ޔޫރަޕިއަން ޔޫނިއަންގެ އެތެރޭ ކޯޅުން ރަތްރޮނގު ހުރަސްކުރަނީ

ދަ ޓެލެގްރާފުން ހާމަކޮށްފައިވާ ގޮތުގައި ޖަރުމަނުން އަމިއްލައަކަށް ޔޫކްރެއިނަށް 6 ބިލިއަން އިނގިރޭސި ޕައުންޑުގެ އެހީ ފޯރުކޮށްދިނުމުން ޔޫރަޕިއަން ޔޫނިއަނުން ނުރުހުން ފާޅުކޮށްފިއެވެ. އަދި މއީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން ބަރލިންއާއި ޕެރިސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ރެނދު އިތުރަށް ފުޅާވެގެން ދިއުމުގެ ސަބަބަކަށްވެސް ވެއްޖެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިންޓާރނަލް މާރކެޓް ކޮމިޝަނަރ ތިއެރީ ބްރެޓަން ގެ ވާހަކައިގާ ބުނެފައިވަނީ ޖަރުމަނުން ޔޫރަޕިއަން ޕީސް ފެސިލިޓީގެ ވެޕަންސް ފަންޑަށް އެ ފައިސާ ދިނުމުގެ ބަދަލުގައި ސީދާ ޒެލެންސްކީގެ ސިފައިންނަށްދިނުމުން ބްރަސެލްސް އިން ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ. […]
ދާދިއަވަހަށް ޔޫރަޕުގެ ތަޅުދަނޑިވެސް ރައީސް ޕޫޓިންއަށް ހަވާލު ކުރާނެ!

ހަނގުރާމައިގެ ހާލަތު ދިރާސާކުރަމުން ގެންދާ ތަޖްރިބާކާރުންގެ ފާޑުކިއުން ޔޫރަޕްގެ ލީޑަރުންނަށް އަމާޒުކުރަމުން ގެންދަން ފަށައިފިއެވެ. މިދިޔަ އަހަރު ޖެނުއަރީގައި މުޅި ޔޫރަޕް އޮތީ ރައީސް ޕޫޓިންގެ ދުވަސް ނިންމާލުމަށްޓަކައި އަޒުމް ކަނޑައަޅައި ގެންނެވެ. ޔޫރަޕްގެ ހަތިޔާރު ގުދަންތަކާއި ބޭންކް އެކައުންޓްތައް އޮތީ ޔޫކްރެއިނަށްޓަކައި ތަންމިނަށް ހުޅުވާލަދީފައެވެ. ރަޝިޔާއާއިދެކޮޅަށް ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ކާމިޔާބު ކޮށްދިނުމަށެވެ. އޭގެ އެއް އަހަރުފަހުން މިހިނގާ ޖެނުއަރީ މަސްފެށުނުއިރު މުޅި މަންޒަރު މިއޮތީ ބަދަލު ވެފައެވެ. މިހާރު ފެންނަމުންދަނީ ހުޅަނގުގެ އަތްމަތި ހުސްވެ ކުރިން ތަންމިނަށް ހުޅުވާލާފައި ހުރި ހަތިޔާރު […]
ރަށްފުށުގެ ކާބަފައިންގެ ދިރިއުޅުމުގެ ތެރެއިން

ބައެއް އާދަކާދައާއި، ސަޤާފަތާއި މަޢުނަވީ ތަރިކަ ކޮންމެ ޖީލެއްގެގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް، އެއިރަކު އެތަނެއްގައި ދިރިއުޅޭ ބަޔަކު، އުޅޭނެ ގޮތާއި، ކުރާނެކަމަކާއި، ހިނގާނެމަގު ދައްކުވައި ދީފައިވަނީ، އެތަނެއްގެ ދިރިއުޅެފައި ދިޔަބައެއްކަން ކަށަވަރެވެ. އެކަކަށްވެސް އެމީހަކު އެކަނި ދުނިޔޭގައި ހުންނަން ޖެހުނުނަމަ، އެއްވެސްކަމެއް އެމީހަކަށް ނޭނގޭނެ ފަދައިންނެވެ. އެހެންކަމުން ދިވެހި ކާބަފައިން ދޫކޮށްފައިދިޔަ ތަންތަނާއި ކަންކަމާއި ތަކެއްޗާއި، ވާހަކަދެއްކި ބަހާއި ބަހުރުވައާއި، އާދަކާދައާއި ސަޤާފަތަކީ، ކާބަފައިންގެ ތަރިކަ މުދަލެވެ. ނުވަތަ ޤައުމީ ތަރިކައެކެވެ. އެ ތަރިކާއިގެ ވާރިޘުންނަކީ، އެހިނދަކު ޤައުމުގައި ދިރިއުޅޭ […]
އިރާގުގައިހުރި އިސްރާއީލުގެ ޖާސޫސީ ހެޑްކުއާޓަރަށް އީރާނުން ޙަމަލާދީފި

އިރާގުގެ އިރްބިލްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓު ކައިރީގައި ހުރި އިސްރާއީލުގެ ޖާސޫސީ ހެޑްކުއާރޓަރަށް މިސައިލުން ޙަމަލާދީ ހަލާކޮކޮށްލީ އީރަނުން ކަމަށް އެގައުމުން އެއްބަސް ވެއްޖެއެވެ. އެ ހާދިސާގައި އާންމުންގެ ފހަތަރުމީހަކު މަރުވެ އިތުރު ހައެއްކަމީހުންވަނީ ޒަޚަމް ވެފައެވެ. އެ ޙަމަލާއަކީ ދެކޮޅުވެރި ޙަމަލާއެއް ކަމަށްބުނެ އިރާގުގެ ވެރިން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އީރާނުން ބުނެފައިވަނީ އިސްރާއީލުގެ ޖާސޫސީ ހެޑްކުއާޓަރުގެ މައިގަނޑު މަސައްކަތަކީ ސަރަޙައްދުގެ ގައުމުތަކަށާއި އަދި ޚާއްސަކޮށް އީރާނަށް ޙަމަލާ ދެވޭނެ ގޮތްތަކަށް ފާރަލުން ކަމަށެވެ. އީރާނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އީރާނުން މިސައިލް ޙަމަލާ ދީފައިވަނީ ދާދި މިދާކަށް ދުވަހު […]
އިސްރާއީލުގެ ސިފައިން ގައްޒާއިން މަދުކުރުމާއިމެދު ސަރުކާރުގެ ކޯޅުންގަނޑު

ގައްޒާގެ ހަމަލާތަކުގައި ހަރަކާތްތެރި ވަމުންގެންދާ އިސްރާއީލުގެ ބައެއް ލަޝްކަރުތައް ގައްޒާއިން ބޭލުމަށް އިސްރާއީލުގެ މިލިޓްރީން ނިންމުމާގުޅިގެން ސަރުކާރުގެ ތެރޭގައި ހިމެނޭ ފާރ ރައިޓް ޖަމާއަތަށް ނިސްބަތްކުރެވޭ މިނިސްޓަރުން ނުރުހުން ފާޅުކުރަމުން ގެންދިއުމާއެކު ޕާރލަމެންޓާއި މިލިޓްރީގައިބައިބައިވުން އިތުރު ވަމުންދާކަން ހާމަވެއްޖެއެވެ. އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ބުނެފައިވަނީ ގައްޒާއިން ދެމުންގެންދާ ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ގައްޒާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމުގައި ހެދުމަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ އެހެން ލެވެލަކަށް ބަދަލުކުރަން ސަރުކާރުން […]
ދުނިޔޭގެ މުއްސަނދިންގެ ލިސްޓުން ތައިލޭންޑުގެ ރަސްގެފާނު

ގައުމެއްގެ ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ލިބިއްޖެނަމަ އެއޮތީ ޙައްސަ ބާނާނެ ފުރުސަތު ހުޅުވިފައެވެ. ކެރެންޏާ ދެތިން ޙައްސަވެސް ބާނަންވީއެވެ. ބަޔަކު ދައްކާނެ ވާހައެއް ދައްކާފާނެތާއެވެ. އޭގެ ސަބަބުން ތިމާއަށް ލިބިފާއޮތް މުއްސަނދިކަމަށް ކުރާނެ ނޭދެވޭ އަސަރަކީ ކޮބައިހެއްޔެވެ؟ ޚާއްސަކޮށް ރަސްކަމަކީ މުޅި ގައުމު އޭނާއަށް ހިބަކޮށްލިބިދިނުން ފަދަ ކަމެކެވެ. މިފަހަރު މި ބަލާލަނީ އޭޝިޔާގެ ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޯންގ ކޯރންގެ މުއްސަނދިކަމަށެވެ. މިހާތަނަށް ހާމަވެފައިވާ ލިއެކިއުންތަކުން […]
ބޮޑެތިމީހުންނަށް ބޮޑު އިންސާފު އެއީ ބޭއިންސާފެއް

ޔުނައިޓެޑް ނޭޝަންސްގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެންގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެފައި ވަނީ ވަރށް ބޮޑު ތެދުފުޅެކެވެ. ފެންނަމުން ދަނީ ބޮޑެތި މީހުންނަށް ބޮޑު އިންސާފު އަދި ކުދި މީހުންނަށް ކުޑަ އިންސާފެވެ. އެއީ ހުރިހާ ހަމަތަކުންބެލިނަމަވެސް ހަމަ ޔަގީނުންވެސް ބޭއިންސާފެވެ. ކިއުންތެރިންނަށް މިގެނެސްދެނީ އެ ބަސްފުޅުގެ ދިރިހުރި މިސާލެކެވެ. […]
އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ ބައިވެރިން ބޮޑު ހަނގުރާމައަކާ ދިމާލަށް

އިސްރާޢީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ޙިޒްބުއްލާ ގެ ކޮމާންޑަރަކު ޝަހީދު ކޮށްލުމާ ގުޅިގެން އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ފެށުމުގެ ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ. ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުﷲ އިން އިސްރާއީލުގެ ވަރަށް މުހިންމު މިލިޓްރީ ޓާގެޓަކަށް ހަމާލާދިނެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާގައި ހަމާސް ޖަމާއަތުގެ އިސް ބޭފުޅަކު ޝަހީދު […]
ޔޫކްރެއިން ސިފައިންގެ ޙާލުގެ ދުލުން ނިއުޔޯކް ޓައިމްސް އަށް

ޔޫކްރެއިންގެ ސިފައިން ނިއުޔޯރކް ޓައިމްސް އަށް މަޢުލޫމާތު ދިން ގޮތުގައި ރަޝިޔާއިން ޔޫކްރެއިންގެ ލަޝްކަރުތަކަށް އަމާޒުކޮށް ގޮއްވަމުން ގެންދާ ޑްރޯން ތަކުގެ ސަބަބުން ހަނގުރާމައިގާ ބޭނުންކުރާ އެއްގަމު އުޅަނދުތަކުގައި ދަތުރުކުރަން ބިރުން ފައިމަގުގައި ކުރީ ސަފަށް ދަތުރުކުރަން ޖެހިއްޖެއެވެ. އަދި ބައެއް ލަޝްކަރުތަކުން ކާބޯތަކެތި ހޯދުމަށްޓަކައިވެސް އެތައްމޭލެއް ފައިމަގުގައި ކަޑައްތުކުރަން ވަނީ ޖެހިފައެވެ. ޔޫކްރެއިންގެ ސިފައިން ކިޔާދީފައިވާ ގޮތުގައި ރަޝިޔާއިން ފޮނުވާ ޑްރޯންތަކަށް ނިމުމެއް ނާދެއެވެ. އަދި ރަޝިޔާއިން ގެންދަނީ އެ ޑްރޯންތައް އަހަރެމެންގެ […]
ޔަމަނުގެ ހޫތީންގެ ޙަމަލާތަކާއި ހުޅަނގުގެ ރައްދު

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ކުރެވެމުން ގެންދާ ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ހޫތީން ވަނުމުން އުފެދުނު ނުރައްކާތެރިކަން މިހާރުވަނީ އޭގެ ބޮއިލިންގ ޕޮއިންޓަށް އަރައިފިއެވެ. ހަމައެއާއެކު ރެޑްސީގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ހޫތީން ދެމުންގެންދާ ޙަމަލާތައް މައިތިރިކުރަން އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ރައްދު ދީފިނަމަ އެއީ އަނދައަނދާހުރި އަލިފާންގަނޑަކަށް ޕެޓްރޯލް އެޅުންނޫންކަމަކަށް ނުވާނެކަމަށް ސަރައްޙައްދީ ބައިވެރީންވެސް އެއްބަސްވެއެވެ. މި ޙަމަލާތަކަށް ދެވޭ ރައްދުގެ ސަބަބުން މުޅި މެދުއިރުމަތީގައި ބޮޑުވެގެންވާ މުސީބާތެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރުވެރި ކަމާއި ކަންބޮޑުވުން މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. އިސްރާއީލާއި ފަލަސްތީނާއި ދެމެދު […]