ފަލަސްތީނު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ފެނޭތޯ؟

ގާޒާއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަމިއްލަ އާއިލާއާއި، ގެދޮރާއި، ބިންތައް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ސަރުކާރުން ދިވެހި ރައްޔިތުކަން ދިނުމަށް އެއްބަސްވާނެހެއްޔެވެ؟ ދިވެހިރާއްޖޭގެ ގިނަ ރަށްރަށަކީ ފަޅުގޭގެ ގިނަ ރަށްރަށެވެ. ގެދޮރު ދޫކޮށް އެ ގޭގޭގެ ވެރިން ހުޅުމާލެއަށް ހިޖުރަކޮށްފައިވުމާއެކު، މި ގޯތިތައް މިއަދު ހުރީ ފަޅަށެވެ. މުސްލިމުންނަށް ވެތިބެ، ފާއިތުވެދިޔަ 60 އަހަރުދުވަހު ހާލުގައި ތިބި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުންތުންނާއެކު މާތްރަަސްކަލާނގެ ރަޙްމަތްފުޅުން ދިވެހީންނަށް ލިބިފައިވާ ނިޢުމަތްތައް ހިއްސާކުރުމަށް މިއީ ރަނގަޅު […]
އިސްރާއީލާއި ހަނގުރާމަކުރުމަށް ނަންނޯޓުކުރި ބޭމުސާރީންގެ އަދަދު 2.5 މިލިއަނަށް އަރައިފި: އިރާން

ފަލަސްތީނަށްޓަކައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަކުރުމަށް ނަން ދީފައިވާ ބޭމުސާރީންގެ އަދަދު 2.5 މިލިއަނަށް އަރާފައިވާކަމަށާއި، ބޭނުންޖެހިއްޖެނަމަ މީގެތެރެއިން ގިނަ މީހުން ހިޒްބުﷲގެ ސަފުތަކުގައި ބައިވެރިކޮށްގެން ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އިރާނުން ބުނެފިއެވެ. އެހެން އަރަބި އަދި މުސްލިމް ގައުމުތަކުގެ އަސްކަރީ ބާރުތަކުންވެސް އެއްބާރުލުމެއް ލައިފިނަމަ މި އަދަދުތައް މިއަށްވުރެ ވެސް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. މިވަގުތު އެންމެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުންދަނީ އިސްރާއީލާއި ލުބުނާނާއި ދެމެދުގައި އޮންނަ ބޯޑަރުގައި ހިޒްބުﷲ އަދި އިސްރާއީލު ސިފައިންގެ ދެމެދުގައެވެ. މި ހަމަލާތައް […]
އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅަން ގޮވާލައްވައި މަޖިލީހަށް ގަރާރެއް

އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަކާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް, އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. ގަރާރު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި ގަރާރަކީ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް, އެ ހަމަލާތައް ވަގުތުން ހުއްޓުވާލުމަށާއި, ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް […]
އިސްރާއީލުން ފަލަސްތީނުގެ އެއް އާއިލާގެ 40 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުން އާންމުން ދިރިއުޅޭ ގެތަކަށް ދިން ވައިގެ ހަމަލާގައި އަބްދުލްރަޙްމާން ޝެހަބްއާއި އޭނާގެ އާއިލާގެ ގިނަ މެންބަރުންތަކެއް ޝަހީދުވެއްޖެއެވެ. ޝެހަބްގެ ތިމާގެ އެތައް އާއިލާއެއް ދިރިއުޅެމުންދިޔަ ކައިރިކައިރީގައި ހުންނަ 12 އިމާރާތެއް ބިމާއި ހަމަކޮށްލިއިރު، އޭނާގެ އާއިލާއާއި އެކު އެތައް އާއިލާތަކަކާއި ކުޑަކުދީން ވަނީ މަރުވެފައެވެ. އެހެންނަމަވެސް، ހަމާސް އިން ކުޑަކުދީންނާއި ތުއްތުކުދީން ރަހުމުކުޑަ ގޮތްގޮތަށް މަރަމުން ގެންދާކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓީވީއަށް އަރައި ގެންދަނީ ދޮގުހަދަމުންނެވެ. […]
އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާގައި ޑރ.ޖަމީލާއި އޭނާގެ މުޅި އާއިލާ ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާގައި ގައްޒާގައި ފާހަގަކޮށްލެވޭ ޝަޚުސެއްކަމަށްވާ ޑރ.މުޙައްމަދު ޖަމީލާއި އޭނާގެ އާއިލާގެ ހުރިހާ މެންބަރުން ޝަހީދުވެއްޖެއެވެ. މެލޭޝިއާގެ ފޮރިން ޕޮލިސީ ތިންކް ޓޭންކް (އޭޝިއާ މިޑްލް އީސްޓް ސެންޓަރ) ގެ ސީނިއަރ ފެލޯއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖަމީލަކީ މުސްލިމް ގައުމުތަކުގެ ޚާރިޖީ ސިޔާސަތުތައް ވަރުގަދަކޮށް މިނިވަންކަން ކަށަވަރުކުރުމަށް އެހީތެރިވެދެއްވަމުން އައި ބޭފުޅެކެވެ. މިޑްލް އީސްޓް އޭޝިއާ ތިންކް ޓޭންކުން ވަނީ ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ވަފްދެއް ވެސް […]
ޖަމީލު ދީދީގެ “އަލްމަސްޖިދުލްއަޤްޞާ, އަލްޤުދުސް, ފަލަސްޠީން“

އިސްލާމީ ތާރީޚުން 14 ވަނަ ޤަރުނު ހުސްވެ، 15 ވަނަ ޤަރުނަށް އެޅުނުއިރު، އިސްލާމީ ދުނިޔެއާ ކުރިމަތިވެފައިވާ ބޮޑަތި މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ތިން މައްސަލައޭ ދެންނެވިޔަސް އެންމެ ރަނގަޅު ވާނެ ތިން މައްސަލައެވެ. އަލްމަސްޖިދުލްއަޤްޞާގެ މައްސަލައާއި އަލްޤުދުސް ގެ މައްސަލައާއި ފަލަސްޠީނުގެ މައްސަލައެވެ. ތިން މައްސަލައޭ ދެންނެވިޔަސް އެއީ އެއްމައްސަލައެކެެވެ. އެއީ ހަމައެކަނި ޢަރަބީންނާއި ބެހޭ ކަމެއްނޫނެވެ. ހުރިހައި މުސްލިމުންނާބެހޭ ކަމެކެވެ. ސަބަބު ދަންނަވައިލާނަމެވެ. އެންމެ ފުރަތަމަ މަސްޖިދުލްއަޤްޞާއެވެ. އެއްވެސް އޮޅުމެއްނެތްގޮތުގައި އެއީ، މުސްލިމުންގެ ހިތްތަކުގައި […]
އިސްރާއީލަކަށް އަރަބިގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭނެ

ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި އިސްރާއީލަކުން އަރަބިގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭނެކަމަށް ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެއެވެ. ޑިޕްލޯމެޓިކް އެއްބަސްވުމްތަކެއް ގާއިމް ކުރެވިދާނެއެވެ. އެކަމަކު އަމިއްލަ ގައުމު ދިފާއުކުރުމުގެ ގާބިލުކަން ލިބިފައި ނެތް ބަޔަކަށް އެހެން ގައުމެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނީ ކިހިނެއް ހެއްޔެވެ ؟ ހަނިއްޔާ ވިދާޅުވިއެވެ. މިހާތަނަށް ހަމާސްއިން އިސްރާއީލަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާއާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އިސްމާއީލް ހަނިއްޔާ އިތުރަށް ވިދާޅުވީ އަރަބިގައުމުތަކުން އިސްރާއީލާއެކު ވަމުންދާ އެއްބަސްވުން ތަކުން […]
ހަމާސްއިން އިސްރާއީލުގެ ކޮމާންޑަރު ނިމްރޯދް އަލޯނީ އަތުލައިގެންފި

މިހާރު ކުރިއަށްދާ ހަނގުރާމާގައި ހަމާސް ޖަމިއްޔާއިން އަތުލައިގަތް ގިނަ އިސްރާއީލު ސިފައިންގެ ތެރޭގައި އިސްރާއީލުގެ ކޮމާންޑަރެއް ކަމަށްވާ ނިމްރޯދް އަލޯނީ ވެސް ހިމެނޭކަމަށް ޚަބަރުތަކުން ބުނެފިއެވެ. މިއީ ވަރަށް ބޮޑު ކަމެއް. އިސްރާއީލަކީ ބޮޑު އަސްކަރިއްޔާއެއްގެ ވެރި ގައުމެއް. މީގެއިން އެނގެނީ މިފަދަ ހަމަލާއަކަށް އިސްރާއީލުން ތައްޔާރުވެފައި ނެތްކަން. އަދި މީގެއިން ހަމާސްގެ ހަގީގީ އާރާއި ބާރުވެސް ދައްކާލައިފި.“ މަސްރަޙްބަލާ އެނެލިސްޓުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. ފަލަސްތީނުގެ ރެޒިސްޓެންސް ގްރޫޕުން އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާއިން ގިނަ ފަރާތްތައް […]
2030 ވަނަ އަހަރުގެ ވޯލްޑްކަޕް މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި

ވޯލްޑްކަޕްގެ މެޗްތަކަށް ގަރުނެއްވުމުގެ މުނާސަބަތުގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗު ދެކުނު އެމެރިކާގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ބައިނަލްއަޤްވާމީ ފުޓުބޯޅަ އެސޯސިއޭޝަން (ފީފާ) އިން ހާމަކޮށްފައިވާގޮތުގައި 2030 ވަނަ އަހަރުގެ މުބާރާތް ބާއްވާނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައެވެ. އެގޮތުން ވޯލްޑް ކަޕަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި، މުބާރާތުގެ ފުރަތަމަ ތިން މެޗު އޮންނާނީ އާޖެންޓީނާއާއި، ޕެރެގުއޭ އަދި އުރުގުއޭ ގައެވެ. ބުދަ ދުވަހު އިއުލާނުކުރި ފީފާގެ ނިންމުމުން ހާމަވެގެން […]
އެމެރިކާއާއި އިންޑިއާއިން ހިއްސާކުރަނީ މަސްލަހަތު, އަޚުލާޤީ އުސޫލުތަކެއް ނޫން

މިއީ އެތައް އަހަރުތަކެއްވާންދެން ކަންކަން ހިނގާފައިވާ ގޮތެވެ. އެމެރިކާގެ ސިޔާސަތުތައް ލިޔާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ފަހަރަކު ވެސް އެ ގައުމުގެ ސިޔާސީ އުސޫލުތަކާއި، ގެންގުޅޭ ސިޔާސަތުތަކާއި، ގައުމީ ސިންދަފާތުގެ އިތުރުން ދެ ގައުމުން ހިއްސާކުރާ އަޚްލާޤީ އުސޫލުތަކުގެ ވާހަކަތައް ދައްކައި އެއަށް ސަނާ ކިޔައި އުޅެއެވެ. އެމެރިކާގެ އެތައް ރައީސުންނެއް މީގެ ކުރިން ބުނެފައިވާ ގޮތުގައި ”ދުނިޔޭގެ އެންމެ ދުވަސްވީ ޑިމޮކްރަސީ“ އާއި ”ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ“ ގުޅުވައިދެނީ ދެ ގައުމުން ހިއްސާކުރާ […]