އީރާނުން ޖީޕީއެސް ބޭނުންކުރުން ހުއްޓާލައިފި

ދުނިޔޭގެ މޫސުމާއި ދަތުރުފަތުރާއި ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ވަގުތުން ވަގުތަށް ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި ދުނިޔޭގެ ބިމުން ފެށިގެން ގާތްގަނޑަކަށް 11000 މޭލު މަތީގައި 31 ޖީޕީއެސް (ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް) ސެޓެލައިޓް ވަނީ ގާއިމް ކުރެވިފައެވެ. އޭގެތެރެއިން އެންމެ މުހިންމު ސެޓެލައިޓް ތަކަކީ އެމެރިކާގެ ޖީޕީއެސް އާއި ޔޫރަޕްގެ ގަލީލިއޯ އާއި ރަޝިޔާގެ ގްލޯނަސް އާއި އަދި ޗައިނާގެ ބައިޑޯ އެވެ. ޗައިނާގެ ބައިޑޯ ނެވިގޭޝަނަލް ސެޓަލައިޓް ސިސްޓަމް (ބީޑިއެސް) […]
މިނިވަންކަން ބޭނުންނަމަ ސަލާންޖެހުން ހުއްޓާލަން ޖެހޭނެ

ހުޅަނގު އެފްރިކާގެ ބުރުކީނާފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރާއޯރޭ ގެ ވާހަކަ އޮތީ ފަހަކަށް އައިސް މީޑިއާއިން ފެނުން ވަރށް ގިނަވެފައެވެ. ފަރަންސޭސި މާސްޓަރުން ދެކޮޅަށް ތެދުވަން ކެރުނު ޖިހާދީއެއްގެ ގޮތުގައިވެސް ސިފަކޮށްފައި ވެއެވެ. މިލިޓްރީގައި ކެޕްޓަނެއްގެ މަގާމު ލިބުމަކުން ސަރުކާރެއް ހިންގަން ނޭގޭނެ ކަމުގެ އިލްޒާމްތައްވެސް އަޅުވާފައި ވެއެވެ. ރަނުގެ މުއްސަނދިކަން ލިބިފައިވާ ހުޅަނގު އެފްރިކާގެ އެ ގައުމުގެ އިގްތިސާދު ކުރިއެރުމަށްޓަކައި ކުރަމުންގެންދާ މަސައކަތްން އަޅުގަނޑުމެންވެސް އިބްރަތް ލިބިގަތުން ރަނގަޅުވާނެއެވެ. ސުރުޚީގައި އިޝާރާތްކޮށްފައިވާ ފަދައިން ތަރައްގީ […]
ގައްޒާގެ ބާރުގަދަ ގަބީލާގެ ލީޑަރަކު ހަމާސްއާ ދެކޮޅަށް ޣައްދާރު ވުމުން އަމާންދިނުމަށް އަންގައިފި

ގައްޒާގެ ބާރުގަދަ ގަބީލާއެއްގެ ސަރުދާރަކު ހަމާސްއާ ދެކޮޅަށް އިސްރާއީލަށް މަދަދު ކޮށްދެމުން ގެންދާތީވެ ގައްޒާގައި ހަމާސްއިން ހިންގަމުންގެންދާ ދާޚިލީ ވުޒާރާއިން އޭނާއާއި އޭނާއަށް ބައިއަތު ހިފައިގެންތިބި ހަތިޔާރުއެޅި ބައިވެރިން އަމާން ދިނުމަށް އަންގައިފިއެވެ. އެ ވުޒާރާ އިން އިންގިލާބީ އިންސާފުގެ ކޯޓު އަމުރު ބަޔާންކުރަމުން ޔާސިރް އަބޫ ޝަހާބު 10 ދުވަހުގެ ތެރޭގައި އަމާން ދިނުމަށްފަހު އެ މިނިސްޓްރީއަށް ހާޒިރުވުމަށް ވަނީ އަމުރު ކޮށްފައެވެ. އަބޫ ޔާސިރަކީ ހަމާސްގެ ދައުލަތް ގަބޫލުކުރާ މީހެއްނޫނެވެ. ކޯޓު އަމުރުގައި […]
ޗައިނާގެ ޖޭ-10ސީ މަރުކާގެ ޖެޓް ހޯދަން އީރާނުން މަސައްކަތް ކުރަނީ

އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދީފައިވާ އެފް-35 އައި މަރުކާގެ ފައިޓަރ ޖެޓަށް ކައުންޓަރ އެޓޭކް ދިނުމަށްޓަކައި ޗައިނާގެ ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ މަލްޓިރޯލް ފައިޓަރ ޖެޓާއި އެވެކްސް (އެއާރބޯރން ވޯރނިންގ އެންޑް ކޮންޓްރޯލް ސިސްޓަމް) ގަތުމާބެހޭގޮތުން އީރާނުގެ ދިފާއީ ވަޒީރު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް މަތީ ފެންވަރުގައި މަޝްވަރާ ކުރެއްވި ކަމަށް އަރަބި ގައުމުތަކުގެ ވަރަށް ގިނަ މީޑިއާތަކުން ޚަބަރު ދީފިއެވެ. ތެހެރާންގެ މި މަޝްވަރާތަކަކީ އެ ގައުމުގެ އެއާރފޯސްގެ ބާރު އިތުރުކުރުމުގެ ގޮތުން […]
އިސްފަހާނުގެ ނިއުކްލިއަރ ސައިޓަށް ބަންކަރ ބަސްޓަރުން ހަމަލާ ނުދިނީ ކީއްވެ؟

އެމެރިކާގެ ބީ-2 ބަންކަރ ބަސްޓަރ ބޮންއަޅާ ބޯޓުތަކުން 30000 ރާތަލުގެ ބަރުދަން ހުރި އެތައް ބޮމެއް އީރާނުގެ ފޯރޑޯ އާއި ނަތަންޒްއަށް އޮއްސާލިއިރު އީރާނުގެ އިސްފަހާނުގައި ހުރި ނިއުކްލިއަރ ސައިޓަށް ބޮން ނޭޅީ ކީއްވެގެންތޯ އެފެދެނީ ބޮޑު ސުވާލެކެވެ. ބަންދު ދޮރެއްގެ ތެރޭގައި މިސުވާލަށް އެމެރިކާގެ އެންމެ އިސް ޖެނެރަލް ދެއްވި ޖަވާބަކީ އީރާނުގެ ނިއުކްލިއަރ ސައިޓްގެ ފުންކަމާހުރެ ބަންކަރ ބަސްޓަރުން އެތަން ފޫއަޅުވާ ނުލެވޭނެތީވެ ހަމަލާ ނުދިނީ ކަމަށެވެ. ސީ އެން އެން އިން ބުނެފައި […]
އިސްރާއީލު ދިފާއުކުރުމަށް 11 ދުވަހުން 800 މިލިއަން ޑޮލަރު އަލިފާނަށް

އީރާނުގެ މިސައިލް ހަމަލާތަކުން އިސްރާއީލު ރައްކާތެރިކުރުމަށްޓަކައި އެމެރިކާގެ އަތުގައި ހުރި ތާރމަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސްޓޮކްގެ ގާތްގަނޑަކަށް %20 ހޭދަކުރަން ޖެހުނުކަން ހާމަވެއްޖެއެވެ. އޭގެ އަގު އަންދާޒާ ކުރެވިފައިވަނީ 800 މިލިއަން އެމެރިކާ ޑޮލަރ ކަމުގައެވެ. ތާޑް ދިފާއީ ނިޒާމަކީ ހައި އޮލްޓިޓިއުޑް ބެލިސްޓިކް މިސައިލްގެ ހަމަލާއިން ރައްކާތެރިކަން ލިބިގަނެވޭ ހަތިޔާރެއް ނަމަވެސް މިޒަމާގު ޓެކްނޯލޮޖީގައި އީރާނަ ފަދަ ގައުމުތަކުން އުފައްދާ މިސައިލްތަކުން ދިފާއުވުމަށް މާބޮޑު ބޭނުމެއް ނުކުރެވޭކަމަށް ބުނެއެވެ. […]
ކޮލޮމްބޯ ޑޮކްޔާރޑްގެ ބޮޑު ހިއްސާއެއް އިންޑިއާގެ މެޒަގަން ޑޮކްޔާރޑް ލިމިޓެޑުން ގަންނަނީ

ސުރުޚީގައި އެވާ ޚަބަރަކީ ދިވެހި ރާއްޖޭގައި ބޯޓުފަހަރު ދުއްވާ ކުންފުނިތަކަށް އެނގެން ބޭނުންވާ މައުލޫމާތަކަށް ވާނެއެވެ. އާންމުގޮތެއްގައި ދިވެހިންގެ ބޯޓުފަހަރު މަރާމާތު ކުރުމާއި އަހަރީ ސާރވޭތަކަށް ބޭނުންކުރަނީ ކޮލޮމްބޯ ޑޮކްޔާރޑްއެވެ. ދިވެހިރާއްޖެއާއި ކައިރިވެފާ ބޭނުންވާ ހުރިހާ ވަސީލަތެއް އެތަނުން ލިބޭތީއެވެ. ދިވެހިރާއްޖޭގައި އެމް ޓި ސީ ސީ އިން ޑޮކްޔާރޑެއް ފަށަށް އުޅުނު ވާހަކަތަކެއް ތަންކޮޅެއް ކުރިން މީޑިއާއިން ދުށް ހަނދާން ވެއެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ މި ރިޔާސަތުގައި އެމް […]
އެމެރިކާ ބައިވެރިވެގެން ގައްޒާއަށް ލިބޭ އެހީއަކީ މީހުން މެރުން: ގުޓަރެސް

އެމެރިކާގެ ބައިވެރިވުމާއެކު ގައްޒާއަށް ފޮނުވަމުން ގެންދާ އެހީ ރައްކާތެރި ނޫންކަމަށާއި އޭގެ ސަބަބުން މީހުން މަރުވަމުންދާ ކަމަށް ޔޫއެންގެ އާންމު ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ. އޮކްޓޯބަރ 7 ގައި ފެށުނު ހަމަލާތަކަށްފަހު ގައްޒާގެ ބަނޑުހައިހޫނުކަމާއި ސިއްހަތާއި ޢާންމު ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ދުނިޔެއަށް ހާމަކޮށްދެވޭތޯ ގުނާ އަދަދު ނުކުރެވޭހާ ގިނަ ފަހަރު މަސައްކަތް ކުރެވިއްޖެއެވެ. އެކަމަކު މިއަދުގެ ހާލަތު މިއޮތީ އިންސާނުންގެ ވިސްނުމުން ތަސައްވުރު ނުކުރެވޭ ވަރުގެ އިންސާނީ ކާރިސާއަކަށް ބަދަލު ވެފައެވެ. ބަނޑުހައި […]
އީރާނުން އައިއޭއީއޭގެ ”ފާރަ ކުއްތާއަށް“ މީގެފަހުން އެއްބާރުލުމެއް ނުދޭނެ

އައިއީއޭއީގެ ”ފާރަ ކުއްތާ“ އަށް އެއްބާރުލުން ނުދިނުމަށް އީރާނުގެ މަޖިލީހުން ނިންމުމާގުޅިގެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސިއްރު ޔަގީންކުރެވޭ ދުވަހަކާ ހަމަޔަށް މީގެ ފަހުން އީރާނުން އެއްބާރުލުން ނުދޭނެކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ސޯޝަލް މީޑިގައި ޕޯސްޓްކުރައްވައިފިއެވެ. އީރާން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އައިއޭއީއޭ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތައް އިންސްޕެކްޓް ކުރުމަށްފަހު އެ ރިޕޯރޓް އެހެން ގައުމުތަކަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ވާޖިބު އަދާކުރުމުގައި ރަފައެލް ގްރޮއްސީގެ އިޚްލާސްތެރި […]
އިސްރާއީލާއެކު ވިޔަފާރި ކުރުމާއި އިސްރާއީލުގެ އުފެއްދުން އެތެރެކުރުން އަޔަރލޭންޑުން މަނާކޮށްފި

ބައިނަލް އަގްވާމީ އަދާލަތު ކޯޓުން 2024 ޖުލައި 19 ގައި ދީފައިވާ އިސްތިޝާރީ ލަފާގެ މައްޗަށް ބިނާކޮށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އުފެއްދުން ގަތުމާއި ވިޔަފާރި ކުރުމާއި އުފެއްދުންތައް އަޔަރލޭންޑަށް އެތެރެކުރުން ގާނޫނީގޮތުން މަނާ ކޮށްފިއެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިމެނޭ ގޮތުގައި އިސްރާއީލުން ހިފާފައިވާބިމުގައި އުފައްދާ އެއްވެސް އުފެއްދުމެއް އަޔަރލޭންޑަށް އެތެރެކުރުމާއި ވިޔަފާރުކުރުން ގާނޫނީ ގޮތުން މަނާކުރެވުނީކަން އަޔަރލޭންޑުގެ ޚާރިޖީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު ސައިމަން ހަރިސް ވަނީ މިދިޔަ ބުދަ […]