ފަލަސްތީނަށް އެހީތެރިވުމަށް އެހެން މުސްލިމް ގައުމުތަކުން އިރާނަށް ވާގިވެރިވާނެތަ؟

މިހާރު ފެންނަމުން އެދަނީ އިސްރާއީލު ސަލާމަތްކުރުމަށްޓަކައި ހުޅަނގުގެ ބާރުތަކުން އެކުވެ ކުރާ މަސައްކަތްތަކެކެވެ. މެދުއިރުމަތީގެ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް އިސްރާއީލުގެ ހަމާލާތައް ހުއްޓާލައި، ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް ގޮވާލަމުން ގެންދިޔަ ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަސްކަރީ ބާރާއި ތެޔޮ ބޭނުންކޮށްގެން މެދުއިރުމަތީގައި އެމެރިކާއިން ބިނާކޮށްފައިހުރި އަސްކަރީ ބޭސްއަކަށް ހަމަލާދީ، އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަރަބި ގައުމުތަކުގެ ވެރީން މިމައްސަލާގައި އެއްވެސް އަމަލީ ފިޔަވަޅެއް އަޅަން ބޭނުންވާކަމާމެދު ވެސް ޝައްކުއުފެދެއެވެ. އެމީހުންގެ ސިޔާސީ އަދި އިޤްތިޞާދީ […]
ފަލަސްތީނަށް ތާއީދުކުރާތީ ހުޅަނގުގެ ގައުމުތަކުން އިންޒާރުދިން: މެލޭޝިއާ ބޮޑުވަޒީރު

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނާ އެއްކޮޅަށް ވާހަކަދައްކައި ތާއީދުކުރާތީ ހުޅަނގަށް ނިސްބަތްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން މެލޭޝިއާ އާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުތައް ދީފައިވާކަމަށް މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ފަލަސްތީނަށް ތާއީދުކޮށް ބޭއްވި ހިނގާލުމެއްގައި, އަމިއްލަ ފުރާނަފުޅަށް ވެސް ނުރައްކާވެފައިވާކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، އެއީ މައްސަލައެއް ނޫންކަމަށާއި، އެތައް މަސައްކަތެއް ކުރަން އެބަޖެހޭކަމަށެވެ. އަދި މަސައްކަތާއިގެން ދާނީ ކުރިއަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. […]
ޤަތަރުގައި އިސްރާއީލަށް ޖާސޫސްކޮށްދިން އިންޑިއާގެ 8 މީހަކު މެރުމަށް ހުކުމްކޮށްފި

އިސްރާއީލަށް ޖާސޫސްކޮށްދިން އިންޑިއާގެ 8 މީހަކު މެރުމަށް ޤަތަރުގެ ކޯޓަކުން ހުކުމްކޮށްފައިވާކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. މަރުގެ ހުކުމް އިއްވާފައިވަނީ އަލް ދަހްރާ ކުންފުނީގެ ވަޒީފާގައި އުޅުނު ބަޔަކަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ އިސްރާއީލަށް ޖާސޫސްކޮށްދޭކަމުގެ ތުހުމަތުކުރެވިގެންނެވެ. ”މަރުގެ ޙުކުމް އިއްވުމުން މިތިބީ ހައިރާންވެފަ. އަދި މަޑު މިކުރަނީ ނިންމުމުގެ ތަފްސީލީ ރިޕޯޓަކަށް. އެ މައުލޫމާތު ލިބުމުން ޤަތަރުގެ ކަމާބެހޭ ވުޒާރާތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދާނަން. ސިއްރުކުރެވިގެން ކުރިއަށް ގެންދެވުނު އަޑުއެހުންތަކެއްކަމުން މިވަގުތު ވަކި […]
އެމެރިކާގެ ޑެލްޓާ ފޯސް އިސްރާއީލާއެކު ގާޒާގައި ހަރަކާތްތެރިވަނީ

ގާޒާގެ ކޯސްޓަލް ސަރަހައްދުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ޑެލްޓާ ސިފައިން އިސްރާއީލު ސިފައިންނާއިއެކު ފައިމަގުގައި ހަނގުރާމަކޮށް ގާޒާގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ. އިސްރާއީލުން ފާޅުގައި ނަސްލު ދޮވެލުމަށް ހިންގަމުންދާ ޤަތުލުއާންމުގެ ރަސްމީ ބައިވެރިޔަކަށް އެމެރިކާއިން މިހާރު ވެފައިވާއިރު، މިއީ އެކުވެރި ދައުލަތުގެ އާންމު މެންބަރުންގެ ގޮތުގައި ހިތައި އެ އުސޫލުން ކަންކޮށްގެން ނުވާނެއެވެ. އެމެރިކާ ސަރުކާރުން ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިސްރާއީލަށް އަސްކަރީ އެހީގެ އިތުރުން އަދި މައުލޫމާތު ފަތުރާ ވަސީލަތްތަކުގެ ޒަރިއްޔާއިން ވެސް މި […]
އިސްރާއީލުން ޣައްޒާއަށް އެރުމުން އިރާނުން ބަދަލުގައި ދީފާނެ ހަމަލާއަކަށް އެމެރިކާއިން ތައްޔާރުވެއްޖެ

އިސްރާއީލުން ޣައްޒާއަށް އަރައި ހަމަލާދިނުމަށް ތައްޔާރުވަމުން ދިޔުމާއެކު، ބަދަލުގައި އިރާނާއި އެ ގައުމުގެ ބައިވެރިން އެމެރިކާއަށް އަދި އެމެރިކާގެ މަސްލަހަތު އޮތް ފަރާތްތަކަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނަކަން ހާމަވެއްޖެއެވެ. އެމެރިކާއިން އެ ސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ އޮކްޓޫބަރު 18 އިގެ ފަހުން އެމެރިކާ ސިފައިންނަށް ގިނަ ހަމަލާތަކެއް އަމާޒުކުރެވުމާއި ގުޅިގެން އެތަކެއް ސިފައިންނަށް ގިނަގުނަ އަނިޔާތަކެއް […]
އެމެރިކާ ހަނގުރާމަމަތީ އުޅަނދަކުން ޔަމަނާއި ގާތުން ދަތުރުކުރި މިސައިލުތައް ނައްތާލުމުގައި 9 ގަޑިއިރު ހޭދަކުރި

ޔަމަނާއި ގާތުން ދަތުރުކުރި މިސައިލުތަކެއް ހުއްޓުވުމުގެ މަސައްކަތުގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކުން ބުރާސްފަތި ދުވަހު 9 ގަޑިއިރު ހޭދަކުރިކަމަށް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އެގޮތުން އޭނާ ބުނީ 4 ކްރޫޒް މިސައިލާއި 15 ޑްރޯން ހުއްޓުވާފައިވާ ކަމަށާއި، މިއީ މިހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މީގެ ކުރިން ހުއްޓުވަން ޖެހުނު އަދަދެއް ނޫންކަމަށެވެ. ”ޔޫއެސްއެސް ކާނީ“ ނަމަކަށް ކިޔާ އާރލޭ-ބާރކް ކްލާސްގެ މި ހަނގުރާމަމަތީ އުޅަނދު ބުދަ ދުވަހު ސުއޭޒް ކެނެލް ހުރަސްކޮށް ދެކުނަށް ދަތުރުކުރިއިރު، މި […]
އިސްރާއީލުން ދިން ހަމަލާތަކުގައި ގާޒާގެ 31 މިސްކިތް ހަލާކުކޮށްލައިފި

އޮކްޓޫބަރު 7 ގެ ފަހުން އިސްރާއީލުން ގާޒާއަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 31 މިސްކިތެއް ހަލާކުކޮށްލާފައިވާކަމަށް ގާޒާގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސްއިން ހާމަކޮށްފިއެވެ. އެ ވުޒާރާގެ ބަޔާނަކާ ހަވާލާދީ ތުރުކީއާއި އެހެން އަރަބި މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގައި އިތުރު ފަސް މިސްކިތެއް ސުންނާފަތިކޮށްލުމާއެކު މިއަދަދު 26 ގައި ހުރުމަށްފަހު 31 އަށް ވަނީ އިތުރުވެފައެވެ. އިސްރާއީލަށް ވާގިވެރިވުމަށްޓަކައި އެމެރިކާއިން އެ ގައުމުގެ އެންމެ ބޮޑު ހަނގުރާމަމަތީ އުޅަނދު […]
އިސްރާއީލު-ލުބުނާން ބޯޑަރުގައި އެންޓިޓޭންކް މިސައިލް ހަމަލާއެއް ދީފި

ލުބުނާނުގެ އުތުރާއެކު އޮންނަ ބޯޑަރުގައި އޮންނަ ޝެބާ ފާރމްސްގެ ”ޓެރަރިސްޓް ޖަމާއަތަކުން“ ދިން އެންޓި-ޓޭންކް މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ ހަނގުރާމަމަތީ ޓޭންކެއް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފިއެވެ. ބޯޑަރާއި ގާތުން އޮންނަ މީހުން ދިރިއުޅޭ ސަރަހައްދުތަށް އިސްރާއީލުން ހުސްކުރަމުން އަންނައިރު، އެ ގައުމުން ބުނެފައިވަނީ ލުބުނާނާއެކު ހިނގަމުން އަންނަ ކުރިމަތިލުންތައް ދަނީ އިތުރުވެ ހޫނުވަމުން ކަމަށެވެ. މީގެއިތުރުން، އިސްރާއީލުން ބުނެފައިވާ ގޮތުގައި، މި ހަމަލާތަކުގެ ފަހަތުގައިވަނީ ހިޒްބުﷲ އެވެ. އަދި މިކަމުގެ ސަބަބުން، ހަނގުރާމަ ބޮޑުވެ، […]
މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުން އާންމުކަމަކަށް!

މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބާއްވައި އެ ގުޅުން ބަދަހިކުރުމަކީ އާންމުކަމަކަށް އަދި އާދައަކަށް މިހާރު މިވަނީ ހަދާފައެވެ. އޮކްޓޫބަރު 2023 ގެ ނިޔަލަށް އެތައް ގައުމަކުން އިސްރާއީލާއެކު ގުޅުންތައް އާލާކޮށްފައިވާއިރު، އެހެން ބައެއް ގައުމުތަކުން މިހާރު ވެސް އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކާއިގެން ދަނީ ކުރިއަށެވެ. އެގޮތުން، 1979 ވަނަ އަހަރު އިސްރާއީލުން މިޞްރާއި އާންމުކޮށް ގުޅުން ބަދަހިކޮށްފައިވާއިރު، އެކުވެރި އަރަބި އިމާރާތުންނާއި، ބަހްރޭނުންނާއި، ސޫދާން އަދި މޮރޮކޯއިން އިސްރާއީލާއި ގުޅުންތައް އާލާކުރީ 2020 ވަނަ […]
ޑިޕްލޮމެޓިކް އިމްތިޔާޒު ނައްތާލާނެކަމުގެ އިންޒާރާއެކު ނިއުދިއްލީގައި ތިބި ކެނެޑާގެ 41 ޑިޕްލޮމެޓުން އަނބުރާ ގެންގޮސްފި

އިންޑިއާގައި ތިބި ކެނެޑާގެ ޑިޕްލޮމެޓުންގެ ޑިޕްލޮމެޓިކް އިމްތިޔާޒު ފިލުވައިލާނެ ކަމަށްބުނެ އިންޑިއާއިން ދިން އިންޒާރާއި ގުޅިގެން ނިއުދިއްލީގައި ތިބި ކެނެޑާގެ 41 ޑިޕްލޮމެޓުން އަނބުރާ ކެނެޑާއަށް ގެންގޮސްފައިވާކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އިންޑިއާގެ އިންޒާރު އައިސްފައިވަނީ ކެނެޑާގައި ހުރި ސީކް ސެޕަރޭޓިސްޓެއް ގަތުލުކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެންނެވެ. ޚާރިޖީ ވަޒީރު މެލާނީ ޖޯލީ ބުރާސްފަތި ދުވަހު ވިދާޅުވީ އިންޑިއާގައި ތިބި ކެނެޑާގެ 62 ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓުން އިންޑިއާއިން […]