތެއް ނުވިއެވެ. އެހެންނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާރސަން ވިދާޅުވީ ސިވިލް […]
އިސްލާމީ ތާރީޚުގެ އަލީގައި ޗެންގީޒް ޚާނަށް ބަލައިލުމެއް – 3

https://sandhaanu.today/31988/ އާއި ގުޅޭ…. އަމިއްލަ ފައިދާއަށްޓަކައި ގައުމާއި އީމާންކަން ވިއްކާލަންވެސް ފަހަކަށް ނުޖެހޭނެއެވެ. އެތެރެކޮއިލުގައިވެސް ތިބޭނީ މޫނު ރީތިކޮށްގެންތިބެނީ މުނާފިގުންނެވެ. މިއީ އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން ޖެހޭ ދަރުސްތަކެކެވެ. އިސްލާމީ ޙަޟާރަތު ބިންގާ ކަމުގައިވި ބަޣްދާދު ވީރާނާކޮށްލުމަށްފަހު ޚުލާގޫ ޚާންގެ ލަޝްކަރު ދެން އަމާޒުހިފީ ޝާމުކަރައިގެ ދިމިޝްގަށެވެ. ބަޣްދާދާއި ދިމިޝްގް ވީރާނާކޮށްލައި އެތަނުގެ މީހުންތައް ގަތުލުކުރަމުންދިޔަ މަންޒަރު އިސްލާމީ މުއައްރިޚުން ސިފަކޮށްފައިވަނީ ގިޔާމަތްދުވަސް އައީ ކަމަށާއި މޮންގޯލިއާގެ ލަޝްކަރަކީ ޔައުޖޫޖް މައުޖޫޖު ބާގައި މީހުން ކަމަށެވެ. އެ ބިރުވެރިކަމާއި ކުރިމަތިލެވޭނެ ގާބިލުކަމެއް […]
ހަތަރުގައުމެއްގެ ސަފީރުން ނައިޖަރުން ފައިބަން 48 ގަޑިއިރުގެ މުހުލަތެއް

ސީ އެން އެން އިން ޚަބަރު ދީފައިވާގޮތުގައި ނައިޖަރުގައި އުފައްދާފައިވާ މިލިޓްރީ ސަރުކާރުން ބޭރުގައުމުތައް ތަމްސީލުކުރައްވާ ހަތަރު ސަފީރަކު އެ ގައުމުން ފައިބާ ވަޑައިތަގުމަށް އަންގަވައި ހަމައެކަނި 48 ގަޑިއިރުގެ މުޙުލަތެއްދީ އެ ގައުމުގެ މިލިޓްރީ ރިޔާސަތުން އަންގަވައިފިއެވެ. އެ ހަތަރު ގައުމަކީ އެމެރިކާއާއި ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާއި އަދި ނައިޖޭރިޔާއެވެ. ނައިޖަރުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ފަރަންސޭސީ ވިލާތުގެ ސަފީރު ސިލްވައިން އިއްޓޭ ނައިޖަރުގެ ޚާރިޖިއްޔާއަށް ވަޑައިގަތުމަށް ދެންނެވުމުން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. ހަމައެފަދައިން އަނެއް ތިން ގައުމުންވެސް ވަނީ ހުކުރުދުވަހު ނައިޖަރުގެ ޚާރިޖިއްޔާއަށް […]
އިސްލާމީ ތާރީޚުގެ އަލީގައި ޗެންގީޒް ޚާނަށް ބަލައިލުމެއް – 2

https://sandhaanu.today/31958/ އާއި ގުޅޭ… މޮންގޯލުންގެ ވިޔަފާރި ގަބީލާއަށް ބުޚާރާގައި މެދުވެރިވެގެން ދިޔައީ ވަރަށް ނިކަމެތި ގޮތެކެވެ. އެމީހުންގެ މުދާތައް ފޭރިގަނެ ބައެއް މީހުން މަރާލީއެވެ. މިޚަބަރު ޗަންގީޒް ޚާނަށް ލިބުމާއިއެކު ބުޚާރާގެ ޚަލީފާ އަރިހަށް ސަފީރަކު ފޮނުވިއެވެ. އަދި މަރާލެވުނު މީހުންގެ ލޭގެ ބަދަލާއި ފޭރިގަނެވިވެންދިޔަ މުދާތައް އަނބުރާ ފޮނުވާދިނުމަށް ޚަލީފާއަށް ދެންނެވުނެވެ. ޚަލީފާވެސް ގަސްދުކުރެއްވީ އެމަނިކުފާނުގެ އާރާއި ބާރު ދެއްކުމަށެވެ. އިސްލާމީ ޝަރީޢަތާއި މިޒަމާނުގެ ސިޔާސީ ޕްރޮޓޮކޯލާވެސް ޚިލާފަށް ސަފީރު ގަތުކޮށްލާފައި އޭނާބޯ ޗަންގީޒް ޚާނަށް ފޮނުވީއެވެ. […]
އިސްލާމީ ތާރީޚުގެ އަލީގައި ޗެންގީޒް ޚާނަށް ބަލައިލުމެއް – 1

ތާރީޚު އިލްމަކީ މާޒީގެ ޙާދިސާތައް ކުރިއަށްއޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން ގެންދާ ވަސީލަތް ކަމުގައި އެއްވެސް ކިއުންތެރިއަކު ދެބަސްނުވާނެއެވެ. ހަމަ އެއާއި އެކު ދެނެގަންނަންޖެހޭ އަނެއް ޙަގީގަތަކީ ތާރީޚުގެ ޙާދިސާތައް ގެނެސްދިނުމަކީ އިންސާނުންނާއި ގުޅިފައިވާ ކަމަކަށްވުމާއިއެކު އެ ޙާދިސާތައް ގެނެސްދީފައިވަނީ ސައްތަ އިންސައްތަ ޙަގީގަތާއި އެއްގޮތަށް ކަމަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ޙާދިސާތަކުގެ މަޢުލޫމާތު ގެނެސްދޭ މީހާގެ ވިސްނުމާއި ފިކުރާއި އަދި އޭނާ ޖައްސަން ބޭނުންވާ ކުލައެއް އޭގައި ޖެއްސުމުގެ ފުރުސަތު އޭނާއަށް […]
ޑޮލަރު އެއްފަރާތްކޮށްފާ ރުޕީސް އިން އަގު އަދާކުރާގޮތަށް އެއް މިލިއަން ފީފާގެތެޔޮ

އެމެރިކާ ޑޮލަރު އެއްފަރާތް ކޮށްފާ އިންޑިއާ ރުޕީސް އިން އަގު އަދާކުރާގޮތަށް އެމިރޭޓްސް އިން އެއް މިލިއަން ފީފާ ތެޔޮ އިންޑިއާއިން ގަނެފިއެވެ. އިންޑިއަން އޮއިލް ކޯޕަރޭޝަނުން ގަތް އެއްމިލިއަން ފީފާތެލުގެ އަގު މިހާރު ވަނީ އަބޫދާބީގެ ނޭޝަނަލް އޮއިލް ކޮމްޕެނީއަށް އިންޑިއަން ރުޕީސް އިން އަދާކޮށްފިއެވެ. އަބޫދާބީގައި ހުންނަ އިންޑިއަން އެމްބަސީން މިކަން ރޮއިޓާރސްއަށްވަނީ ކަށަވަރު ކޮށްދީފައިވެއެވެ. އިންޑިއާއާއި ރަޝިޔާ ހިމެނޭގޮތުން ބްރިކްސްގެ ބައިވެރިން ގެންދަނީ ދުނިޔޭގެ ބާޒާރުން އެމެރިކާ ޑޮލަރުގެ ނުފޫޒު ކުޑަކުރެވިދާނެ ގޮތްތައް ބަލަމުންނެވެ.އިންޑިއާރުޕީސްއިން އަގު އަދާކުރާގޮތަށް އަބޫދާބީން ތެޔޮ ގަތުން މިއީ އެ […]