އީރާނުގެ ހެލިކޮޕްޓަރ ވެއްޓުމަކީ މެދުއިރުމަތީގައި ކުޑަކަމަކަށް ނުވާނެ

ޖެރޫސަލަމުން އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ރައީސް އަދި ޚާރިޖީ ވަޒީރާއި ބައެއް އެހެން އިސްވެރިން ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުމަކީ އީރާނާއި އެގައުމުގެ ބައިވެރިން އާދައިގެ ޙާދިސާއެއް ކަމަކަށް ނުބަލާނެއެވެ. އެމެރިކާއާއި އިސްރާއީލަކީ 1979 ގައި އުފެދުނު އީރާނުގެ އިންގިލާބީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އަޙުދު ކަށަވަރު ކޮށްފައިވާ ދުޝްމިނުންނެވެ. އީރާނުގެ މި ވިސްނުން މިއަދުވެސް ބަދަލެއް ނުވެއެވެ. މިދުވަސްވަރަކީ މީގެ ކުރިން ފެނިފައި ނުވާ މިންވަރަށް އީރާނާއި އިސްރާއީލު އަދި އެމެރިކާގެ ދެކޮޅުވެރިކަން ފެނި ހާމަވެގެންދާ ދުވަސްވަރެކެވެ. އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ސީދާ […]
ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ ދައުލަތެއް އަވަހަށް އުފައްދަން ގޮވާލައިފި

އިސްރާއީލް-ފަލސްތީނުގެ ހަނގުރާމަ ހުއްޓާލައި އަވަހަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އަރަބި ލީގުން ގޮވާލައްވައިފިއެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނަށް ހަރުކަށިކަމާއެކު ދެކޮޅު ހައްދަވަމުން ބަޙްރައިންގެ ވެރިރަށް މަނާމައިގާ ހިނގަމުންދާ އެ ޖަމާޢަތުގެ ވެރިން 33 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވަނީ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައިފައެވެ. އެކަން ލަސްކުރެވޭނެ އެއްވެސް ޙާލަތެއް ދެން ގަބޫލު ނުކުރެވޭނެ ކަމަށެވެ. ބަޙްރައިންގެ އަމީރު ހަމަދު ބިން އީސާ އަލް ޚަލީފާ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލު ކުރެއްވުމުގައި ގައްޒާގެ މައްސަލައިގެ އިތުރުން ލީބްޔާއާއި ސޫދާނާއި ސީރިޔާ އަދި […]
އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ގެއްލިއްޖެ

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރަށް ލޭންޑިންގ މައްސަލަތަކެއް ދިމާވެއްޖެ ކަމަށް އީރާނުގެ ސްޓޭޓް ޓެލިވިޒަނުން ޚަބަރު ދީފިއެވެ. މި ވަގުތު ހާދިސާ ހިނގަމުންދިޔަގޮތް ބަލަމުންގެންދާތީ އިތުރު ތަފްސީލު ފަހުން ހާމަކުރެވޭނެ ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. އީރާނުގެ ސްޓޭޓް މީޑިއާއިން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އީރާނުގެ އިރުމަތީ އަޒަރބައިޖާންގެ ޖޮލްފާ ސަރަހައްދުގައި މިއަދުއެވެ. […]
އެމެރިކާއާއި ދެކޮޅަށް ދުނިޔެއަށް މުޅިން އާ ބަދަލަކަށް – ރަޝިޔާއާއި ޗައިނާ

ރޮއިޓާރސް ޚަބަރުގައި ބުނެފައިވާ ގޮތުން މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރަޝިޔާގެ ރައީސް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ވާހަކަފުޅުތައް ބިނާކުރައްވާފައި ވަނީ ދެގައުމު ގުޅިގެން އެމެރިކާއާއި ދެކޮޅު މުޅިން އާ ބަދަލެއް ދުނިޔެއަށް ގެނައުމުގެ ބިންގަލުގެ މައްޗަށެވެ. ޗައިނާއާއި ރަޝިޔާއަކީ ފިނި ހަނގުރާމައަށް ފަހު އެމެރިކާއާއި ދެކޮޅަށް ދުނިޔޭގައި ހަރަކާތްތެރި ވަމުން ގެންދާ އެންމެބާރުގަދަ ދެ ގައުމެވެ. އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާއާއި ޗައިނާއިން ގެންދަނީ ދުނިޔޭގެ ހަމަޖެހުމާއި އަމާންކަން ނައްތާލުމަށްޓަކައި ގައުމުތައް ހަލަބޮލި ކުރަމުންނެވެ. […]
އަނެއްކާވެސް އަލްހާންގެ އިތުރު އިންވެސްޓުމަންޓް ސްކީމެއް!

އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އިތުރު އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށްފިއެވެ. އަލްހާން އަނެއްކާ ވެސް މިފަދަ ސްކީމެއް ތައާރަފުކޮށްފައިވާއިރު އޭނާގެ ފޮރެކްސް ޓްރޭޑް ވިޔަފާރިއަށް އިންވެސްޓް ކުރި ގިނަ ބަޔަކު އިންވެސްޓްކޮށްފައި ވަނިކޮށް، އެއީ ”ޕޮންޒީ ސްކޭމެއް“ ކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި އެ މައްސަލަތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ. އެގޮތުން އެ މައްސަލައިގައި ޝަރީއަތް ފެށިގެން ކުރިއަށް ދަނިކޮށް ސީސީއެޗް ޓްރޭޑަރ ނަމުގައި ކްރިޕްޓޯ ކަރަންސީ ޓްރޭޑް ކުރަން އިންވެސްޓަރުން ހޯދަން […]
އީރާނާއި ޔަމަން ހޫތީންގެ ކުރިމަތީގައި އެމެރިކާގެ މިލިޓްރީގެ ފެންވަރާއިމެދު ސުވާލު އުފައްދައިފި

ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި މިގެނެސްދެނީ މިވަގުތު ދުނިޔޭގެ ސިޔާސީ ލީޑަރުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުކުރެވިފައިވާ އިސްރާއީލް-ހަމާސްގެ ހަނގުރާމައި އެއް ފިޔަ ކަމުގައި ބެލެވޭ ޔަމަނުގެ ހޫތީ މުޖާހިދުންނާއި އެ ޖަމާއަތުގެ އެންމެ ބޮޑު ވާގިވެރިން ކަމުގައި ހުޅަނގުގެ ގައުމުތަކުން ދެކެމުން އަންނަ އީރާނުގެ މިލިޓްރީ ގާބިލުކަން މިލިޓްރީ ތަޖުރިބާކާރުން ދެކޭގޮތެވެ. އެބޭފުޅުންގެ ބަހުން، އެމެރިކާގެ މިލިޓްރީއާއި އަޅާކިޔައި އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން ތައްޔާރު ކޮށްފައިވާ ދިރާސާ ރިޕޯރޓުގައި ބުނެފަވެއެވެ. އަދި މި ރިޕޯރޓުގައި ބައެއް އެހެން ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުން ފާޅުކޮށްފައިވާ ރައުޔުވެސް […]
އުތުރު އިސްރާއީލުގައި ދިރިއުޅޭ އިސްރާއީލުގެ ރަށްވެހިންނަށް ގައުމަކަށް ނުދެވޭނެ

އިސްރާއީލުން ގައްޒާގައި ހަނގުރާމަ ކުރަމުން ގެންދާހާ ހިނދަކު, އުތުރު އިސްރާއީލުގައި ދިރިއުޅެމުން ގެންދާ އެ ގައުމުގެ ރަށްވެހިންގެ ތެރެއިން ވިއްސިވިހާލި ކޮށްލާފައިވާ އެއްވެސް މީހަކަށް އެނބުރި ގައުމަށް ނުދެވޭނެކަމަށް ލެބަނަންގެ ބާރުގަދަ ހިޒްބުﷲ ގެ އެންމެ އިސް ލީޑަރ ސައްޔިދު ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ. އަދި އަންނަ އަހަރަށް ސްކޫލްތައް ހުޅުވޭއިރު ދަރިވަރުން ތިބެންޖެހޭނީ ސްކޫލަށް ދިއުމުންވެސް މަހްރޫމް ވެފައެވެ. ގައްޒާގެ ހަނގުރާމަ ފެށުމާއެކު ހިޒްބުﷲ އިން ގެންދަނީ ހަމާސްއަށް ތާއީދު ކުރުމުގެ ގޮތުންނާއި އިސްރާއީލުން ލެބަނަންއަށް […]
ނޭޓޯގެ ބޯގޮވާފައިވާ ހަރަކާތްތަކުގައި ހަންގޭރީ ބައިވެރިއެއް ނުވާނެ

ނޭޓޯއިން ޔޫކްރެއިނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދާ އެހީތަކަކީ ކްރޭޒީ ވިސްނުމެއްގައި ހިންގާ ޙަރަކާތެއްކ ަމަށް ސިފަކުރައްވައި އޭގެތެރެއަށް ހަންގޭރީ ނުވަންނާނެ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ރޮއިޓާރސްއަށް މަޢުލޫމާތު ދެއްވައިފިއެވެ. ޚާރިޖީ ވަޒީރު ޕީޓަރ ސިއްޖާރޓޯ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ދެމެހެއްޓުމަށް ނޭޓޯ އިން ދާއިމީ ގޮތެއްގައި ޔޫކްރެއިނަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި 100 ބިލިއަން ޔޫރޯގެ ފަންޑެއް ހުޅުވަން ނިންމުމާއި ގުޅިގެންނެވެ. ނޭޓޯގެ މި މަޝްރޫއުގެ ދަށުން މިހާރު ރަމްސްޓެއިން ގްރޫޕުގެ ނަމުގައި އެމެރިކާގެ ބެލުމުގެދަށުން ހިންގާ ހަނގުރާމަ ކޯރޑިނޭޓް […]
އީރާނަށް ނުރައްކާވެއްޖެ ކޮންމެ ހާލަތެއްގައި ނިއުކްލިއަރ އަށް ދާނަން

އީރާނު ދެމިއޮތުމުގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާތެރިކަން މެދުވެރި ކުރުވާ ކޮންމެ ހާލަތެއްގައި އީރާނުން ނިއުކްލިއަރަށް ދާނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ ގެ މުސްތަޝާރު ކަމާލް ޚައްރާގީ ވިދާޅުވެއްޖެއެވެ. އީރާނުގެ ސްޓޫޑެންޓް ނެޓްވާރކަށް ފޮނުއްވި މެސެޖެއްގައި ކަމާލް ޚައްރާގީ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނުގެ ނިއުކްލިއަރ އެއްވެސް ވަސީލަތަކަށް ހަމަލާއެއް ދީފިނަމަ އީރާނުން ނިއުކްލިއަރ ބޮން އުފައްދާނެއެވެ. އީރާނުން މިހާރުވެސް އެކަމުގެ ގާބިލުކަން ވަނީ ލިބިގެންފައެވެ. އެހެންނަމަވެސް ނިއުކްލިއަރ ބޮމް އުފެއްދުމަކީ އީރާނުގެ ވިސްނުމެއް ނޫނެވެ. އިސްރާއީލުން ނުވަތަ އެހެން […]
ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލުގެ އަނިޔާވެރިކަމުން “ކުޑަތަންކޮޅެއް“

ފަލަސްތީނުގެ ގައިދީންނަށް އިސްރާއީލުގެ ސިފައިން ދެމުންގެންދާ އަނިޔާތައް ބަލަން ކުޅަދާނަ ނުވެގެން އިސްރާއީލުގެ ވިސްލް ބްލޯވަރުންތަކެއް މީޑިއާގެ ކުރިމައްޗަށް ނިކުމެއްޖެއެވެ. އިސްރާއީލުގެ މިލިޓްރީ މަރުކަޒެއްކަމުގައިވާ ނެގޭވް ސަހަރާ ގައި ހުންނަ މިލިޓްރީ ޑިޓެންޝަން ކޭމްޕެއްގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ކަނުބަނދެފައިވާ ހާލުގައި އިސްއުފުލާލަންނުކެރޭވަރުގެ ގަދަ އަލި މޫނަށް ދިމާކޮށް ކަރުދާސް ގަނޑެއްހާތުނި ޝީޓެއްގެ މަތީގައި ބައިތިއްބާފައި ތިބޭ ހިތްދަތި މަންޒަރު އިންސާނަކަށް ތަސައްވުރުވެސް ނުކުރެވޭނެއެވެ. އެތަނުގައި ހިނގާ ކަންތައްތައް އެނގޭ އިސްރާއީލުގެ ވިސްލްބްލޯވަރުން ސީއެންއެންއަށް ކިޔައިދިން ގޮތުގައި […]